މާފުށީގައި ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
28 ޑިސެމްބަރ 2021 - 19:10
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، ބާކީ މަސައްކަތްތައް ފުރިހަމަ ކުރުމަށާއި ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކާ ހިސާބަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވެސް ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ، ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރެއް ކާމިޔާބު ކުރައްވައި، މަގާމުގައި ދެމިހުންނަވާނެ ކަމަށް މިހާ ޔަގީންކަމާއެކު މި ސަރުކާރުގެ ވަޒީރަކު އަދި އެމްޑީޕީގެ އިސް ސަފުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ރައީސް ވެސް އަދި ވަކި ގޮތެއް ނިންމެވި ކަމަށް ވިދާޅެއް ނުވެ އެވެ.
މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށްޓަކައި ބޭއްވި ހަފުލާގައި އަސްލަމް ވިދާޅުވީ، އޭނާގެ ހަޔާތުގައި ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި ގިނަ މަގާމުތަކެއް އަދާކުރެއްވިއިރު، މި ސަރުކާރުގެ ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގި ދުވަސްވަރެއް މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފަހުން އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ހިންގި އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 1.86 ބިލިއަން ރުފިޔާގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ. އަދި 16.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަށާރަ ބިލިއަން އިން ރާއްޖޭގެ އުމްރާނީ ތަރައްގީ ނުނިމޭނެ. ތަރައްގީ ވެފައި އޮތް ގައުމަކަށް ވަންދެން އެ މަސައްކަތް ކުރަންޖެހޭ. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން އަޅުގަނޑުމެން ބޭނުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ހަފުލާގައި އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާފައި ބާކީ ހުރި މަސައްކަތްތައް ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ތަރައްގީ ވެފައި އޮތް ގައުމަކަށް ހެދުމާ ދިމާލަށް މިސްރާބު ޖެހުމަށްޓަކައި އިތުރު ދައުރެއްގައި އެ މަނިކުފާނު ހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ތަރައްގީވެފައި އޮތް ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް [ރާއްޖެ ގެންދަން] ރައީސް އިރާދަކުރެއްވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ހުންނަވާނެ،"--- އަސްލަމް
ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ވެސް އަސްލަމް ވިދާޅުވި އެވެ. ބަނދަރު ހެދުމުގެ 60 މަޝްރޫއަކާއި ބިން ހިއްކުމުގެ 18 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 28 މަޝްރޫއެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ ތަފާސްހިސާބުގެ އަލީގައި އޭނާ ވިދާޅުވި އެވެ.
ތާރު އަޅައިގެން މަގު ހެދުމުގެ 18 މަޝްރޫއެއްގެ މަސައްކަތާއި ފެނާއި ނަރުދަމާގެ ޖުމުލަ 245 މަޝްރޫއެއްގެ މަސައްކަތް ހިންގާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު އެއް ހުންނާނީ ހަވާލުކޮށް ނިންމާފައި. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ނިންމާނަން،" ވަރަށް ޔަގީންކަމާއެކު އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިނަދޫ ގދ
30 December 2021
ޓާޝަރީ ހޮސްޕިޓަލް ނޫނީ ހަވަރަށް ދިނުން
ހަވަރު ތިނަދޫ މީހާ
30 December 2021
ހަވަރު ތިނަދޫއިން ގޯތި ނުދޫކޮއް އަހަރެންގެ ވޯޓެއް އެމްޑީޕީއަކަށް ވެސް އިބޫ އަކަށްވެސް ނުދޭނަމެވެ. ވޯޓު ދެވޭނީ ބޯހިޔާވަހިކަމެއް ލިބުނު ދުވަހަކުންނެވެ. މިނިސްޓަރު އަސްލަމް ( ފަރެސްމާތޮޑާ) އަށާއި ހަވަރު ތުނަދޫ ކައުންސިލްގެ ރައީސް) އަށް ވަރަށް ވެދުމާއިސަލާމެވެ
ށަވިޔަނި
29 December 2021
މިސަރުކާރުގެ މަޖިލިސްފަޅިއާހުރެ މުޅި ސަރުކާރު ދެކެ ފޫހިވާނެ.
