އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް-- ފޮޓޯ: އެމްއެންޕީ
18 ޖެނުއަރީ 2022 - 07:47
އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ރިސޯޓު ހަދާ ވާހަކަ ސަރުކާރުން ދައްކަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގުނބޯ ހައްދަން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާނު ކޮމަންޑޫ ދާއިރާ އަށް ވާ ވައުދުތައް އިފްތިތާހު ކުރުމަށް އެ ޕާޓީގެ މާލެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ދުވަސްވަރު ވަރަށް ބާރަށް ތަރައްގީގެ ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޒަމާނުއްސުރެ އެކި ދުވަސްތަކާ ދިމާކޮށް މީހުން ދައްކަމުން އައި ވާހަކަތަކެއް ކަމަށާއި ކޮމަންޑޫގެ ރައްޔިތުން އެކަންކަން ގަބޫލު ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް ދަންނަވަން އޮތީ ސަރުކާރުން މިހާރު ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވާށޭ. ސަރުކާރުން ދައްކަވާ ނަނާ ހުވަފެންތައް ގަބޫލު ކުރާނެ ބަޔަކު މި ދާއިރާއަކު ނެތް. އެހެންވެ އެކަން ހަނދާން ނައްތާލާ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މެންބަރަކު ތިން އަހަރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ދާއިރާ އަށް ކަމެއް ނުކޮށް ދެވޭ ކަމަށާއި ނަމަވެސް ސަރުކާރަށް ނިސްބަތް ނުވާ ޕާޓީއެއްގެ މެންބަރަކު ހުރެއްޖެ ނަމަ ސަރުކާރު ފަހަތުން ދުވެ އެ ވައުދުތައް ފުއްދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މެންބަރެއްގެ ދައުރަކީ ރައްޔިތުންގެ އަޑު ތަންތަނުގައި އިއްވާ، ސަރުކާރަށް މަޖުބޫރު ކުރުވައިގެން ކަންކަން ކުރުވުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ދާއިރާއަށް އަދި ދާއިރާގެ ރަށްތަކަށް އަޅުގަނޑުވާ ވަޢުދުތައް މިރޭ ވާނީ އިފްތިތާޙްކޮށްދީފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގޮނޑި ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން. #AaFikurakaaEku #VoteHannan #Hannan3 #Vote3 3⃣✅ pic.twitter.com/WQm1hLoU6i
— Hannan for Komandoo Dhaairaa (@HannanMNP) January 17, 2022
މިހާރު ފަށާ މަޝްރޫއުތައް ހުއްޓާލަން ސަރުކާރަށް ނުކުރޭނެ ކަމަށާއި އެކަންކަން 2023 ގެ އިންތިހާބު އޮތުމާ އެކު އެކަންކަން ކުރިއަށް ގެންދަން ސަރުކާރަށް މަޖުބޫރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރޭ އަޅުގަނޑުގެ މީޑިއާ ޓީމުން ބުނީ ކުއްލިއަކަށް އިވިއްޖޭ އެއާޕޯޓުގެ ވާހަކަ. މިރޭ މި ވާހަކަ ދައްކާލީމަ މާދަން ހެނދުނު އަނެއްކާ އާ ވައުދުތަކެއް އަންނާނެ. އެކަމާ އެއްގޮތަކަށް ވެސް ހާސް ވާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ވާހަކަަތައް ދެއްކި ވަރަކަށް ތިބޭފުޅުންނަށް އޮތީ ކުރިއެރުން،" ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީން ކޮމަންޑޫ ދާއިރާ އަށް ވައުދުތައް އެކުލަވާލީ ކޮންމެ ގެއަކަށް ގޮސް ގިނަ ވަގުތުތަކެއް އާއިލާތަކާއެކު ހޭދަ ކުރުމަށް ފަހުގައި ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ވަރަށް ކައިރިން ދެކި އަޑު އަހައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ވަރަށް ގިނަ ދުވަސްތަކެއްވެ އިހުމާލުވެފައި އޮތް ދާއިރާއެއް ގޮތުގައި އިހުސާސްކުރެވިގެން ދިޔަ. އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މި ޕާޓީން މަސައްކަތް ފެށީ. މި މަސައްކަތް ހުއްޓާލާނީ މި ކެނޑިޑޭޓް ފެށޭ މަހުގެ ފަސް ވަނަ ދުވަހު އެ ގޮނޑީގައި ބައިންދާފައި،" ނާޒިމް ވިދާޅުވި އެވެ.
