ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތިން ދެ މީހަކު ހިނގާފައި ދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
14 ޑިސެމްބަރ 2021 - 13:56
މާލޭގެ މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާ ކުރާނެ "ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް" އެއް ގާއިމުކޮށް، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަމަށް ދާއިމީ ހައްލެއް ގެންނަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ދީފައިވާ 16.5 މިލިއަން ޑޮލަރުން ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް" އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާކުރާނެ ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކުތަކެއް ގާއިމުކުރަން ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ ޓޭންކުތަކުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، ރައްކާކުރާ ފެން އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު އެ މަސައްކަތް އޮތީ ބީލަން މަރުހަލާގަ އެވެ.
ބަޔާނުގައި ބުނިގޮތުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ ފިޔަވަހިތައް މި އަހަރު އެއްކޮށް ނިންމައި ބޭނުންކުރަން ފެށި ނަމަވެސް ދިޔަދޮވިތަކުން މަގުމައްޗަށް ފެން ބޭރުކުރާ ގޮތަށް ހަދާފައި ހުރުމުން ވިއްސާރަ ދުވަސްވަރު މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދުމަށް ބޭނުްވާ ކެޕޭސިޓީ އަބަދު ވެސް އިތުރުކުރަންޖެހެ އެވެ.
މޫސުމީ ބަދަލުގެ ސަބަބުން ވިއްސާރަ ދުވަސްވަރު ވާރޭވެހޭ ވަރު އިތުރުވުމުން މާލޭގެ މަގުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ފެން ޖަމާވެ، ފެން ހިންދާ ނިޒާމުތަކަށް ނުކަތާ ހާލަތަށް ދާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.
"މިނިސްޓްރީން ދެކޭ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ފެން ހިންދުމުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރާ ނަމަ އެކަން ކުރަން ވާނީ ދިރާސާކޮށް ބެލުމަށް ފަހު ދެމެހެއްޓެނިވި ގޮތަކަށެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީން ބަލަހައްޓަމުން ގެންދާ ފެން ހިންދާ ނިޒާމުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މި މިނިސްޓްރީން މި ވަގުތު އިތުރު މަސައްކަތްތަކެއް ކުރަމުން ނުގެންދާ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
މިދިޔަ ހަފުތާގައި މާލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދާ ސިސްޓަމް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތެވެ. ނަމަވެސް އެ ސިސްޓަމް ބަލަހައްޓައި، މަރާމާތުކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ ފެން ހިންދާ ސިސްޓަމްގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ފެން ހިންދާ ސިސްޓަމް ޑިޒައިން ކޮށްފައި ވަނީ ފެން ބޮޑުވާތާ 2-3 ގަޑިއިރުގެ ތެރޭގައި ހިންދޭ ގޮތަށެވެ. އެކަމަކު އެކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕަމްޕުތައް ކުޑަވުމެވެ. "ޕަމްޕުތައް އަޕްގްރޭޑު ކުރީމަ ރަނގަޅުވާނެ ފެން ބޮޑުވުމުގެ މައްސަލަ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޯ ނެގި ފާތުމާ
15 December 2021
ތިކަމަށް އޮތް ހައްލަކީ ރައީސް ޔާމީން. ޒުވާނުންގެ އިޙްސާސްތައް ދަންނަ. ޒުވާނުންގެ ރައީސް އަކީ. ރައީސް ޔާމީން !!!!
ކަހަނބު
15 December 2021
ހެހެހެ ?ފެންނަނީ ފެންނެތް ބޮޑެތި ކާށި ބިންނަ ތަނެވެ ކިރިޔާ ހިމަފޮދު ވާރޭ ކޮޅެއް ވެހިލާއިރަށް މިރަށުގަ ޔައުނީ މާލޭގަ ފެން ބޮޑުވާކަށް ނޭނގެނީހެވެ މިކަމުން ސްކޫލް ކުދިން އަދި ގިނަބަޔަކު ބޫޓާއި އެކު ފެނަށް އެރެން މަޖުބޫރު ވެއެވެ މިޙާލަތުގައި އުޅޭތާ އެތައް އަހަރެކެވެ ނަށީދު ޔާމީނު ވެެިކަން ކުޅައިރުގަވެސް ހަމަ އެހެންނެވެ ވަޒީރުންނަށް މިކަން ފާހަގަ ނުވަނީ ކާރުކޮޅާ ޖީބު ޚަރަދުކޮޅިތައް މާލިއްޔަތު ހަމަޖެހިފައި ވާތީ ފެނުގެ އުނދަގުލާ މަދިރީގެ އުދަގޫ ނެތެވެ
ސަޑުހަސަނު
15 December 2021
ތިޔަބުނާ 16.5 މިލިޔަން ޑޮލަރު ދިރާސާކޮށް ޕްލޭންހަދާ ނިމޭއިރު އޮންނާނީ ހުސްވެފަ.
