ޓީޗަރުންގެ ދުވަސް ފާހަގަކުރަން އިސްކަންދަރު ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ޓީޗަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 ޖެނުއަރީ 2022 - 20:32
މަގާމުގެ ކުރިއެރުން ހޯދުމަށް މަގުފަހިވާ ގޮތަށް، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ވަނީ ސީއެސް 2-15 ރޭންކަށް ޝަރުތެއް އިތުރުކޮށްފަ އެވެ.
އެ ބަދަލުތަކާ އެއްގޮތަށް ޓީޗަރުންގެ އޮނިގަނޑުގެ މަގާމުތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން އިއުލާންކުރަން ސީއެސްސީން ވަނީ އަންގައިފަ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ޕްރޮމޯޝަން ލިބުމަށް ހުރަސް އެޅިފައި ތިބި ޓީޗަރުންނަށް މި ބަދަލުގެ ސަބަބުން، ޕްރޮމޯޝަން ލިބޭނެ ކަމަށެވެ.
މީގެ ކުރިން ޕްރޮމޯޝަން ލިބެނީ ޓީޗިންގެ ޑިގްރީއެއް އޮތުމަށް ފަހު ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ނަމަ އެވެ. އެހެންވެ، ވަކި މާއްދާއަކުން ހާއްސަވެ ޑިގްރީ ފުރިހަމަކޮށްފައިވާ ޓީޗަރުން ކިޔަވައިދިނުމުގެ ދާއިރާއިން މާސްޓާސް ހެދިޔަސް ވަޒީފާގެ ކުރިއެރުމެއް ނުލިބެ އެވެ.
"ފަހުން މި އިތުރުކުރީ މުހިއްމު ޝަރުތެއް. އެ ހާލަތު ކުރިމަތިވެފައި ތިބި ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭތީވެ އަބަދުވެސް ޝަކުވާ ކުރޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ވަޒީފާގެ ކުރިއެރުން ހޯދޭނެ ގޮތަށް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު ބަދަލުކޮށްފައި މި ވަނީ ޓީޗަރުންގެ މުސާރަ މި އަހަރު ބޮޑުކުރަން ވެސް ނިންމާފައި ވަނިކޮށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް އަދި ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދޫ
07 January 2022
ކޮން ޝަރުޠެއް ތޯ އިތުރުވީ؟ މި ލިޔުނު ބޭފުޅާ ބަލާލިންތޯ ކުރީ ޝަރުޠު އޮތް ގޮތް؟ ލިޔުމެއް ލިޔާއިރު ތަންކޮޅެއް ޒިންމާދާރުވުމަކީ ރިވެތި ސިފައެއް؟ ތިރީގައިވާ ލިންކުން ބަލާލަބަލާ ކުރިއާ ފަހުގރ ޝަރުޠުތައް އޮތް ގޮތް؟ https://www.csc.gov.mv/PostStructure/Index/18
މިވަރުން ނުކިޔަސް ވާނެ.
07 January 2022
ބޮޑެތިމީހުން ފާޑުފާޑުގެ ޖޯކު ކޮސްޓިއުމް އަޅައިގެންގޮސް އެހެން ސަގާފަތއތަކުގެ ވާހަކަ ކިޔައިދިނީމަޔޯ ކުދިންނަށް ވާހަކަފޮތް ކިޔޭނީ ބުނާ ގްރޫޕްތައްވެސް މިހާރު ދަނީ އުފެދެމުން.
ތަޢްލީމްގެ
07 January 2022
ކިޔަވަން ކުދިން ހަވާލުކުރާއިރު ބަލަންޖެހޭ އެކަމެއް ހިންގާމީހާއަކީ ކިހާހިސާބަކަށް ދެވިފަހުރި މީހެއްތޯ. ޢާހިރުގަ ކުއްޖާއަށްވެސް ދެވޭނީ އެހާ ހިސާބަށް. ދެވޭ ތަޢްލީމްގެ ފެންވަރަށް ވިސްނަންޖެހޭ.
