އެލާޖީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރަނީ--ފޮޓޯ:ޓްރީ ޓޮޕް
08 ޖެނުއަރީ 2022 - 18:38
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރުންމަތީ (އީއެންޓީ) އަދި ނޭވާލާ ނިޒާމުގެ (ރެސްޕިރޭޓަރީ) ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން އިމިއުނޮތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
މި ހިދުމަތަކީ ސްކިން ޕްރިކް އެލާޖީ ޓެސްޓިންއަށް ފަހު އެލާޖީއެއްގެ އަސަރުހުރި ނަމަ އެއަށް ދެވޭ ފަރުވާ އެވެ. ސްކިން ޕްރިކް އެލާޖީ ޓެސްޓު ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާޖިކް ވޭތޯ ބެލުމަށެވެ.
ސްކިން ޕްރިކް އެލާޖީ ޓެސްޓިން ހިދުމަތުގެ އެހީގައި އެއްވެސް އެލާޖީއެއްގެ އަސަރެތް ހުރިތޯ ކުޑަ ވަގުތުކޮޅެއް ތެރޭގައި ބެލޭނެ އެވެ. މި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އިމިއުނޯތެރަޕީގެ ހިދުމަތް ދޭން ޖެހޭނެ އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި މިއުނޯތެރަޕީ ބޭނުންކުރާާ ގޮތުގެ އިރުޝާދު ހޯދުމަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެ އެވެ. އިމިއުނޯތެރަޕީ ހިދުމަތުގެ ފުރަތަމަ ލަފާއިން ފެށިގެން، ދިގު މުއްދަތަކަށް މި ތެރަޕީ ކުރިއަށް ގެންދަން ޖެހުނަސް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ދޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ދޭނީ ފަސް އަހަރަށް ބަހާލައިގެންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅެނީ ކަރުންމަތީ ބަލިތަކުގެ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ހާއްސަ، ޑރ. ރަގުލާން ރާޖާލިންގަމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައިހ
09 January 2022
ކިތައް ރުފިޔާތޯ