ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ވެލެންސިއާ އަށް އެއްވަނަ، ފައިނަލްގެ ދެވަނަ ޖާގަ މާޒިޔާ އަށް

ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ވެލެންސިއާގެ ކެޕްޓަން އުފާފާލު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ|މިހާރު

20 ޖެނުއަރީ 2022 - 01:10

4 comments

ޕްރެޒިޑެންތްސް ކަޕްގައި މިރޭގެ މެޗަށް ނުކުތް އިރު ވެސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ވެލެންސިއާއިން މާޒިޔާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލީގު ބުރުގެ އެއްވަނަ ހޯދިއިރު، ފައިނަލްގެ ދެވަނަ ޖާގަ މާޒިޔާ އަށް ކަށަވަރު ވެއްޖެ އެވެ.

މެޗުގެ ކުރިން ވެލެންސިއާ އަށް ފައިނަލްގެ ޖާގަ ކަށަވަރުވީ މިއަދު ހަވީރު ކްލަބް އީގަލްސް އަތުން ގްރީން ބަލިވުމުންނެވެ. ކުރިން ދެވަނައިގައި އޮތް ގްރީން މިއަދު އީގަލްސް އަތުން ބަލިވުމުން ތާވަލުގެ ތިންވަނަ އަށް ވެއްޓުނީ ލަނޑުގެ ތާފަތުން މާޒިޔާ އަށް ވުރެ ދަށަށް ދަށަށްދިއުމުންނެވެ. މިރޭ މާޒިޔާ ތިން ލަނޑުގެ ތަފާތަކުން ބަލިވިނަމަ ގްރީން އަށް ފައިނަލްގެ ދެވަނަ ޖާގަ ލިބުނީހެވެ. އެކަމަކު އެންމެ ލަނޑެއްގެ ތަފާތަކުން ބަލިވުމުން ފައިދާ ގޯލްގައި މާޒިޔާ އަށް ކުރި ލިބެ އެވެ. މާޒިޔާ އާއި ގްރީން އަށް ވެސް ލިބިފައި ވަނީ 15 ޕޮއިންޓެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު، ރ. އަލިފުށީފުށީ ފުޓްބޯޅަ ދަނޑުގަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ ލަނޑު، ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހީ 30 ވަނަ މިނެޓްގަ އެވެ. ވިންގުން ހުސައިން ހަނާން ދިން ބޯޅަ އޭރިއާ ބޭރުން ލިބުމުން އޭރިއާ ތެރެއަށް ވަދެ ސެންޓޭ އެބޯޅަ ފޮނުވާލީ ގޯލްގެ ކަނަށެވެ. ތިރިތިރިން ދިޔަ ބޯޅަ ދިޔައީ މާޒިޔާގެ ކީޕަރު، ކިރަން ޝެމެސޮން އަތް ކައިރިން ލައިފަ އެވެ. ބޯޅަވަނީ ގޯލްގެ ތިރީކަނަށެވެ.

ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލަނޑު ޖެހުމުގެ ކުރިން ވެލެންސިއާ އިން އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާ ވެސް އުފެއްދީ ސެންޓޭ އެވެ. އޭރިއޭގެ ބޭރުން ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުން، ސެންޓޭ ފޮނުވާލުމުން ދިޔައީ ނުރައްކާކޮށެވެ. ގޯލަށްގެ ކަނަށް އަމާޒުވާން ދިޔަ ބޯލަ ކީޕަރު ކިރަން ދީފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.

މެޗުގެ 43 ވަނަ މިނެޓްގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އޭރިއާގެ އަރިމަތިން އަރައި ގޯލަށް ފޮނުވާލަން ޖެހި ބޯޅަ އަމާޒުވީ ގޯލްގެ އަރީމަތީ ދާގަނޑަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި މާޒިޔާ އަށް ލިބުނު ހިލޭޖެހުމަކުން ކޯނޭލިއަސް ސްޓްވާޓް (ކޮނޭ) ނަގައިދިން ބޯޅަ މާޒިޔާގެ ކުޅުންތެރިން ބޮލުން ފޮނުވާލުމުން އެބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ސްޓެވާޓް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ކަނާ ދިމާލުން އޭރިއާ ތެރެއަށް ވަދެ، ކީޕަރު މުހައްމަދު ފައިސަލް ހުރި ފަޅި ނޫން އަނެއް ފަޅި އަށް އަމާޒުކޮށް ސްޓެވާޓް ފޮނުވާލި ބޯޅަ ފައިސަލް ވަނީ ވެއްޓިގެންފައި ފައިން ދިފާއުކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނެޓްގައި ވެލެންސިއާ ލީޑް ފުޅާ ކުރަން ޕެނަލްޓީއެއް ލިބުނެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ މަޒިޔާގެ ކީޕަރު ކިރަން ޑައިވްކޮށް ބޯޅަ ސަލާމަތް ކުރި އެވެ. ވެލެންސިއާ އަށް ދިން ޕެނަލްޓީ އާއެމު މާޒިޔާގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެޕެނަލްޓީ ވެލެންސިއާ އަށް ދިނީ އެޓީމުގެ ހަނާން އަށް މާޒިޔާ އަލީ ހައިޝަމް (ބިޑި) އެޓީމުގެ އޭރިއާގެ ތެރެއިން ފައުލު ކުރުމުންނެވެ. ރެފްރީ ސިނާން ހުސަން ދެއްކީ އޭރިއާގެ ބޭރުން ހިލޭ ޖެހުމެއް ކަމަށެވެ. ވެލެންސިއާގެ ކުޅުންތެރިން އެޕީލް ކުރުމުން އެސިސްޓެންޓް ރެފްރީއާ ވާހަކަ ދެއްކުމަށް ފަހު ޕެނަލްޓީ އެއްކަމަށް ދެއްކި އެވެ. މާޒިޔާ ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ.