- މުސާރަ އިން ދެ މިލިއަން ރުފިޔާގެ ފަންޑެއް ހަދައި އިންޓްރަސްޓް ފްރީ ލޯނު ދޫކުރަން ފެށުން
- އެއާޕޯޓު އެޅުމަށް މަސައްކަތް ކުރުން
- ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުން
- ލޭންޑް ޔޫޒް ޕްލޭން އަވަސް ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅުން
- ސަރުކާރާ ގުޅިގެން ދާއިރާގައި ހުއްޓިފައި ހުރި މަސައްކަތް ކުރުން
- ކޮންމެ ރަށަކުން ރަމްޟާން މަހު މީހަކު އުމްރާއަށް ފޮނުވުން
- ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރުގެ ހަނދާނުގައި ފުޓްސަލް މުބާރާތެއް ބޭއްވުން
- އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް ވަކާލާތު ކުރުން
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްކު މެގްނާ
27 January 2022
މާލެ ރަތްޔަތުންވެސް ގުބޯހައްދާފަ ވޯޓުހޯދައިގެން މާލެ ރަތްޔަތަކަށް ގެދޮރު ހުޅުމަލެއިން ދޭނަމޭ ކިޔާފަ ، ރަތްފުށުމީހުން އެތަނަށް ތޮށްޖެއްސީ، އަދި ވެސް މާލެ ނިކަމެތި ރަތްޔަތުން ބޯކިބާ ފޮތީގަ ތިން ހަތަރު ދަރިން ގޮވަެިގެން އުޅެން މިޖެހެނީ، އަންނިވެސް ހެދީ ހުސް ދޮގު، އެމްޑީޕީ މެމްބަރަކަށް ވިތީ މިހާރު ދެރަވޭ، ކޮމަންޑޫ ރަތްޔަތުން ހޭލާތި، ރަށްތަރަގީ ކުރަން މަސަކަތް ކުރާ ތެދުވެރި އަމާނާތްތެރި ކެރޭ މީހެއް ހޮވަންވާނީ
ފަނާ
20 January 2022
އެވަރަކުން ގޮނޑި ހޯދަން އެންމެން ތި ތެޅެނީ ކޮން ސަބަބަކާއި ހުރެތޯ އެކަމަށް ވިސްނާލަ ބަލަ 64 ގޮނޑި އޮތް މީހާވެސް އެންމެ ގޮނޑިއަކަށް ބައްދާވަރު ނިކަން ދެކި ބަލަ ބައެއް ގޮނޑި ގޮނޑީގަ ތިބޭ މީހުން ކިރިޔާ ދެހަފޮޅު އެތެރޭގަ ތިބެނީ އަދި ބައިތިއްބާފަ ތިބެނީވެސް ދިރުނބާ ކޮޅުގަ
ޢަރުތަ
20 January 2022
ސަރުކާރުވެސް ނާޒިމުވެސް ޕޕމ ވެސް، ތި ސިޔާސީ ހުރިހާ މީހުންވެސް ރައްޔިތުން ގުނބޯހައްދާ ލޮލުގަ އަނދުން އަޅުވާ ގޯނިފުލަށްލައިގެން ނާޖާއިޒު ފައިދާނަގަނީ، ސިޔާސީ މީހުންގެ ތެރޭގަ ތިނޫން ބަޔަކު ނޫޅެ، ހަމަ އެއްގަލުން ފެހިކަިއިގެން އުޅޭބަގަތީ.
ބޭރުވެލާ
18 January 2022
ނާޒިމް މީހަކު ނެރެގެން ތި އުޅެނީ ކޯއްޗެއް ހައްދަން؟ ލުނބޯ ހައްދަން އުޅޭ....
