ޓް'ރީ ޓޮޕް ހޮސްޕިޓަލުން ނިދުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ހަދާ ޓެސްޓް ހަދަނީ--ފޮޓޯ: ޓްރީ ޓޮޕް ..
07 ޖެނުއަރީ 2022 - 14:28
ހޯމް ކެއާ ސްލީޕް ސްޓަޑީ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ޕޭޝަންޓުންގެ ގެއަށް ގޮސް ވެސް ދެ އެވެ. ޕޮލިސޮމްނޮގްރަފީ ނުވަތަ ނިދި ޓެސްޓް ކުރުމަކީ ރޭގަނޑު މީހާ ނިދާފައި އޮންނަ ވަގުތު ސިކުނޑިއަށާއި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ގޮތުން ހަދާ ޓެސްޓެކެވެ. މި ޓެސްޓު ހެދުމަށްޓަކައި ޕޮލިސޮމްނޮގްރަފީ ޓެކްނޮލޮޖިސްޓުން ޕޭޝަންޓުންގެ ގެއަށް އިކުއިޕްމެންޓާ އެކު ގޮސް ޓެސްޓު ހަދާނެ އެވެ.
ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރު މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން)، ނާކޮލެޕްސީ (އަބަދު ނިދި އައުން)، އިންސޮމްނިއާ (ރޭގަނޑުގެ ގިނަ ވަގުތު ނިދި ނައުން)، ސްލީޕް ވޯކިން (ނިދީގައި ހުރެގެން ހިނގުމާއި އެހެނިހެން ހަރަކާތްތައް ހިންގުން)، ރެޕިޑް އައި މޫވްމަންޓް ޑިސްރަޕްޓިވް ސްލީޕް ޑިސްއޯޑާ (ނިދީގައި އޮންނައިރު "ހަމަލާދޭ" ފަދަ ހަރަކާތެއް ކުރެވުން) ހިމެނެ އެވެ. މިފަދަ މައްސަލަތަކަށް ޓްރީ ޓޮޕް އިން ހަދާ ސްލީޕް ސްޓަޑީން ހައްލު ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޯމް ކެއާ ސްލީޕް ސްޓަޑީ ސާވިސްގެ އެހީ އާ އެކު، ޓޫރިސްޓުންނަށް ވެސް ހަމަ ނިދި ލިބުމަށް ހުރަސް އެޅޭ ސަބުބުތައް ހޯދޭނެ އެެވެ. ޓްރީ ޓޮޕުން ބުނީ ޕޮލިސޮމްނޮގްރަފީ ޓެސްޓްގެ ހިދުމަތްތައް ދިނުމުގައި އެންމެ ޒަމާނީ މެޝިނަރީ އާއި ވަސީލަތްތަކާއި ޑޮކްޓަރުން ވެސް އެ ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔަފާރިވެރިންގެ ޓްރީޓޮޕް
07 January 2022
އެކްސްރޭ ނެހެދޭ ޓޮޕެއްތިޔައީ.
ޒިންދާބާދު
07 January 2022
ޓްރީޓޮޕް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ފައްތޭ ޒިންދާބާދު ކޮމަންޑޫ ދާއިރާ ޒިންދާބާދު ޓްރީޓޮޕް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ފައްތޭ ޒިންދާބާދު ކޮމަންޑޫ ދާއިރާ ޒިންދާބާދު ޓްރީޓޮޕް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ފައްތޭ ޒިންދާބާދު ކޮމަންޑޫ ދާއިރާ ޒިންދާބާދު ޓްރީޓޮޕް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ފައްތޭ ޒިންދާބާދު ކޮމަންޑޫ ދާއިރާ ޒިންދާބާދު ޓްރީޓޮޕް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ފައްތޭ ޒިންދާބާދު ކޮމަންޑޫ ދާއިރާ ޒިންދާބާދު
އެމްސް
07 January 2022
ޙައްލު ނުހޯދޭ ކަންކަމަކީ އަތްފޯރާފަށަށް ޚިދުމަތްތަކުގެ އަގު ގެނައުމާއި، ބޭނުންވާ ހިނދު ޚިދުމަތްތައް ލިބޭނެމަގު ތަނަސްވެފައި ނެތުން!