ލައްޓި
29 December 2021
މި ފަހުން އައި ރައީސުންގެ ތެރެއިން ދީނަށް ފުރައްސާރަ ނުކޮށް، އަހަރުމެންގެ ދަރީންގެ ކިޔެވުމުގެ ކަންކަމަށް އެންމެ އިސްކަންދިން މީހަކަށް ފެނުނީ މިހާރު ހުރި މީހާ. ކެބިނެޓުގައި ކަމުނުދާ މީހުން ނެތެކޭ ނޫން. އެކަމު، މީހުން ގޮވައިގެން އުޅޭ، ބަހުގައި ހިފަހައްޓާ، އަޚްލާޤެއް ހުރި މީހަކަށް ފެނުނީ މިހާރު ހުރި ސޮރު އަދި. މަޖިލީހުން ބައެއް ފަހަރު ކިތަންމެ ނުކިއްސަރު ކަންކަން ކުރަން އުޅުނަސް ކެތްތެރިކަމާ އެކީ އެބަ ކުރިޔަށްދޭ ބަޔަކު ޤަބޫލުކުރަން ބޭނުން ނުވިޔަސް
ކޮސްގޮވާ
29 December 2021
ދެ ޓާރމްއަކީ ނާދިރުކަމެއް އެއްވެސް ވެރިއަކަށް.
ލޮލީ ޖޮލީ
29 December 2021
ތިޔަހެން ބުނި އަދުރޭވެސް ވީމާ މަޑުން ތިބުން ބުއްދިވެރި
ހޮއް
29 December 2021
ގޭގަ ގިނިކަންޏާ ހުނަވާނީ ، އެވެސް ހުރަގޭގަ ތޯޗެ.
މުލޭ
29 December 2021
ބޮޑުވަޒީރަށް ވާންް ބޭނުންވެގެން ވަކާލާތުކުރާ ފަރާތަށް ދިން ހަމަލާއެއްތޯ މިއީ.
އަސލަންޓޭ
29 December 2021
ނޫނީ ޑިމޮކްރަސީ އޭ ކިޔައިގެން އައި ބޮދުންގެ ވިސްނުން މިހުރީ މޮގާބޭ ސްޓައިލް ވެރިކަން ކުރަންތޯ؟ ގަދަބަސް ތި ބު8ނަނީ. އަދިވެސް އިބޫ ވެރިކަމަށް ގެނެސްގެން ވަޒީރުކަމުގަ ހުންނެވުމުގެ ހުވަފެންތޯ؟ ބަލަ ރައީސް އިބޫ އަށް ރައްޔިތުން ވެރިކަން ދިނަސް އެހެން މީހަކަށް ދިނަސް އެކަން ހިގާނީ ވޯޓަކުން ނޫންތޯ؟
ރަދީފްއޮފިޝިއަލް
29 December 2021
''މި ސަރުކާރުގެ ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގި ދުވަސްވަރެއް މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.'' އެހެންތަ؟؟ އެކްސްކިއުޒް މީ. ސްލޮތު ، ސްޓާފިޝް ، ކޮއާލާ ބެއާ ، ފިނިހަކަ އަދި ސްލޮގަށް ދުވަހަކުވެސް ޕެރެގްރައިން ފެލްކަން ، ޗީތާ ، ހިބަރު ، މާލިން ނުވަތަ ޕްރޮންގްހޯން އެންޓިލޯޕް ނުފެންނަ ނަމަ ބުނާނީ ތިހެން.ވ.ވެދުން
ރޮއެރޮއެ ކަރުނަކޮޔެ
29 December 2021
އިބުރާހިމް މުހައްމަދު ސޯލިހު އަކީ ދިވެހި ގައުމުގައި ވެރިކަން ކުރި އެންމެ ނާގާބިލް ވެރިޔާ... ހައެއްކަ ދުންމާރި ޔާ ތާޅަފިލި ހިފައިގެން ނިކުމެ ވޯޓުން ވައްކަން ކުރާ ބައިގަޑު ،، ގައުމުގެ ހަލާކު...