15 ޖެނުއަރީ 2022 - 21:05
ކޮވިޑާ ހެދި މީގެ ދެ އަހަރެއްހާ ދުވަސްކުރިން އައްޑޫގައި ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓް މިއަދު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.
އަހުޅުމީދޫ ކައިރީގައި އޮންނަ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުގެ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓް ލައިފުން ބުކްކޮށްފައިވާ ކަމަށާއި އެތަން އަލުން އޮޕަރޭޝަނަށް ގެންނަން އެ ކުންފުނިން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ރިސޯޓް އަލުން ހުޅުވުމަށްޓަކައި ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ކެނަރީފުން ބުންޏެވެ.
އެތަން އަލުން ހުޅުވާފައި މި ވަނީ ކޮވިޑާ ހެދި 2020 ގެ ޖޫން މަހުގެ ތެރޭގައި ރިސޯޓް ބަންދުކުރި ފަހުން ލިބުނު ގެއްލުންތައް ވެސް މަރާމާތުކުރުމަށް ފަހު އެވެ. މި ރިސޯޓަކީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ވެސް މެ އެވެ. އެގޮތުން 2007 ގައި ރިސޯޓް އެންމެ ފުރަތަމަ ހުޅުވީ ހެރަތެރަ އައިލެންޑް ރިސޯޓުގެ ނަމުގަ އެވެ.
ކޮވިޑާ ގުޅިގެން އައްޑޫގައި ބަންދުކުރި މަތީ ފަންތީގެ އަނެއް ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ކެނަރީފާއި ޝަންގްރިއްލާ، ކޮވިޑާ ހެދި ބަންދުކުރި ނަމަވެސް އައްޑޫގައި ތިން ވަނަ އަށް ތަރައްގީކޮށް 2018 ގައި އޮޕަރޭޝަނަށް ގެނައި ސައުތު ޕާމް އަންނަނީ މެދުކެނޑުމެއް ނެތި ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޔާން
16 January 2022
ކެނަރީފްގަ މަސައްކަތް ކުރާ މީހެއް އަހަރެންނަކީ. މިތަނުގަ ދިވެހި ސްޓާފުންގެ 50 މީހުން ވެސް ހަމަނުވާ އިރު ރިސޯޓްގެ 80 އިންސައްތަ ސްޓާފުން ނަކީ އިންޑިއާ ، ސްރީލަންކާ އަދި ބަންގާޅު މީހުން. ދެން ކޮބާތަ ރައްޔިތުންނަށް އޮތް ފައިދާއަކީ؟ ކުރިން ޑޮލަރުން ދެމުން އައި މުސާރަވެސް މިހާރު ދިވެހިންނަށް ދެނީ ދިވެހި ފައިސާއިން. އެކަމަކު ބޭރު މީހުނަށް ދެނީ ދޮލަރުން.
އައްޑޫ މީހެއް.
15 January 2022
ކުރިއަށްއޮތް 1 އަހަރު ދުވަހު ސަރުކާރު ޓީވީންނާއި މިނިސްޓަރުންވެސް ދައްކާނީ މިވާހަކަ. ތީގެ ސަބަބުން އައްޑުއަށް ލިބޭނެ އެއްވެސް ކުރިއެރުމެއްނެތް. އެއަރޕޮޓުގައި އަދިވެސް މާލޭ ސަރުކާރުން އޮތީ ބޮޑު ތަޅު އަޅުވާފައި. މޯލްޑިވިއަން އެތެރޭގެ ކަނެކްޓިވިޓީ ދޭނަމޭ ކިޔާފައި އެކަން ކޮށްނުދިނުމުން ސްރީލަންކަންގެ ދަތުރު އެމީހުން އިތުރެއް ނުކުރި. ގެސްޓް ހައުސްއަށް މީހުން ނާންނަސަބަބަކީ އެއީ.
ލީކުއާންޔޫ.
15 January 2022
ތިތަން ނަގައިގެން އުލޭ ސިންގަޕޯރު މީހުންނަކީ ވަރަސް މަކަރުވެރި ބައެއް. އެމީހުން ތިޔަރަށް ހޯލްޑްކޮށްގެން ތިބެނީ ތިތަން ހިންގާކަށްނޫން. ގަން އެއަރޕޯޓާއި ކައިރީގައި އޮތް ރަށަކަށްވާތީ ބޮޑު އަގުގައި ވިއްކާލަން ފުރުސަތުލިބެންދެން މަރާމާތަށޭ ކިޔާފައި އަބަދު ބަންދުކޮށްގެން ތިބެނީ.. ތިކަމުގެ އަޑީގައި ތިރަށް ހަދަންހުރި އައްޑޫގެ މަހުޖަނަކުވެސް ހިމެނޭ. އޭނާގެ އަންހެނުންނަކީ ސިންގަޕޫރު މީހެއް.
ރިޔާއްކޮ.
15 January 2022
ދެން އެންމެ އަވަހަށް ފެންނާނީ މަރާމާތަށް ރިސޯޓު ބަނދުކުރިވާހަކަ.
ބިލް ކުލިންޓަން
15 January 2022
އަދިކިރިޔާ އައްޑުއަށް ޕައުންޑުވަންނަންވަށާނީ.