@ސަޑުޙަސ
15 December 2021
ދައުރެއް ނިމި ދިޔައީ ދެން އޮޑިން ފައިބަން ތައްޔާރުވޭ ކުރަންވީ ކަމަކީ އެއީ
ލޮމޮން
14 December 2021
ފެން މޯޓަރު ތަކުގެ ސުވިޗް މުރައިދޫގެގަ ހަރުކުރެވޭނެ ގޮތެއް ނޯންނާނެތަ. މުއިއްޒު އާ ސާހުގެ ތަޅާފޮޅުމުގަ އަހަރުމެން ކަކޫތާފެނުގަ އުޅޭކަށް ނުޖެހޭ ދޯ.
މޮމޮން
15 December 2021
އެ ސުވިޗުތައް ހެންވޭރުކޮޅުގައި ހުރި ހޮސްޕިޓަލުގެ ދެވަނަ ޓަވަރުގަ ހަރުކުރޭ
1828
14 December 2021
ދެން ދާއިމީ ހައްލެއް ހޯދައިދޭންވީއެއްނު؟ މިހާރު 2.5 އަހަރު، 05 އަހަރުގެ ދައުރަކުން ނިމުނީ. 2.5 އަހަރު މަދީ ތޯ މާލޭ ރައްޔިތުންނަށް ދިކަމަށް ދާއިމީ ހައްލެއް ހޯދައިދޭން؟ އެހެން ކަމަށްވަނީ ނަމަ 05 އަހަރުވެސް ވާނީ މަދުކަންނޭނގެ. ބޮޑުވަރު. މުޅިންވެސް އަނގައިން ހިފަހައްޓަނީ. ތިޔަހެން ހިފަހައްޓާލެވޭނީ 2023 އަންނަން ދެން.
8282
15 December 2021
ކުރީގައި 7 އަހަރުވަންދެން ތިޔަ ގުރޫޕަށް ނިސްބަތްވާ މީހަކު މިނިސްޓަރުކަން ކުރި. އޭރު ނެތް މައްސަލައެއްތަ މިހާރު ދިމާވެގެން މިއުޅެނީ؟ އޭރު ގެނައީ ވަޅުދިޔަ ހިއްކާ ސަިއޒުގެ ޕަންޕެކޯ ކިޔާއަޑު އިވޭ. ދެން ކޮން 2023 ހެކޭ ތިކިޔަނީ. ހުސް ފަޅޯ ހުރީ.
އުސްކުރުން
14 December 2021
މެދު އަދި ދުރު މުސްތަގުބަލައް ޕްލޭންކޮއް ރާވައިގެން މާލެ އެންމެ ތިރިވެގެންވެސް އިތުރު ދެފޫޓެއްވަރު އުސްކުރަން އެބަޖެހޭ. ރަނގަޅައް ރާވައި ޕްލޭންކޮއްފިނަމަ މިއީ ކުރެވިދާނެކަމެއް އަދި މާލެއައްދިމާވެފައިވާ ވަރައްގިނަ ދަތިތަކުން އަރައިގަނެވޭނެ މަގެއްވެސްމެ އަދި މޫސުމައް އަންނަމުންދާ ބަދަލުތަކުން ދިފާއުވުމައް ކޮންމެހެންހެންވެސް ކުރަންޖެހިފައިވާކަމެއް.
ކުދު
14 December 2021
މާލޭގެ މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާ ކުރާނެ "ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް" އެއް ގާއިމުކޮށް، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ހަމަ ހުވަފެނެއް. އަސްލަމަކަށް ތިކަމެއް ނުވާނެ!!!
ބޮޑު
15 December 2021
ކުރިން އަބަދު ފެނުއަޑީގައި އޮންނަ "ވެސްޓް ޕާކު" ސަރަހައްދަށް ގޮސް ނިކަން ބަލާލާ. އެއީ ކޮންބަޔަކު ހެދި ސަރަހައްދެއް؟
ުޔތރެ
15 December 2021
ވެސްޓް ޕާކް ޕްލޭން ކުރިލެއް މޮޅުކަމުން މާފަންނު ކޮޅުމީހުނަށް ހުތިހާ ތަކްލީފެއް. އޮޑިހަނެއްހެބް ޕްލޭންކޮށް ވެސްޓް ޕާކު އެއީ އަރިމައްޗަށް ހަދާފަ އެއޮތީ.
މަސްމިރުސް
14 December 2021
މާލޭސިޓީގެ ހުރިހާބާރުތައް އެހެންކޮޅުތަކަށް ނެގީތަ
ލޮނުމިރުސް
15 December 2021
ތިއީ މޭޔަރުކޮށްފައި ހުރި ކަންތައްތައް
ނެކްސްޓް
14 December 2021
ދީރާސާކޮށްކޮށް ތިއްބާ 5 އަހަރު ހަމަވެގެން އަނެއްބަޔަކު ދިރާސާކުރަން ފަށާނެ