ޚަބަރު / ޓްރެފިކް ގަވާއިދާ ޚިލާފު ވުން

ބިރުވެރިކަން އުފެދޭ ގޮތަށް ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ފުލުހަކަށް ހަމަލާދީފި

ސިނަމާލެ ބްރިޖު ކައިރީގައި ފުލުހުން ޓްރެފިކް މޮނީޓާކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅުނު ބަޔަކު ރޭ ހުއްޓުވުމުން ފުލުހަކަށް ހަމަލާދީ ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި، މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުގައި، ބިރުވެރިން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ހަތަރު މީހަކު ދެ ސައިކަލު ދުއްވަމުން ދަނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލްތައް ދުއްވީ އަދި ފުލުހަކަށް ހަމަލާދިނީ މާލޭގައި އުޅޭ ގްރޫޕަކަށް ނިސްބަތްވާ ބައެކެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރީ؛ މުހައްމަދު ވިއާމް، 27، ސ. ފޭދޫ/ވީނަސްވިލާ އާއި ހަސަން އަލީމް، 22، މާލެ/ދަފްތަރު 2841 އަދިޝާން އަބްދުﷲ، 20، އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް ހަތް ދުވަސް ދީފަ އެވެ. މި އެންމެންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ.

"މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މި ހިދުމަތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ވަރަށް ނުރައްކާތެރި އެކްސިޑެންޓުތައް މާލޭގައި ހިނގާފައިވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި، ވަރަށް ބާރު ސްޕީޑުގައި އައި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި މީހަކަށް ވިއްސައިގެންދިޔަ އެވެ. އަދި ދެމީހުންނާ އެކު ބާރު ސްޕީޑުގައި ދިޔަ ސައިކަލު ވަނީ އެތަނުގައި މަޑުނުކޮށް، ފިލައިފަ އެވެ.

37 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 34%
icon angry icon angry 59%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމްޒާބެ

26 December 2021

ގޭންގުތަކަށްވުރެ ފުލުހުން ބާރުގަދަވިދުވަހަކުން ފުލުހުންނަށް ތިމީހުން ހައްމަތަ ކުރެވޭނީ.

The name is already taken The name is available. Register?

ފާނަކޮށި

26 December 2021

ތިމީހުން ތީ މާލެބައެއް ނޫންނަމަ ރަށުން ބޭރުކުރަންވީ.....

The name is already taken The name is available. Register?

ނަމެއް

26 December 2021

އަސްލުވެސް. މިފަދަ ކުށް ކުރާ މީހުން އެމީހުންގެ ރަށަށް ފޮނުވާލަންވީ. އަލުން އަނބުރާ މާލެ ނޭރޭ ގޮތަށް. އަމިއްލަ ރަށަށް އަރުވާލާފަ ބެހެއްޓިއަސް. މިއީ ހައްލެއް ހޯދަންވެފައިވާ ކަމެއް

The name is already taken The name is available. Register?

ބަރަބޯބޭ

25 December 2021

ކުށްކުރާމީހުން ހުއްޓުވުމުގެ ހިތްވަރެއް ގާބިލްކަމެއްނެތް. ކުށްވެރިން ކުށްކުރަމުން ކުރަމުން ގޮސް ކުރަމަގާލިވެ ބިރުކެނޑި ހުއްޓުވަންތިބޭމީހުންނަށް ހަމާލާދޭވާހަކަ މިއަޑުއިވެނީ. މިއީ މުޅިސިސްޓެމްގެ ފޫ ދިޔައީ. ކުށެއްކުރަން ޖެހިލުންވާވަރަށް ހަރުދަނާނުވެ މިކަމެއް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ޕަބްލޯ އެސްކޮބާ

25 December 2021

ތި ހީވަނީ އަލަށް ފުލުސް އޮފީހަށް ވަދެގެންއުޅޭ ކުއްޖެއްހެން. އެސޮރަށް ގޭންގުތަކުގެ ބާރުނޭންގުނީ. ދިވެހިރާއްޖޭގަ އޮޕަރޭޓުކުރާ ގޭންގުތަކަކީ ދިވެހި ދަޢުލަތުގެ ބާރު ހިނގާ ބައެއްނޫން. އަޑުއިވޭގޮތުގަ ފުލުހުން މަގުމައްޗަށް ނެރޭއިރު ބުރީފިންގަ ބުނެދޭކަމަށްވަނީ ކުއްކުރިއަސް ހިފަހައްޓަންޖެހޭ ވައްތަރުގެ މީހުންނާ ހިފަހައްޓަން ނުޖެހޭ ވައްތަރުގެ މީހުން.

The name is already taken The name is available. Register?

