އެމްޑަބްލިއުއެސްސީން ކުޑަފަރީގައި ފެނައި ނަރުދަމާގެ މަސައްކަތް ކުރަނީ. އެ ޕްރޮޖެކްޓްގެ 75 ޕަސެންޓް ވަނީ ނިމިފަ--ފޮޓޯ:އެމްޑަބްލިއުއެސްސީ
16 ޑިސެމްބަރ 2021 - 19:27
އެމްޑަބްލިޔުއެސްސީން ނ.ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ 75 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތެއް އަޅާނެ އެވެ. އަދި، ފެނުގެ މައި ނެޓްވޯކްގެ ހޮޅި އަޅާނެ އެވެ.
ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ހަތް ކިލޯ މީޓަރުގެ ދިގު މަގުގައި ނެޓްވޯކް ހޮޅި އަޅާ ނިމިފައިވެ އެވެ.
ފެން އުފެއްދުމަށްޓަކައި ބަހައްޓާ އާރްއޯ 2 ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް މިވަގުތު އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަށް 38 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންބޯ
16 December 2021
ތިޔައީ ސަން ސިޔާމް ކޮށްދިން ކަމެއް. ސުކުރިއްޔާ ސިޔާމް. އަންނަ ދައުރަށް ކެނދިކުޅުދޫ ދާއިރާއަށް ވާދަކޮށްދިނުން އެދެން. އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