އެތަނާއި އެތަނުގައި ހުރި ވަރަށް ގިނަ ތަކެތި ގަންނަން ރިސޯޓްތަކުން ވެސް ހުށަހަޅާ. މިހާރު ވެސް މިލިއަން ރުފިޔާގެ ހުށަހެޅުމެއް އެބައޮތް. އެކަމަކު އެއިން އެއްވެސް އެއްޗެއް ވިއްކުމުގެ ހިޔާލެއް އޭނާގެ ނެތް
16 ޖެނުއަރީ 2022 - 08:04
ހަމައެކަނި، ތާރީހަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން، މި ވަރުގެ ބޮޑު ހޭދައެއްކޮށް، އެކި ރަށްރަށަށް ދަތުރުކޮށްގެން އެއްޗެހި ގަނެގެން ގޮސް ގެއެއްގައި ދާރުލްއާސާރެއް މީހަކު ހުޅުވައިފާނެ ހެއްޔެވެ؟ ހދ. ކުޅުދުއްފުށީ، ކޮކާހަނދުވަރުގޭގެ އެއް ބައިގައި އެ ހުރީ އޭގެ ހެކި ފެންނާށެވެ.
އެ ގޭގެ އެންމެ މަތީ ފްލޯއެއް ހާއްސަކޮށްފައި އޮތީ މުޅިން ވެސް ދިވެހިންގެ އިހުގެ ދިރިއުޅުން ދައްކުވައިދިނުމަށެވެ. އެތަނުންް ފެންނަން ހުރީ ރަސްކަމުގެ ޒަމާނުން ފެށިގެން އޭރު އާންމު ދިރިއުޅުމުގައި ބޭނުން ކުރި ސާމާނެވެ. އާންމުންނާއި މުއްސަނދިން ވެސް ބޭނުންކުރި ގިނަ އަދަދެއްގެ ތަކެތި އެތާނގައި އެބަހުއްޓެވެ.
"ރަށްވެހި އާސާރު"ގެ ނަމުގައި މީގެ ދެ އަހަރު ކުރިން، 2019ގެ އޮގަސްޓްގައި ރަޖިސްޓްރީކޮށް އާސާރު ހިންގަން ފެށިޔަސް، އާރިފް އަލީ މި މަސައްކަތް ފެށީ 2001 ވަނަ އަހަރު އެވެ. އެކަމަކު އާސާރީ ތަކެތި އެހާ ބައިވަރު އެއްކުރަމުން އަންނަ ކަމެއް އޭނާގެ އެންމެ ގާތް މީހުންނަކަށް ވެސް ނޭނގެ އެވެ. އަނބިމީހާ އަށް ވެސް އެކަން ރޭކާލީ އެތައް އެއްޗެއް ހޯދި ފަހުންނެވެ.
"އަންހެނުންނަށް ވެސް އެނގޭނެ އެއްޗެހި އެއްކުރާކަން. އެކަމަކު އެއްކޮށްލިހާ ސާމާނު ފެނުނީ މިތަނަށް އެއްޗެހި ބަދަލުކުރަން ވެގެން އުޅުނުއިރު،" އާރިފް ބުންޏެވެ.
އާރިފް، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2000 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި "މަށިމާލި ޕެރޭޑް" ގައި ގިނަ އަދަދެއްގެ ދުވަސްވީ ސާމާނު ބޭނުންކުރިކަން އޭނާ އަށް ފާހަގަކުރެވި އޭގެ ޖެހިގެން އައި އަހަރުން ފެށިގެން އޭނާ އައީ އިހުގެ ސާމާނު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ތަކެތި އެއްކުރުމަށް ޖެހުނު ލޯތްބެއްގެ ސަބަބުން މީހުން އަތުން އިހުގެ އެއްޗެހި ގަނެގެން ގެނެސް އާސާރުގައި ބަހައްޓާފައި ވެސް އެބަހުއްޓެވެ.
