މައްކާގެ ހަރަމްފުޅުގައި ގައިދުރުކޮށް ތިބެ ނަމާދުކުރަން އެންގީ ސައުދީގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން. --ފޮޓޯ:އޭއެފްޕީ
30 ޑިސެމްބަރ 2021 - 18:00
މައްކާ (ޑިސެމްބަރު 30) - މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ގައިދުރުކޮށް ތިބެ، މިއަދުން ފެށިގެން ނަމާދުކުރަން އަންގައިފި އެވެ.
ދުވަސްތަކަކަށް ފަހު ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަން އަންގާފައި މިވަނީ ސައުދީ އަރަބިއާގައި އެތައް ދުވަހަކަށް ފަހު ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުންނެވެ.
ހަރަމްފުޅުގައި ގައިދުރުކޮށް ނަމާދުކުރުން ހުއްޓާލީ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ. ނަމަވެސް އަނެއްކާވެސް މިއަދު ވަނީ ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައި ގައިދުރުކޮށް ތިބެ ނަމާދުކުރުމަށް މާކިން ޖަހައިފަ އެވެ.
ސައުދީން ކުރިން ވަނީ ބަންދުތަންތަނާއި ހާމަތަންތަނުގައި އުޅޭއިރު ވެސް ގައިދުރުކޮށް އުޅުމަށާއި މާސްކް އަޅައިގެން އުޅުމަށް އަންގައިފަ އެވެ.
ސައުދީ އަރަބިއާގެ 34 މިލިއަން މީހުންގެ ތެރޭން މިހާތަނަށް ވަނީ 554،000 މީހަކަށް ކޮވިޑް ޖެހި 8،874 މީހުން މަރުވެފަ އެވެ. ގަލްފުގެ ގައުމުތަކުގެ ތެރޭން ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސައުދީންނެވެ.
ސައުދީން އިއްޔެ ވަނީ ކޮވިޑުގެ 744 ކޭސް ފެނިފަ އެވެ. މިއީ އޮގަސްޓް މަހުގެ މެދުތެރޭން ފެށިގެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވގ13
01 January 2022
މިކޮންކަހަލަކަމެއްތޯ އަލީ ރަމީޒް ކުރެން އަހާލިންތަ ގައި ދުރުކޮން ނަމާދު ކުރެވިދާނެތޯ އެއީ މިކަމުގަވަރައް ފނބ އުސްމީހެކެ
2021
31 December 2021
އަހަރެމެން އޮފީހުންވެސް އަންގާފި ކޮވިޑްގެ ހާލަތު ރަނގަޅުކަމަށް.... ބޮއިހަލާކު
ސަބުރި
31 December 2021
މިރާއްޖޭގެ ސޭހުން ތިކަމަކަށް އެއްބަހެއްނުވާނެ. މާމަތީ ބައެއް އެއީ. ޓުވިޓާގަ ޒުވާބުކުރަން ތިބޭނީ.
އިސްމާލު
31 December 2021
ކޮންމެ އަހަރެއްގެވެސް ރަމްޟާންމަސް އައްނަންވާއިރަށް ޕީކަށްގޮސް މިސްކިތް ބަންދުކުރަންޖެހުމަކީ ކޮވިޑުގެ އަސާސީ ސިފަޔަކަށް އެބަވޭ މިރޯގާޖެހިގެން އަމިއްލަޔަށް ރަނގަޅުވާއިރުވެސް އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަން ސުނާމީއޭ އޮކްސިޖަންއޭ ކިޔަމުންދަނީ އަޅާފިޔަވަޅުތަކުގެ ސަބަބުން ބޮޑެތިބަލިތަކުގެ މީހުންނަށް ރަނގަޅު ބޭސްފަރުވާނުލިބިގެން ކިތައްފުރާނަ ގެއްލުނުތޯ
48532
30 December 2021
އެކަމަކު މިގައުމުގާ ޝޯބޭއްވުން އެބައޮތް މާދަމާ.
992727
30 December 2021
ރަނގަޅު ވާހަކައެއް.. މިގައުމުގައި ގައިދުރުނުކޮށް ނަމާދުވެސް ކުރަނީ.
000000
30 December 2021
ގައިދުރުކޮށްގެން ނަމާދުކުރާކަށް މިގައުމުގެ ޝޭޚުން ހުއްދައެއްނުދޭނެ.
ށަވިޔަނި
31 December 2021
ޝޯބޭއްވުން މުހިންމުވާނެ.