ޚަބަރު / ކޮވިޑް ވެކްސިން

ބޫސްޓަ ޑޯޒު ލިބުނުއިރު ސިރިންޖެއް ނެތް!

ފައިޒާ ވެކްސިންގެ ސިރިންޖް ލިބުމަށް ދަތިވެ، އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހައިދިނުް ލަސްވާނެ-- ފޮޓޯ: އޭއެފްޕީ

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައި ވިޔަސް އެ ވެކްސިން ޖެހުމަށް ބޭނުންވާ ހާއްސަ ސިރިންޖް ޝިޕްމަންޓް އަދި ނުލިބޭތީ އާއްމުކޮށް ވެކްސިން ޖަހަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ބޫސްޓަ ޑޯޒުގެ ގޮތުގައި، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ވަނީ ފައިޒާގެ 100،620 ޑޯޒު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

ކޮވިޑުގެ ބޫސްޓާ ޑޯޒު މި ވަގުތު ޖަހަމުން އަންނަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އަދި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ވެސް ޖަހައިދެ އެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި އޮތީ އިތުރު ކެޓަގަރީތަކަށް މި މަހުގެ މެދު ތެރޭގައި ބޫސްޓަ ޑޯޒު ޖަހަން ފަށާނެ ކަމަށެވެ.

އެކަމަކު އެޗްޕީއޭ އިން މިއަދު ބުނީ މި ތާރީހުގައި ބޫސްޓަ ޑޯޒު ޖަހަން ނުފެށި ލަސްވެދާނެ ކަމަށެވެ. އެއީ، ސިރިންޖުގެ ދަތިކަން ކުރިމަތިވެގެންނެވެ. މިއީ ރާއްޖެއަށް އެކަނި ކުރިމަތިވި ދައްޗެއް ނޫން ކަަމަށާއި މުޅި ދުނިޔެއަށް ވެސް ސިރިންޖުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"ސިރިންޖް ލިބި އެހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ތާރީހެއް އިއުލާންކުރެވޭނެ،" އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 22،093 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާއިރު މިވަގުތު ބޫސްޓާ ޑޯޒް ޖަހައިދެނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. މި ހުރިހާ ތަނަކުން ވެސް ފައިޒާގެ ބޫސްޓާ ޑޯޒް ޖަހައިދެނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

29 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 12%
icon angry icon angry 47%
icon wow icon wow 24%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޒީރަތުއްޞިއްޙަތު

20 December 2021

ސްޓޮކް ބެލެހެއްޓުން ހަރުދަނާ ކުރުން މުޅި ދަރުކާރުގެ ތެރޭގަ މުހިންމު ވެފަ

The name is already taken The name is available. Register?

ރޯޑް

20 December 2021

ބޯހަލާކު!!!! ގެނޭ ތި ސިރިންޖުގެ މައުލޫމާތު ހުރިތާކުން ގަނެގެން ސިރިންޖު ގެންދިޔައީމަ ޖަހާދެވޭނެނު... ޕްލޭންކުރެވޭލެއް ހަމަރަނގަޅީ....

The name is already taken The name is available. Register?

120687

20 December 2021

މި ސަރުކާރަށް ކުރެވުނު ހާވެސް ކަމަކީ ރިބަން ކެނޑުން. އޮޔާ ވައި ހިނގާ އޮވެ ކުރިއަށްދޭ. މި ސަރުކާރަށް ދޭނީ އީ ރިޕޯޓެއްވެސް ނޫން. ފެއިލްޑް ރިޕޯޓެއް ދޭނީ. ކޮވިޑްއާ ގުޅިގެންވެސް މަކަރު މައްޗަށް މަކަރު ހަނދަމުން ގެންދަނީ. އެވަރަށް ކަރަޕްޝަން ހިންގައިފި.

The name is already taken The name is available. Register?