އާދަނު123

25 December 2021

ހުޅުމާލޭ ޕޮލިސް ސްޓޭށަން ކުރިމަތިން ބާރައް ދުއްވާފަ ދާއިރު ޕޮލިހުންނަށް ނުފެނޭ މީ ދޮގެއްތޯ ބަލާލަން ނިކަން ހުކުރު ހޮނިހިރު ދުވަހެއްގަ އެތަން ބަލާލަން ދެލޭބަލަ

The name is already taken The name is available. Register?

ޓަރމިނޭޓަރ

25 December 2021

ފުލުހުންނަށް އެބަޖެހޭ ބާރަށް ދުއްވާ ސައިކަލުތައް މަޑުކުރެވޭނެ ޒަމާނީ ރަނގަޅު އާލާތްތައް ހޯދައިދޭން. ކޮންމެ ކޮންމެ ފަހަރަކު ވެހިކަލްގަގޮސް ހުއްޓުވަން އުޅުމަކީ ނުރައްކާތެރިކަމެއް، ދުއްވާ މީހާޔަށްވެސް، ފުލުން މީހާޔަށްވެސް، މަގުމަތީ އުޅޭ އެހެން މީހުނަށްވެސަ.

The name is already taken The name is available. Register?

އަފްރާސިޔާބު

25 December 2021

މިފަދަ ގޭންގުތައް ހުއްޓުވޭ ވަރަށްވުރެ ފުލުހުންގެ ބާރު ނިކަމެތިކަމަށް ފެންނަނީ. ހައްޔަރުކޮށްފިއްޔާ ޑިމޮކްރަސީ ތިލަވެ ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފާ ކުށްކުރިމީހާ ދޫކޮށްލަނީ. ޑިމޮކްރެޓިކް ގައުމުތަކުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިފިނަމަ ބޮޑު އަދަބެއްލިބޭ. މިއޮތީ ވަރަށްވެސް ފައްކާ ޑިމޮކްރަސީއަކާއި އަދާލަތެއް ގާއިމްކުރެވިފައިވާ ރާއްޖެއެއް.

The name is already taken The name is available. Register?

ޖުންދަބު

25 December 2021

ކަލޭމެންގެ މުރައިދޫ ގަނޑުވަރު ރަސްގެފާނާ އޭނަގެ ބައިގަނޑު ޒިންމާ ނަގާ.، އަހަރުމެން ބޮލަށް ޖަހާނެ ކަމެއް ނެތް. މީހުންގެ އަބުރު ކަތިލުން، ސިފައިންނާ ފުލުހުންނަށް ބިރު ނުގަތުން، ސަރުކާރު އޮފީހަށް މަސް ކިރުވުން މިހިރީ ހައްތަހާވެސް މެނޫގަ ހުރި އެއްޗިސް. ރަހަ ލާ ދޯ މިހާރު ރަނގަޅަށް.

The name is already taken The name is available. Register?

ނާމްދި ކާނޫ

25 December 2021

ނުރައްކާތެރިކޮށް އަދި އެހާމެ ބާރަށް ސައިލަކު ދުއްވާތަން ވަރަށް ގިނައިން މަގުމަތިން ހުރިހާ ގަޑިތަކެއްގައިވެސް ފެނޭ. އެދެވޭ ގޮތެއްގެ މަތިން ޓުރެފިކު ޕޮލިހުން މިކަންކަން ހުއްޓުވަން އުޅޭތަން ފެންނަނީ ވަރަށް މަދުން. މަގުމަތީގާ މިހާ ގިނަ ވެހިކަލާ މީސްމީހުން އުޅޭއިރު މިފަދަ ނުރައްކާތެރިކަން ބޮޑު ގޮތަކަށް ވެހިކަލް ދުއްވާ މީސްމީހުން އެބަޖެހޭ ފުލުހުން ނިކުމެ ހުއްޓުވަން! އެހެން ނޫނީ ނުރަކްކާތެރި އެކްސިޓެންޓުތަށް ހިންގުން މަދެއްނުވާނެ

The name is already taken The name is available. Register?

ވަހީދު

25 December 2021

އަޖައިބެއް ފަހެ ނުވާނެތަ؟ ދަރިން މަދުރުސާ ނިމެންދެން މައިންބަފައިންގެ ބެލުމުގެ ދަށުގައި ތިބެފައި، ހަމަ ސްކޫލު ނިމޭ އިރަށް އޭތި މީތި ބޯން ފަށަނީ.

The name is already taken The name is available. Register?

2222

25 December 2021

ހަޤީގަތަކީ މިފަދަ މީހުން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ. ކުރާނަމަ މަގުތައް އަމާންވާނެ.

The name is already taken The name is available. Register?

ނާމްދި ކާނޫ

25 December 2021

100% އެއްބަސް!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454