ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ޖެނުއަރީ 2022 - 12:32
މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތަކުގެ ބޮޑު ޕަސެންޓެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ފަސް ރަށަކަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި، ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުތައް އަޑުއައްސަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމަށް ފަހު، މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގިނަ ރަށްރަށަށް ވެފައިވާ ވައުދުތަކުގެ 85-99 ޕަސެންޓުގެ ފުރިހަމަ ކުރެއްވިއްޖެ ކަމަށް ވިދާޅުވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި، މިފަދަ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން ހޯދައި، ރާއްޖޭގެ ތަރައްޤީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެގަތުން ކަމުގައި ވިދާޅުވި.#JazeeraHolhuashi pic.twitter.com/AKXiwGgcGt
— The President's Office (@presidencymv) January 4, 2022
މާފަރު ސްކޫލުގެ ގޯތިތެރޭގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަން ރައީސް އިއުލާނު ކުރެއްވި އެވެ.
އެ އެއާޕޯޓުގައި އަދިވެސް ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ޖާގަ އިތުރުކުރުމާއި ރަންވޭ ބޮޑުކުރުމާއި ޓާމިނަލް ބޮޑުކުރުމާއި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެއްސުމާއި އެއާޕޯޓް ހޮޓެލް އެޅުން ފަދަ ކަންކަމަކީ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރާނެ ކަންކަން ކަމަށެވެ.
President @ibusolih meets with the residential community of Maafaru Island, Noonu Atoll. pic.twitter.com/YsGToF0KOY
— The President's Office (@presidencymv) January 4, 2022
މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މާފަރު ސިއްހީ މަރުކަޒު ބޮޑުކޮށް، އެ ތަން ހޮސްޕިޓަލަކަށް ބަދަލުކުރުން ވެސް ހިމެނެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަތީ ލަންދު އަށެވެ. އެ ރަށުގެ ބަނދަރު ރަސްމީކޮށް މިއަދު ރައީސް ހުޅުއްވައިދެއްވާނެ އެވެ.
ރައީސްގެ މި ދެ ދުވަހުގެ ދަތުރުފުޅުގައި މާފަރާއި ލަންދޫ އާއި މަނަދޫ އާއި މަގޫދޫ އަދި ހޮޅުދު އަށް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެންދީޠ
05 January 2022
ސިފައިންނާއި ޕޮލިހުންނަށް ފްލެޓް ނިންމައި ދޭން ވައުދުވީ އެއްއަހަރުން
އިބުރާ
04 January 2022
ދެވަނަ ދައުރެއް ލިބޭނޭ އަސްލަންޓޭ ބުންޏަސް މަނިކްފާން ގުބޯނުހެދޭތި. އަސްލަންޓޭ ބޭރުކޮށް ހައުސިން މަޝްރޫއުތަށް ރަނގަޅަށް ކުރިއަށްގެންދަވާ. އުމްރާނީ ތަރައްގީ އަވަސްކުރެވޭ ވަރުގެ ވަޒީރަކު އައްޔަން ކުރައްވައިގެން ނުފުއްދިހުރި ވައުދުތައް އަވަހަށް ފުއްދަވާ.
ބޮޑުމީހާ
04 January 2022
ސާބަހޭ! 20000 ފްލެޓް އަޅައި ބޯހިޔާވެހިކަމަށް ސަލާންޖެހުން ހުއްޓިއްޖެ، ބްރިޖް އަޅައިފި، މުސާރަ ބޮޑުކޮށްފި، ޑޮކްޓަރ ކިއުގަޖެހޭކަށް ނުޖެހޭ، މަރުތަކަށް އިންސާފު ލިބިއްޖެ، ކޮރަޕްޝަނާއި މަސްތުވާތަކެތި މުޅި ގައުމުންވެސް ފޮހެލާފި. އިބޫ ސޯލިހު ބާކީ 2 އަހަރު ދެފައިދަމާ ނިދަން އޮވޭ!!!!!ވައުދުތައްފުދިއްޖެ ދެން ހޯހޯ
ކޮންސޮޅި
04 January 2022
މާތްކަލާކޯ!! ކިހިނެތްބާމިވީ. ކުއްލިއަކަށް ވައުދުތައްފުދި ހުރިހައިކަމެއް ހާސިލުވެ ހަތެރެސްކަން ހަމަވީ. މިއަންނަ ރިޔާސީ ކޭންޕޭނަށް އެއްވެސްމީހަކު ކޮށްދޭނެކަންކަމުގެ ލިސްޓަށް އަރުވާލާނެ ހަމަ އެއްވެސް ކަމެއް ނޮއޮންނާނެހާ ގިނަވައުދުތައް ފުއްދުނުގޮތް. ދަބޮޑުޖިންނި ހޭޒް ގްރާންޓެ އޯލްދަ ވިޝެސް
ވިސްނާލުމަށް އެދެމޭ
04 January 2022
އެހެންވީމަ މަނިކުފާނުދެން އިސްތިއުފާދީފަ ގެއަށް ވަޑައިގަންންވާ.....މަނިކުފާނުގެ ޓާސްކް ފުރިހަމަވެއްޖެވިއްޔާ..
