ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން--ފޮޓޯ:މިހާރު
19 ޖެނުއަރީ 2022 - 14:53
ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް މިއަހަރުގެ މިހާތަނަށް 65.8 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިފައިސާ ދައުލަތުން ދެއްކީ މިއަހަރުގެ ފުރަތަމަ ހަފްތާގަ އެވެ. މިއަހަރު ދައުލަތުން 2.8 މިލިއަން ރުފިޔާ ލޯނުތަކަށް އަނބުރާ ދައްކަން ޖެހެ އެވެ.
ބޭރުގެ ލޯނުތަކުގެ އިތުރުން މިދިޔަ އަހަރު ދައުލަތުގެ ދަރަނި ހުރީ 80 މިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު ދަރަނި ގެރެންޓީއާ އެކު 102 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ.
ސީދާ ދަރަަނީގެ އިތުރުން ބާޒާރުގައި ވިއްކާފައިވާ ބޮންޑުގެ މުއްދަތު 2022 ވަނަ އަހަރު ހަމަވާތީ، މި ބޮންޑުގެ ބާކީ ނުދައްކާ އޮތް 894 މިލިއަން ރުފިޔާ ދެއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި މީގެ އިތުރުން، ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް 2022 ވަނަ އަހަރު ކުރިޔަށްދާނެކަމަށް ނުބެލެވޭތީ، އޮފިޝަލް ކްރެޑިޓަރުންނަށް ދަރަނި އަދާ ކުރަން މި އަހަރުގެ ތެރޭގައި ފެށުމާ އެކު، ދަރަނި އަދާކުރުމުގެ ހަރަދު ފާއިތުވި ދެ އަހަރާއި އަޅާބަލާއިރު އިތުރުވާނެ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ ދިން ލަފާގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑެތި އަދަދުތަކުން ފައިނޭންސް ހޯދަން ރާވާފައިވާ އިރު، އޭގެ ސަބަބުން ވަރަށް ބޮޑަށް ދަރަނި އިތުރުވާނެ އެވެ. އެހެންވެ، އިގްތިސާދީ ހާލަތަށް ބަލައި، ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ލަފާދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުތީލަ
20 January 2022
ފާއިތުވީ ވެރިކަމުގައި ބޭރު ގައުމުތަކަށް ގައުމުދަރުވާލާފައި އޮތް މިންވަރު މިހާމަވަނީ ... ހުރިހާ ދަރަންޏެއް މިދައްކަނީ އެމްޑީޕީއިން. އަދި ވެސް ވޯޓު ދޭނީ އެމްޑީޕީއަށް
ލުއިތީލަ
20 January 2022
ފާއިތުވި ވެރިކަމުގައި ބޭރު ގައުމުތަކުން ނެގި ދަރަނި ފެންނަން އެބަހުރި. މިވެރިކަމުގައި ނަގާ ދަރަނިންކުރާކަމެއް ފެންނާކަށް ނެތް. ބައި މީހުނަށް ބަދަލުދެނީ. އެދައްކަން ޖެހެނީ ދެން އަންނަ ބަޔަކު. ވީމާ އެމްޑީޕީއަކަށް ވޯޓެއް ނުދޭނަށް.
ތިމާވެށި
19 January 2022
ފާޅުގާވެސް ސިއްރިޔާތުގަވެސް އެމްޑީޕީން ރައްޖެއަ ދެނީ ގެއްލުން
ޚޮންތާކުންނެގިލޯން
19 January 2022
ޢިންޑިއާގެ ލޯންތޯ ޗައިނާއިން ނެގި ލޯންތޯ..
މަނިކި
19 January 2022
ކޮއްމެ މަހަކު 250 މިލިޔަން ރުފިޔާ ދައްކައިގެން ދަރަނި ދެއްކޭނީ. އެހެންވީމާ ތި އަދަދުން ނުދެއްކޭނެ. ވައްސަލާމް.
ނާމްދި ކާނޫ
19 January 2022
ސަރުކާރު އެބަޖެހޭ ނުފޯރާ ފޮތިން ފޫނުގަޅަން! ތާއަބަދު ލޯނު ނުނަގާ ގައުމު އެދެވޭ ދުވެލީގައި ނުހިންގެންވީ ކީއްވެ؟ކުޑަ އާބާދީއަކަށް 130 އަށް ވުރެން ގިނަ ރިސޯޓު އޮންނައިރު އޭގެއިން ލިބޭ ނަފާ މިވަންނަނީ މަދު ވަކިބަޔެއްގެ ޖީބަށް! ހަގީގަތުގައި ދިވެހީންނަކީ މުއްސަންދި ބަޔެއް! މައްސަލައަކީ ދިވެހީން، އެމީހުން ސިޔާސީ މައިދާނުގައި ރަމްޒުކޮށްދޭން މިހޮވަނީ ނާގާބިލް، އިންޓަގްރިޓީ ނެތް މީސްމީހުން!
ބިލް ކުލިންޓަން
19 January 2022
ލަންކާއަށް ވަިގޮތް ފެނިފާ ޑަރުހީވީބާ؟
އިބްރ
19 January 2022
ދައުލަތުގެ ދަރަންޏަކީ އޭރުގެ އޮތްސަރުކާރެއް ދައްކަންޖެހޭ އެއްޗެކެވެ. ކަލޭމެން ތިޔަދައްކާ ލޯންފައިސާއަކީ މިހާރު ރައްޔިތުންނަށް ނުހަނު ގިނަ ޚިދުމަތްތަކެއް ލިބެމުންދާ ޕްރޮޖެކްޓްތަކަށް ދައްކަންޖެހޭ ފައިސާއެވެ. ނަމަވެސް ދެންއަންނަ ސަރުކާރަކުން ދައްކާނީ ކަލޭމެން ލޯނުނަގައި ކުރިކަމެއް ފެންނަންނެތް ކަންކަމަށް ދައްކާ ފައިސާއެވެ. އެނގިފައިވާގޮތުގައި ހަމައެކަނި އިންޑިއާއިންވެސް 2.5ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ނަގައިފިއެވެ. ކުރިއެއެއްވެސް ކަމެއްނެތެވެ.
ޟަޒްނަ
19 January 2022
މެނޭޖް ކުރަން ހަމަ ނޭނގެނީ.