ރަށްވެހި އާސާރުގައި ހުރި ސާމާނުތައް، "މިހާރު" ގެ ނޫސްވެރިންނަށް ދައްކާލަނީ-- ފޮޓޯ: މިހާރު
"މިތަކެތި ގަންނަން ފެށީ 2004 ގަ ސުނާމީ އަށް ފަހު، އެ އެއްޗެހި ހަލާކުވެ، ބައެއް އެއްޗެހި ގޮނޑުން ފެންނަން ފެށުމުން. އަމިއްލަ ހައިސިއްޔަތުން މި އެއްޗެހި ހޯދައި، މިއީ ބޭނުންތެރި އެއްޗެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ، މި ޖީލުގެ ކޮންމެވެސް ބަޔަކަށް މި އެއްޗެހީގެ މުހިއްމުކަން ފެންނަން ޖެހޭތީ އެއްކުރަމުން މިދަނީ،" އާރިފް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ އާސާރުގައި ހުރި ގިނަ ސާމާނަކީ ކުޅުދުއްފުށިން ހޯދި ސާމާނެވެ. އޭރު ދުވަސްވީ މީހުން ބޭނުންކުރި ގިނަ ތަކެތި ރަށުން ހޯދި ނަމަވެސް އޭގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން ހޯދި އެއްޗެހި ވެސް މަދެއް ނޫނެވެ. އޭނާ ބުނީ އާސާރުގައި ގއ. އަތޮޅުން ހޯދި ސާމާނު ވެސް ހުންނާނެ ކަމަށެވެ.
އެތަނުގައި ހުރި ބައެއް ތަކެތީގެ ތެރޭގައި އިހުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔާއި އެކި ޒަމާންތަކުގައި ކުދިން ކިރަން ބޭނުންކުރި ކައްޓާ އާއި ކުޑަކުދިންގެ ކޮއްޓާއި ފުޅި ބައްތިތަކާއި ސަންގާއި ލިޔާ ހަރު، ރުނބާ، ރާތާ ގާ، ސީނު ތަށި، ތިލަފަތް، ތެޔޮ މިނާ ކުރާ، އަލިފާން އިސްތިރި، މަލާފަތް، ރޮންދާ، ލޯކުރާ ފަދަ އެތައް ސާމާނެއް ހިމެނެ އެވެ.
ރަށްވެހި އާސާރު- މިތަނުގައި 100 އަށް ވުރެ ގިނަ އަހަރުވީ ތަކެތި އެބަހުރި- ފޮޓޯ: މިހާރު
އިހުގެ ސާމާނު ހޯދުމުގެ އިތުރުން އޭނާ އެ ތަކެއްޗާ ގުޅޭ މައުލޫމާތު ވެސް އެއްކުރެ އެވެ. އެތަނުގައި ފެންނަން ހުރި ބައެއް ސާމާނަކީ އިހުގެ މީހުން ގެންގުޅުނު އެއްޗެހި ނަމަވެސް އަނެއް ބައި ސާމާނަކީ ކުރީގެ ޑިޒައިނަށް މީހުން ލައްވާ އޭނާ ހަދާފައިވާ އެއްޗިއްސެވެ. އާސާރުން ފެންނަ ބައެއް ތަކެތީގެ ތެރޭގައި ދައުލަތުގެ ނިޝާން ޖަހާފައިވާ ބައެއް އެއްޗެހި ވެސް ހުރިއިރު އާރިފް ބުނި ގޮތުގައި ޝަމްސުއްދީން ދުވަސްވަރު ބޭނުންކޮށްފައި ހުރި ތަކެތި ވެސް އެތަނުގައި އެބަ ހުއްޓެވެ.
ރަށްވެހި އާސާރު--
"ބުނެވޭ ގޮތުގައި މި ލިޔާ ހަރަކީ ކުޅުދުއްފުށީގެ ތިން އާއިލާއެއް، ބައްދޫ އާއިލާ، ދޫނި އާއިލާ އަދި ކާސިން ކަލޭގެ އާއިލާ ބޭނުން ކުރި އެއްޗެއް. މި ހަރަކީ ކަސިން ކަލޭގެ ގެންގުޅުނު ކަމަށް ބުނާ ލިޔާ ހަރެއް. އެހެންވެއްޖެއްޔާ މިއީ ކޭލަކުނު ތަޅާލި ވިއްސާރައިގެ ފަހުގައި ކުޅުދުއްފުއްޓާ ހަވާލުވި މީހަކީ ކާސިން ކަލޭގެ. ކާސިން ކަލޭގެ ދަރިފަސްކޮޅު ވާރުތަވަމުން ގޮސް ކާސިންފުޅު ދަރި، އިބްރާހީމް ކާސިމް އަޅުގަނޑަށް މީތި ދިނީ،" އެތަނުގައި ހުރި ލިޔާ ހަރެއް ދައްކަމުން، އާރިފް ކިޔައިދިނެވެ.