އޭގެ ފަހުން މާޒިޔާގެ ހަމްޒާ މުހައްމަދު އަށް ވެލެންސިއާގެ އޭރިއާގެ ބޭރުން ވެލެންސިއާގެ އަހްމަދު ސިޒާން (ސިއްޕެ) ފައުލް ކުރުމުން ކުޅުން ހުއްޓުވައި ރެފްރީ ދިޔައީ ރަތްކާޑު އަތަށް ނަގައިގެންނެވެ. ރެފްރީ ރަތްކާޑު ދައްކަން ދިއުމުން ވެލެންސިއާގެ ކުޅުންތެރިން ރެފްރީ ވަށައިލައި ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ. ވެލެންސިއާގެ ކުޅުންތެރިން އެޕީލް ކުރީ ރަތްކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއް ނުކުރާ ކަމަށެވެ. އިރުމަތި ފަރާތުގައި ހުރި ލައިސްމަންއާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ވެލެންސިއާގެ ލަންކާގެ ޑިފެންޑަރު ޑަކްސަން އަށް ރަތް ކާޑު ދެއްކި އެވެ.

އެކަމަކު ފަހުން ހުޅުނގުފަރާތުގައި ހުރި އެސިސްޓެންޓް ރެފްރީއާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ވަނީ ޑަކްސަން އަށް ދެއްކި ރަތްކާޑު ކެންސަލްކޮށް ސިޒާން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްޕަޓު

20 January 2022

ލީގުގަ މާޒިޔާއަށް ވާދަކުރެވޭވަރުގެ ދެތިން ޓީމެއް ތިބެއްޖެނަމަ ބައިނަލްއަގުވާމީ މުބާރާތްތަކުގަވެސް ދިވެހިި ފުޓުބޯޅައަށް ފައިދާކުރާނެ. ފާއިތުވި 3 ވަރަކަށް އަހަރު ލީގުގަ އެއްވެސް ވާދަވެރިކަމެއް ނެތުމުން އެކަމުގެ ގެއްލުން ވަރަށް ސާފުކޮށް ފެނިގެން ގޮއްސި. މަޖަލަށް ދަނޑަށްގޮސް ފުޓުބޯޅަކުޅެލާ ސްޕީޑުގަ ގައުމީޓީމު ކުޅުންތެރިން މެޗުތައް ކުޅެން އުޅުނުތަން ފެނުނީ. މިކަން ބަދަލުވާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އަނީ

20 January 2022

ތި ބަލާ މީހެއް އުޅޭތަ މިގައުމުގަ؟

The name is already taken The name is available. Register?

ޢެގާރަ

20 January 2022

މަރުހަބާ ވެލެންސިއާ. ޙަމަ އަސްލުވެސް ބޮޑުޓީމު ބަލުވީތަ.

The name is already taken The name is available. Register?

ބާރަަ

20 January 2022

ސެންޓޭ އެއްނު މޮޅީ. ދެޓީމުގަވެސް ލީޑުކުރަން ތިބީ އޭދަފުށީ ކުޅުންތެރިން. ފައިނަލް އޭދަފުށީގަ ކުޅެލަބަލަ. އިންޓަނޭޝަނަލް ދަޑެއްވެސް އޮންނާނެ. ސަރުކާރުން މިއަޅާ ދަނޑުތައް ހަދަނީ ވެލިމަތީ ކާޕެޓެއް ބާއްވައިގެން. ދެން މަތިން ފޮޓޯނަގާލަން ރީތިވާނެ އެކަމް އިންޓަނޭޝަނަލް މެޗެއް ކުޅޭކަށް ހުއްދައެއް ނުލިބޭނެ. މިވާހަކަ އަދި ފަހުން ގޮވާއަޑު އަހަން ތިބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454