03 ޑޯޒް

20 December 2021

02ޑޯޒް ވެކްސިން ޖަހައިގެންވެސް މިއުޅެނީ ރިސޯޓު ބަންދުން ނުވީއްލައިގެން. ދެން ތިޔަ ބޫސްޓަރ ޑޯޒް ޖެހީމައިވަކި ރިސޯޓް ބަންދުން މިނިވަން ކުރާނެ ތަ؟ ނުކުރާނެ. ދިވެހި ސަރުކާރުވަނީ ޑޮލަރުގެ އަޅަކަށްވެ ނިމިފައި. ޑޮލަރާއި ޖެހުނީމައި ޤާނޫނު އަސާސީ އެއްވެސްނޯވޭ. އަދި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއްވެސް އޮންނަކަމަކަށް މިސަރުކާރަކަށްނުވޭ. ރިސޯޓު ބަންދުން ނިޔާމަ އަދި ކަނޑިންމަ މުވައްޒަފުން މިނިވަންކޮށްދޭ ށޭ. ހެޔޮ ނުވާނެ. މިއީ އަޅުންނެއްނޫން.

The name is already taken The name is available. Register?

ކޯވެކްސް

19 December 2021

ހަދިޔާއަށް މިގޮތަށް ހިލޭ ލިބޭ އެއްޗެހި އަތަށްއަރާއިރު މިކަހަލަ ކަންތައް ބައެއްފަހަރު ދިމާވާނެއެވެ. ހާސްވެގެން ތެޅިގަންނާނެ ކަމެއް ނެތެވެ. ސިރިންޖްކޮޅުވެސް އަދި އަންނާނެއެވެ. އަދި ސިޔާސީ ބޭފުޅުން އަބަދުވެސް ފާޑުފާޑުގެ ވާހަކަ ދައްކާނެއެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެެ.

The name is already taken The name is available. Register?

ލޫކަސް

19 December 2021

ކުރީ ސަރުކާރުން ކީއްވެބާ ސިރިންޖް ނުގަނެ ހުރީ...

The name is already taken The name is available. Register?

ޑއަިޜީ

19 December 2021

ޢެހެންވިއްޔާ މި ފަހަރު ވެކްސިން ބޯންދޭނީ. ޜަގަޅު ވާނެ

The name is already taken The name is available. Register?

ބޮޑުމީހާ

19 December 2021

މިސަރުކާރުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ. ކަންތައްތަކަށް ތައްޔާރުވުމާއި ހިންގުމުގެ ގާބިލުކަމުގެ 1 ވަނައިގެ ސަރުކާރެއް މީ. އެކަން އިގޭނެ ދަރުމަވަންތަ ހޮސްޕިޓަލާއި، އާރަންވޭ އަދި 7000 ފްލެޓަށް މީހުން ގެންދިއުމަށް ތައްޔާރުވި ފުރިހަމަކަމުން.

The name is already taken The name is available. Register?

މެޑްޓެކް އަހްމަދު

19 December 2021

ކުރިން ވެސް ގެނެސްދިނީ މެޑްޓެކް. މިފަހަރު ވެސް ކުރީބަިގަ މެޑްޓެކްގަ ބުނެލި ނަމަ މިކަހަލަ ގައުމީ ކަންކަމުގަ ކުރިން ގެނެސްދިން ހެން ގެނެސްދިނީމުސް

The name is already taken The name is available. Register?

ޙާލަތޫ

19 December 2021

ތީހަމަ މިސަރުކާރުގެ ހާލަތު. ޥެކްސިން ގެންނައިރު އިންޖެކްޝަން ގެންނަންޖެހޭކަމެއް ހަނދާނެއްނުހުރޭ. މަގެއް ހަދާއިރު ކާނުތައް ލާން ޖެހޭކަން ހަނދާނެއް ނުހުރޭ. ޙޮސްޕިޓަލް ތަކުގައި އެމްބިއުލާންސް ހުންނަންޖެހޭކަން ހަނދާނެއްނުހުރޭ. ޙުޅުމާލޭ ފޭސް 2 ގައި 30000 މީހުން ދިރިއުޅެން ތަޅުދަނޑި ދިން އިރު އެތާ މަގުތައް ހަދަން ޖެހޭކަން ސުކޫލުތައް ހަދަން ޖެހޭކަން ފިހާރަތައް ހަދަން ޖެހޭކަން ހަނދާނެއް ނުހުރޭ. ދެން ބުނޭ ކުރީ ސަރުކާރުން ސިރިންޖު ނުގެނެސް ހުރީމާ ވީގޮތެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454