ހަނުހުންނަ މީހާ1
07 January 2022
ޓީޗަރުންގެ މުސާރަވެސް މިނިމަން ވޭޖްއަށްހެދި ގޮތަށް ހަދާ ނިންމާލަނީ.
ޝަފީރު
07 January 2022
ވެރިކަމަށް އަންނަންވެގެން ދެއްކި ރަން ހުވަފެންތައް ނަޖިހަށް ބަދަލުވެގެންދިޔައީ. މިހާރު މިދައްކަނީ އަލުންވެސް އެހެންވާހަކައެއް. މުސާރަ ކުޑަވެގެން ކުރާ ޝަކުވާ ހަނދާންނައްތާލާފައި މަޤާމުގެ ކުރިއެރުން ދޭވާހަކަ. ކުރިން މުސާރަ ބޮޑުނުކުރީ އޮނިގަނޑެއްގެ ސަބަބުން ހުރަސް އަޅާފައިވާތީއޯ. 2023 ސަޅިދޯ
ފަރީޝާ
07 January 2022
ކޮބާހޭ އެހެން ފަންނުތަކުގެ މުވައްޒަފުންގެ ޕްރޮމޯޝަން؟ ހަމައެކަނި ޓީޗަރުންނާ ޑޮކްޓަރުންނަށްތަ ޕްރޮމޯޝަން ހައްގުވަނީ؟
މިވެސް ޓީޗަރުންނޯ
07 January 2022
ޓީޗަރުންގެ ތެރޭގަ އުޅޭ ކޮޕީ ކުރިޔަސް އޯކޭއޭ ބުނާމީހުން. ތިމާކިޔަވައިދޭގޮތް ނޫން އެހެންގޮތަކަށް މީހަކުކަމެއްކޮށްފިއްޔާ ސޯޝަލްމީޑިއާގަ ލިޔެލާމީހުން. މިވެސް ޓީޗަރުންނޯ
މުހައްމަދުވަ
07 January 2022
އަސާސީ ތައުލުމު ނެތަސް ގައުމު ހިންގުމުގެ ވެރިޔާގެ މަގާމާއި ގާނޫނު ހަދާ މަޖުލިސްގެ މެމްބަރުކަން ކުރެވޭ ގައުމަކަށް ތައުލީމީ މުވައްޒަފުން ބޭނުންވާނެ ކަމަކަށް ނުދެކެން.
ނަަންނޭނގެ
07 January 2022
ކޮބާތަ އިދާރީ އޮނިގަނޑު؟ ޕޭ ކޮމިޝަނުގަ 2023 އަންނަންދެން ތާށިވީ ދޯ.. މިހާރުން ބަލާދީބަލަ އިދާރީ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަނާ ޕީއޭ ޕްރޮމޯޝަން ނުލިބި މި ތިބެންޖެހެނީ ކޮންބައެއްގެ އިހުމާލުންތޯ؟ އަހަރުމެންވެސް ކިޔަވަނީ ބޮޑު ހަރަދު ކޮށްގެން. އެކަމު ވާކަމެއް ހަރާން.
ދޮންބެއަލީ
07 January 2022
ސިވިލްސާވިސް މުވައްޒަފުންނަށް ކުރިއެރުން ލިބޭނެ އެއްވެސް ގޮތެއް ނޯވޭ..ކިތަށްމެ ގިނަ ފާހެއް ނެގިޔަސް .އެޕްރައިސަލް ހަދަނީ އޭގެ ބޭނުމެއް ނުފެނޭ.. ވާނުވާ ބަޔެއް ވެރިންނަށް ތިބީ..ސިވިލްސާވިސް ކޮމިޝަނުގައި މޮޅުވާހަކަ ދައްކަނީ ހަރާން ވާކަމެއް..