ނައިބު ރައީސް މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބައްލަވާލައްވަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
16 ޖެނުއަރީ 2022 - 15:44
އަންނަ މަހު ބައި އިލެކްޝަން ބާއްވާ ކޮމަންޑޫ ދާއިރާގައި ހިމެނޭ، ށ. މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.
މަރޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 43.3 މިލިއަން ރުފިޔާ އަށެވެ.
ހާހެއްހާ މީހުންގެ އާބާދީ އޮތް އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށު ބަނަރު ފުންކޮށް 202 މީޓަރުގެ ގްރޮއިން ޖަހާނެ އެވެ. އަދި 131 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
16 January 2022
މިހާރު ރަށެއް ތަރައްގީވާން އޮތީ އެދާއިރާގެ މެމްބަރުން އިސްތިއުފާ ދިގެން، އެނޫންގޮތެއް ނެތް، ހއ.ދިއްދޫ ހޮސްޕިޓަލްގާ އަދިވެސްނެތް ކޮވިޑްއަ ޓެސްޓްކޮއްލެވެން، ކޮވިޑްއަ ކިތައް އަހަރުވެއްޖެތޯ؟؟ ހއ.ދިއްދޫގަ ހުންނަ ހޮސްޕިޓަލްއަ މިހާރު ގަރުނެއް ވާން އުޅެނީ…
ރަދީފްއޮފިޝިއަލް
16 January 2022
ހާދަ ފާސްޓޭ ދޯ.ރައްޔަތުންނަށް ކުރިއެރުން ލިބޭކަމެއް ނަމަ މަމެން ބެކް ކުރާނަން.ގުޑް ލަކް.
ކުނިރޮށި
16 January 2022
ކުރިން ރާއްޖެތެރެއަށް ތަރައްގީގަ އޮންނަނީ ބަނދަރުހެދުމާ ނެރުހެދުން. މިހާރު އެކަން ނިމިގެން ދެން އަނެއް 50 އަހަރު މުޅިންވެސް އިވޭނީ ބަނދަރު މަރާމާތުކުރުމުގެ ވާހަކަ، މިބަނދަރަކުން ސަލާމަތްނުވެގެން އުޅެނިކޮށް އިންސާނުން މާސްއަށް ހިޖުރަކުރާނީ.