ދިރާގު ހެލޯ ޕްރިޕެއިޑް ސިމް ޕެކް: މިއީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހާއްސަ ޕްލޭނެއް-- ފޮޓޯ: ދިރާގު
16 ޖެނުއަރީ 2022 - 13:31
ބިދޭސީންނަށް ހާއްސަކޮށްގެން "ހެލޯ ޕްރިޕެއިޑް"ގެ ނަމުގައި ހާއްސަ ޕްރިޕެއިޑް ޕްލޭނެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.
މި ޕްލޭން ދިރާގުން ހާއްސަ ކުރީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް އެ ގައުމަކަށް ހާއްސަ އޮފާތައް މުޅި އަހަރު ލިބޭނެ އެވެ.
މީގެ އިތުރުން މި ޕްލޭން ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމުން 25 ޕަސެންޓުގެ އިތުރު އެލަވެންސް ލިބޭނެ އެވެ. މި އެލަވެންސް ލިބޭނީ މާޗު 31ގެ ނިޔަލަށެވެ.
"ހެލޯ ޕްރިޕެއިޑް" ސިމްތައް ދިރާގުގެ މާލެ އާއި ހުޅުމާލޭގެ ސޭލްސް އެޖެންޓުންނާއި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ލިބޭނެ އެވެ. އަދި މިހާރު ވެސް ޕްރިޕެއިޑް ސިމް ބޭނުން ކުރާ ކަސްޓަމަރުންނަށް "PKG HELLO" ޖެހުމަށްފަހު 444އަށް މެސެޖު ކުރުމުން ޕްލޭން ބަދަލުވާނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ހުރިހާ ކަސްޓަމަރުންނަށް ވެސް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
17 January 2022
ބަންގްލަދޭސް ތިޔަ ލިސްޓުގައި ނުހެމެނި ސަބަބަކީ ކޮބައިތޯ؟ އެއިރުން ދިރާގަށް ގެއްލުންވަތީތޯ؟
ޝަޝީކާ ނޭޕާލް
16 January 2022
އޮފާރ ތައް ނުބުނީ މާގިނަމީހުން ނަގާނެތީތަ؟ތިޔަބުނާ444ޖެހޭނީވެސް އެކްޓިވޭޓްވުމުން ވާނެގޮތް އެނގިގެން.. އެކިޔާ މައިޕްލޭން ވެސް ހެދުނު މޮޔަ ހީވި.