ހަވަރޭ
04 January 2022
ތިނަދޫގަ ހަދަން ބަޔަކާހަވާލުކުރެވިފައިވާ އިންޑިޔާ ފުލެޓްތައް ނިންމައިދިނިމަށް އެރަށަށް ވަޑައިގަންނަވާނީ ކޮންދުވަހަކުން ބާ؟
ޗޮކުންދިޔަފެރީ
04 January 2022
ކުޑުދުއްފުށި ރައްޔިތުންކޮބާ އަތްޖަހާ ބާރައް ކޮނޑުހުޅު އުފުރައިގެންދާވަރައް މިހާރުވެހިލިޔަސް ސޯސަންގޯޅިޔައް ނުވަދެވޭނެ ޗަކަޔާހެދި އެކަމަކު ކީކޭ ބުނީ ބުރަކަށީގަ ފިރުމާފަރިންގުރޯޑު ހަދާފަ ފުރަތަމަ 2 އަހަރުތެރޭ ތިކަން ކޮއްދޭނަމޭ ކޮބާ ވެފަ އެންމެރިސޯޓެއްކޮބާ ހދ ގަ އެއާޕޯޓު ލައިޓުކޮޅު ހަރުނުކުރެވުނު 3 އަހަރުވީ ކޮބާޓަޝެރީ ހޮސްޕިޓާ މިކަހަލަ ދޮގުހަދަން ހެޔޮނުވާނެ
ސަރުދާރުު
04 January 2022
އެބުނާހެން ވައުދު ފުއްދައިފި، ޕެންސަން ފަންޑުން ހައްޖަށް ދެވޭނެ ވައުދު (ހަމަ އެކަނި މިނިސްޓަރ ލެވެލެގެ މީހުންނަށް ދެވޭނެހެން)، މިނިމަމްވޭޖް ކަނޑައަޅައިފި (މަސައްކަތު މީހެކޭ އިދާރީ މީހެކޭ ވެރިއެކޭ ތަފާތެެއްނެތް ގޮތަށް)، ރައްޔިތުންނަށް ބިން ގަނެވޭހެން ހުޅުވާލައިފި ހުޅުމާލެން (ހަމަ އެކަނި މާލޭ މަހުޖަނުންނަށް ގަނެވޭހެން) މިހެން އެތަށް ވައުދެއް ފުއްދައިފި
ހަސަނު
04 January 2022
ކޮވިޑުގެ ނުރައްކާތެރި ވަޅުގަނޑުން ސަލާމަތް ވާން މި ސަރުކާރުން އެޅުއްވި ފިޔަވަޅު ތަކާ ކުރެއްވި ކަންކަމުން ރައްޔިތުންނަށް ލިބުނު ނަފާ މާ ގިނަ.. އަދި ތަރައްގީގެ ގިނަ ކަންކަން ވެސް ކުރެއްވި.. އެކަމަކުވެސް ނުވެ އޮތީ ގެއްލުވާލި އަދި މަރާލި މީހުންގެ މައްސަލަ އާއި ޔާމިން ސަރުކާރުގެ ކަރަޕްޝަނުން ލިބުނު ބޮޑު ގެއްލުމަށް އިންސާފު ލިއްބައިދިނުން...
ޖުލައި2021
04 January 2022
އަމާބުނީތީ ފަރައްދާ އުސޫލުން ހުރިހާވައުދެއް ފުއްދާނިމިއްޖެއެއްނު