ލައިފްސްޓައިލް / ސްރީ ލަންކާ

ލަންކާ އިން އީރާނަށް ސައިފަތުން ދަރަނި ދައްކަނީ

ލަންކާގެ ސައިފަތް ދަނޑެއްގައި ބަޔަކު މަސައްކަތްކުރަނީ.

އިރާނުން ތެޔޮ އެތެރެކޮށްގެން ސްރީލަންކާ އިން ދައްކަން ޖެހޭ ފައިސާ، ޑޮލަރުގެ ތާށިކަމާ ހުރެ ސައިފަތުން ދައްކަން ނިންމައިފި އެވެ.

ބޭރު ގައުމަކަށް ދައްކަން ޖެހޭ ދަރަންޏެއް ފުރަތަމަ ފަހަރަށް ސައިފަތުން ދައްކާކަން އިއުލާންކޮށް، ދުނިޔޭގައި އެންމެ ފުޅާކޮށް ސައިފަތް ހައްދާ ގައުމުން ބުނީ އިރާނަށް ތެލުގެ ވިޔަފާރީން ދައްކަން 251 މިލިއަން ޑޮލަރު ދައްކައި، ހަލާސްކުރަން ނިންމާފައި ވަނީ ސައިފަތުން ކަމަށެވެ.

އެއީ އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު އީރާނަށް 5 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިގެންނެވެ. މިކަމާ ބެހޭގޮތުން ސްރީ ލަންކާގެ ވެރިކަންކުރާ ޕާޓީ އަށް ނިސްބަތަވްވަޑައިގަންނަވާ މެމްބަރު އަދި ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރާނާ ވިދާޅުވީ އިރާނުން އެތެރެކުރި ތެލަށް ދައްކަން ޖެހޭ ދަރަނި ސައިފަތުން ދެއްކުމަކީ ގައުމަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ކުޑަވާނެ ކަމެއް ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ބައިނަލްއަގްވާމީ މުއާހަދާތަކުން ވެސް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ސަބަބަކީ ސައިފަތަކީ ކާބޯތަކެތީގެ ތެރޭގައި ހިމަނާފައިވާ އެއްޗަކަށްވާތީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ދަރަންޏަށް ދައްކަން ޖެހޭ މިންވަރު ހަމަވަންދެން އަހަރަމެން ކޮންމެ މަހަކު އިރާނަށް ފަސް މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވަމުން ގެންދާނަން،" ރަމޭޝް ވިދާޅުވި އެވެ.

ރަމޭޝް.

ސަރުކާރުގެ މި ނިންމުމާ ބެހޭ ގޮތުން ސިލޯން ޕްލާންޓާޒް އެސޯސިއޭޝަންގެ ތަރުޖަމާނު ރޯޝަން ރާޖަދުރާއީ ވިދާޅުވީ ބޭރަށް ދައްކަން ޖެހޭ ދަރަނި ސައިފަތުން ދެއްކުމަކީ ވަގުތީ ހައްލެއް ކަމަށެވެ. އެހެންވެ ދަރަނީގެ މައްސަލަ ހައްލުކުރަން ހަރުދަނާ އުސޫލުތަކެއް ހަމަޖެއްސުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ސައިފަތް އެކްސްޕޯޓްކުރިޔަސް ވާނެ މާ ބޮޑު ފައިދާއެއް ވެސް ނެތް." އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާޗާ

23 December 2021

މިއީ ކަންކުރަންވީ ގޮތަކީ. ގައުމަކަށް ފައިސާ ނުދެއްކުނީއޭ ކިޔާފަ އަމިއްލަ ގައުމުގެ އެތައް ކަމަކަށް އެހެން ގައުމަކުން އަސްކަރީ ބާރުވެރިކަން ވެރިކުރިއަނުދޭނެ ގޮތެއް ހަދާކަށް މިތިބަ ވެރިންނަކަށް ނޭނގޭ. އަމިއްލަ ގައުމުގެ ކަނޑުގެ ޗާޓުތައް އެއޮތީ އިންޑިއާއިން ބޭނުން ބަޔަކަށް ވިއްކޭ ގޮތަށް. އެ ޗާޓުތައް އެންމެ ބޮޑަށް ބޭނުން ކުރާނީ މިސަރަހައްދުގެ ކަނޑުތަކުގަ ޗައިނާއާ އިދިކޮޅަށް ކަންކަން ކުރާނެ ގޮތް ރާވާ ބަޔަކު.

The name is already taken The name is available. Register?

1533

23 December 2021

ތީތި ސަޅި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454