ރައްޔިތުންގެ ރައްޔިތުން
18 January 2022
ކޮއްކޮ ކޮންމެ ދުވަހަކަު ޓީވީ ތަކާ ޕޯޑިއަމްތަކުގައި ސަރކާރަށް، ރައިސް އިބޫއަށް ސަނާ އޮއްސާއިރު ބޭބޭ މި ދައްކަނީ ކޮންވާހަކައެއްތޯ؟ ތިޒާތުގެ ގުބޯ ހައްދައިގެން ބާގީންނަށް ކަންކަން ކާމިޔާބު ކުރެވުނު ދުވަސް ހިގައްޖެ! އެންމަނަށްވެސް އެގޭ ތީ ޕީޕީއެމްގެ ވޯޓު ބައިކުރަން ސީދާ ސަރުކާރުން ފޮނުވައިގެން އުލޭ އެޖެންޓެއްކަން. މިހާރުވެސް ސަރުކާރުން ބންތަކާ އެހީތައް ބޭބެއަށް އޮހެނީ. ކޮއްކު ތައިރީފާ ސނާގައި އެއުޅެނީ. ތިކުލޭ ގޭމް އެގޭ!!! ރައްޔިތުންނޭ ސަމާލުވޭ!!
ޤަދްޤާމް
18 January 2022
ބަލަ ކީކޭތަ ތިކިޔަނީ ނާޒިމް؟ އެހަރަ ކުރަނީއޭ މަސައްކަތް. އަމަލީ މަސައްކަތް އެހެރަ ދަނީ ކުރަމުންނޭ. ރޯމާ ދުވާލު. ދެލޯ ކުރިމަތީ. ދެން ކޮން ގުނބޮލެއް ލުނބޮލެއް ކިޔާކަށް؟ ވިޔަފާރި މޮޑިއުލް އިނީ ޕޮލިޓިކްސް އާއި ގުޅިފަ ވިއްޔަ ދެން އެހެންވީމަ ޖެހޭނީ މީހާ ބިލާހުވެގެންވެސް ތިކަންވޭތޯ ބަލަންތާ ދޯ.
އެމީލް
18 January 2022
މަޖިލްސް މެމްބަރުންގެ އިންތިހާބާއި ތަރައްގީއާ ގުޅުވުމުގެ ވިސްނުން ނިމުމަކަށް އަންނަންވެއްޖެ. ނަމުން ތަރައްގީ އެކަމު ކަންކުރަނީ އިންޑިއާ ސްޓައިލަށް. މެމްބަރުންނަކީ ރައްޔިތުން އެދޭގޮތަށް ޤާނޫނުތައް ހަދަންތިބޭބައެއް. އެމީހުންގެ ހައްގުތައް ޤާނޫނުގެ ސިފައިގައި ހަދައި ހިމާޔަތްކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވުން. އީސީއިން ވެއްޖެ ފުރަތަމަ ރައްޔިތުން ހޭލުންތެރިކުރުވަން.
ވަހުތާން
18 January 2022
ދަންގެތި ދާއިރާގެ ރައްޔިތުންނަށް ކޯއްޗެއްތޯ ހައްދަވަނީ؟ ޚުދު މިބޭފުޅާ އެވިދާޅުވާ ގުންބޯ ހައްދަވާ ސަރުކާރުގެ ކިބައިން ލިބިގަންނަ މަންފާ ކުޑަތޯ؟ ސިޔާސީ ބައްދަލުވުންތަކަކީ އެންމެ ގޯސް ބައްދަލުވުންތައް!
ގުނބޯ ބޯ
18 January 2022
ތި ބޭފުޅާވެސް ބޭކަލަކު ނެރެގެން އުޅެނީ! އެއީ ކޯއްޗެއް ހައްދަން؟
ޢަރުތަ
20 January 2022
ދަނޑުހައްދަން ތޯއްޗެ.
ކިޔޭނުކިޔޭ .. ވާނުވާ
18 January 2022
މީ ރާއްޖެއަށް އެއްމެ އަވި އަދި އިރުގެ އަލި އެއްމެ ގަދަދުވަސްވަރު، އެގަދަ އަލިތެރޭ ރައްޔިރުން ކުރިމަތީގަ މަތިކޮމަންޑޫ ހިއްކުމާ، ގުޅާލުމުގެ މަސައްކަތާ ބައިވަރު ކަންކަން ހިންގަހިންގަހުއްޓާ ތިބުނީ ހުސް ހުވަފެނޭ .. މިއޮތީ 14ރާތާ މަރުތޭލައެއް އަހަރެންގެ ބޮލުގަ ޖަހަންއާދޭ...