މިތަނުގައި ހުރި ދުވަސްވީ ސާމާނު ބެލުމަށް އެކި ރަށްރަށުން ކުޅުދުފުއްޓަށްދާ މީހުން ވެސް ޒިޔާރަތް ކުރެ އެވެ. އެންމެ ފަހުން ރަސްމީ ހައިސިއްޔަތުން އާސާރަށް ޒިޔާރާތްކުރީ އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އެވެ. ކޮވިޑް ކުރިން ވިލާ ކޮލެޖްގެ ކުދިންތަކެއް އެ ރަށަށް ކުރި ޒިޔާރާތުގައި އެ ގެއަށް ގޮސް، މައުލޫމާތު ހޯދާފައިވާއިރު އާރިފް ބުނި ގޮތުގައި އެ ރަށުގެ ސްކޫލުތަކުގެ ދަރިވަރުންގެ ދިވެހި ގަޑީގައި ވެސް އެތަނަށް ޒިޔާރާތްކޮށް ހަދަ އެވެ. އެތަނުގައި ހުރި ކޮންމެ އެއްޗަކާ ގުޅޭ މައުލޫމާތު އޭނާ އެއްކުރަނީ އެ ދަރިވަރުންނަށް އޭގެ ތާރީހު ކިޔައިދޭށެވެ.
އިހުގައި ކުދިން ކިރާ އުޅުނު ގޮތަށް އައި ބަދަލުތައް ފެންނަ ކައްޓާތައް ދައްކާލަނީ-- ފޮޓޯ: މިހާރު
މި އާސާރު އާންމުކޮށް އަބަދު ހުޅުވާފައި ނުހުންނާތީ އެތަން ބަލަން ބޭނުން ނަމަ، ކުރިއާލާ އެކަން އާރިފަށް ގުޅައި އަންގަން ޖެހެ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ކާންބޯންް ކުރާ މަސައްކަތުގެ ސަބަބުން އެތަން އަބަދު ހުޅުވާފައި ބެހެއްޓެން ނެތީ އެވެ.
"މީހުން ގުޅައިފަ އާންމުން ވެސް ބުނީމަ ވަކި ގަޑިއެއް ދީގެން އެ މީހުން އައިސް ބަލަން ފުރުސަތު ދެން،" އާރިފު ބުންޏެވެ.
އާރިފްގެ އާސާރުގެ މުއްސަނދިކަމުން، މިތަނުން ބައެއް ތަކެތި ގަންނަން ވެސް ބައެއް ރިސޯޓުތަކުންނާއި ބައެއް އާންމުން އޭނާއަށް ހުށަހަޅަ އެވެ. އެކަމަކު އެތައް މިލިއަނެއް ހުށަހެޅި ނަމަވެސް އެތަނުން އެއްވެސް އެއްޗެއް ވިއްކުމުގެ ހިޔާލެއް އޭނާގެ އަދި ނެތެވެ. މިހާރު ވެސް އާސާރަށް މީހުން ޒިޔާރާތްކުރުމުގެ ފުރުސަތު ދެނީ ވެސް އަގަކާ ނުލަ އެވެ.
"މިހާރު ވެސް މިލިއަނެއްހާ ރުފިޔާ އެބައޮތް ހުށަހަޅާފައި. އެކަމަކު އަޅުގަނޑުގެ ވިސްނުން ހުރީ މިކަމުން ލާރި ހޯދުމުގެ ބަދަލުގައި މި ތަކެތީގެ ބޭނުން ހިފަން ތިބިއްޔާ ތަކެތި ބަހައްޓައިގެން ހިދުމަތް ދޭން. އެކަމަކު މިއަށް ތަރުހީބެއް ނެތިއްޔާ އެ ވިސްނުން ގެންނާނީ އަދި މާފަހުންތާ،" ތިން އަންހެން ކުދިންގެ ބައްޕަ ބުންޏެވެ.
ކުރީގައި ކުރަން ބޭނުންކުރާ ސާމާނު-- ފޮޓޯ: މިހާރު
އާސާރުގައި ހުރި ޒަމާންވީ އެއްޗހި ނުވިއްކި ނަމަވެސް އޭނާގެ އަތުގައި އެއް ވައްތަރެއްގެ ސާމާނު މާގިނައިން ހުރެއްޖެ ނަމަ، އެތަކެތި ބޭނުންވެގެން ބުނާ މީހުންނަށް ދެ އެވެ.
ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ މާ ކުރިއަރާފައި ނެތް ޒަމާނެއްގައި، އެކި ކަންކަމުގައި ބޭނުންކުރަން އެކި އާލާތްތައް ހަދާފައި ހުރީ، އާރިފް ދެކޭ ގޮތުގައި ވަރަށް މޮޅަށެވެ. ފަންނީ ގޮތުން ވެސް އަދި އުފެއްދުންތެރި ކަމުގެ ގޮތުން ވެސް ތައުރީފު ހައްގެވެ.
"އެ ޒަމާނުގައި މި ވިސްނުން ގެނެސް މި އެއްޗެހި އުފެއްދީމަ މިއީ ވަރަށް މުހިއްމު ކަމެއް. މި ޒަމާނުގެ ކުދިންނަށް ސިކުނޑި އަށް ލައިދީފަ އެއްޗެއް ދެއްކީމަ ހަދަން މި އެނގެނީ. އެކަމަކު އޭރު އެހެރީ އެ މީހުންގެ ސިކުނޑި ބޭނުންކޮށްގެން އެއްޗެހި ހަދާފައި،" އާރިފް ބުންޏެވެ.
މިތަނުގައި 117 އަހަރަށްވުރެ ގިނަ އަހަރުވީ ތާރީހީ ތަކެތި ހުރިއިރު 170 އަށްވުރެ ގިނަ އައިޓަމް އެބަހުއްޓެވެ. މީހުންގެ އަތުން ބައެއް ސާމާނު ގަތުމަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާ މިހާތަނަށް ހޭދަކޮށްފައި ވެ އެވެ.
މިއީ ތައުރީފު ހައްގު މަސައްކަތެކެވެ. ކާބައިންގެ ފަންނުވެރި މަސައްކަތްތައް ދިރުވައި އާލާކުރުމަށް އަމިއްލަ އަށް އިސް ނަގައިގެން ރާއްޖޭގައި އުޅެނީ މިކަހަލަ މަދު މީހެކެވެ. އާރިފްގެ މި މަސައްކަތް ހުއްޓުމެއް ނެތެވެ. އޭނާ އަދިވެސް އަންނަނީ ތަކެތި އެއްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސަންދަ
23 January 2022
އެކަމަކު ތިޔަ ސުރުހީ ދޯ އޭނާގެ ނަންވެސް ޖެހިދާނެދޯ މީހާ ޖެހީމަ މަށަށް ވަރަށް އައިބު
ރަޔާން
25 January 2022
ރަނގަޅު ވާހަކައެއް
ރަށުމިހަ
17 January 2022
މިނަ ރަށު މިހުން އަތުން ކުޑައަގެއްގަ ގަނެފަ މިކުރާ ކަމަކީ އަންނަ ކޮންމެ މީހަކު އަތުން މިލިއަނެއް
ރަށުމީދާ
17 January 2022
ރަށުމީހާ ހަމަ އެއްޗެކޭ ލިޔެލީދޯ..؟؟ ތި ކިޔަނީ ލިޔުމުގެ އެއްބައި ދޮންކަލޯ.. އެއްޗެއް ކިޔަންވާނީ މީހަކާ ދިމާލަށް ކިޔާނެ އެއްޗެއް ހޯދުމަކަށް ނޫން.. އެ ލިޔުން ކޮޔާލީމަ އެނގުނީ އޭނަ އެތަކެތި ގަތުމަށް ހަތްލައްކަވަރު ހޭދަކޮށްފިކަން. އެތަކެތި ގަތުމަށް މިލިއަން ރުފިޔާގެ ހުށަހެޅުމެއް ލިބުނުކަން.. އެކަމަކު އޭނާ އެތަކެތި ވިއްކުމުގެ ވިސްނުން އަދި ނުގެންގުޅޭކަން. އެކަމަކު މާގިނައިން އެއްވައްތަރުގެ އައިޓަމްސް ހުރިއްޔާ ބުނާ މީހަކަށް ދޭކަން.. ސާފްވެއްޖެ..؟؟
ކޮބާ މައްސަލަޔަކީ؟
17 January 2022
އޭނަ ކުޑަ އަގެއްގައި ގަންނަނީ ވިއްކާ މީހާގެ ރުހުމުގައި ކަމަށް ވަންޏާ އެއަކު މައްސަލައެއް ނެތެވެ.
އައިސް
17 January 2022
ކޮބާ މައްސަލަޔަކީ. ކުޑަ އަގެއްގަ ވިއްކި މީހާ ވިއްކީ. ގަތް މީހާ ގަތީ. އެކަކަށް އޭ ކުނިކޮޅެއް. އަނެކަކަށް އޭ ޖަވާހިރެއް. އެކަކު އަތްައި ކޮށައި މަށައިގެން ހޯދާ މިލިޔަން ރުފިޔާ އަލިފާން ޖަހާ އަންދާ ހުސްކުރާ އިރު އަނެކަކު އެ މިލިޔަން ހިފައިގެން އައިސް ތި ތަން ބަލާލާލާނީ. އެމީހަކުގެ ހިތްހަމަ ޖެހޭ ގޮތެއް އޭގަ އޮތީ. ވަރަށް ބަލައިލަން ދާހިތްވޭ ތިތަން
ނުދައް ވާހަކަ
18 January 2022
ތިފަދަ ބޮޑު ގުރުބާނީއެއް ވާއިރު ތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުމަށް އަގެއް ނެގުމަކީ ރަނގަޅުކަމެއް, ކެޓަގަރީތަކަކަށް ބަހައިލައިގެން. މީ ރާއްޖެގެ އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުރާކަމެއް. ސްކޫލު ދަރިވަރުންނަށް ހިލޭ ދިވެއްސަކަށް -/50ރ. ޓުއަރިސްޓަކަށް 10ޑޮލަރ.
ކުޗީ
16 January 2022
އަގު ނުކުރެވޭނެ ތަކެތި އަގު ނުކުރެވޭނެ މަސަތްކަތެއް. އައްސައިބަހާއި ސާބަސް. ތިޔަތަން ބަލާލަން ވަރަށް ދާހިތްވޭ.
މިއުޒިއަމް އަހްމަދު
16 January 2022
ރިސޯޓުން މުއްސަނދިވެފައިވާ މަހުޖަނަކު ސީއެސްއާރުގެ ދަށުން ކުޅުދުއްފުށީގަ މިއުޒިއަމެއް އަލައި ދޭންވީ އެއް ނު
2022
16 January 2022
ކޮންފަދަ ބޮޑު މޮޔައެއް މިލިއަނަރަކަށް ވެވެން އޮއްވަ އެފުރުސަތު ނަގާލީ...ބޮއިހަލަކު..
ާހަރުގެ
16 January 2022
ހުރިހާ އެއްޗަކީ ފައިސާއެއް ނޫން.. ކަމައް އޮންނަ ލޯތްބަކީ ވަރައް އަގުހުރި އެއްޗެއް.
2022.1
16 January 2022
ފަހުން އެ ތަކެތީގެ އަގު ބޮޑުވުމަކީ ވެސް އެކަށީގެން ވާކަމެއް! އެހެން ނޫނަސް ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން ދޯ؟
ބައްޓި
16 January 2022
ބޮއި ހަލާކު؟؟ އެއީ ކޯޗެއް؟ ހުރިހާ ކަމެއް އަގު ކުރެވޭނީ ފައިސާއަކުން ނޫން. މިތަކެއްޗަކީ އާރިފްގެ ޕޭޝަން.
ޖުހާނާ
16 January 2022
ބޮއި ހަލާކޭ؟ ކޮން ބޮޔެއް؟ ބޯ ހަލާކޭ ބުނަން ވެސް މި ބުނަނީ ބޮއި ހަލާކޭ. ގަމާރުވިޔަސް ބޮޑުވަރު.
ލާރޖްކޮށްޖައްސާ
16 January 2022
ތިޔާއީ ވަރަށް ރަނގަޅު ކަމެކޭ ތިޔާ ކަން ކުރިއަރުވަން ކުޅުދުއްފުށީގައި ތިޔާ ކަން ކުރަން ފެށި މަނިކުފާނު ކަމަށްވާ އާރިފް އަލީ އަށް ހުޅުމާލޭން 10 ހާސް އަކަފޫޓްގެ ބިމެއް ފަރުކޮޅުފުށި ބިމުންދީ އެތަނުގައި 25 ބުރިއަށް އިމާރާތް ކުރެވޭނެ އުސޫލުން ލޯން ދީގެން ތިޔާ ވިޔަފާރި އިތުރަށް ކުރިއެރުވޭތޯ ބަލަންވީ އެއިރުން އެ 25 ބުރީގައި މުޅިން ވެސް ދިވެހިންގެ ދިރިއުޅުން ދިވެހިން ދިވެހިރާއްޖޭގައި އުޅެން ފެށުނީއްސުރެން މިއަދާއި ހަމައަށް ގެނެސްދެވޭނެއޭ ޖައްސަންވީ