ވިޔަފާރި / އެޑްވަޓޯރިއަލް

ރައްޔިތުންގެ ކުންފުނި އެމްޓީސީސީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު

20 ޖެނުއަރީ 2022 - 18:20

3 comments

ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުނި އެމްޓީސީސީ އަކީ މިއަދާ ހަމައަށް އައިއިރު ތަފާތު އެކި ހަރުފަތްތައް ގިރާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެކެވެ.

ކުންފުނީގެ ދިގު ތާރީހަށް ބަލާލާއިރު، މިއަދު މި ކުންފުނި ދަތުރުކޮށްފައިވާ ހިސާބަށް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކޮށްދިން އެކި ބޭފުޅުން އެބަ ތިއްބެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު ކުންފުންޏަށް 41 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވާއިރު، 3000 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ރޭވުންތެރިކަމާއި، ވިސްނުންތެރިކަމާ އެކު ކުންފުނި ހިންގުމުގެ މޭސް ތިރިއަކަށް މިއަދު ހުންނެވީ ސީއީއޯ އާދަމް އާޒިމެވެ.

މިއަދަކީ ކުންފުނީގެ ސީއީއޯގެ މަގާމުގައި އާޒިމް ހުންނަވާތާ ދެ އަހަރު ފުރޭ ފަހުރުވެރި ދުވަހެވެ. ޖަނަވަރީ 21، 2020 ގައި ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެވުނު ހިސާބުން ފެށިގެން، އެމްޓިސީސީ އަކީ ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައަޅައި، ހިކްމަތްތެރިކަމާ އެކު ކޮށްދެއްވި މިންނަތް މަސައްކަތުން މިއަދު ކުންފުނި ވަނީ އެހެން ހަރުފަތަކަށް ގޮސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިފަ އެވެ. ކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙް ދެއްވި ހިތޯބުން މިކަން އިތުރަށް ޔަގީންވެ އެވެ.

"މިއީ މިއަދު އެމްޓީސީސީއާއި މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީއިން މިއަދު ވަނީ އިތުބާރާ އެކު ޖާގަ ހޯދާފައި،" ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަރަކުރަން ބޭއްވި ހަފްލާގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

ވޭތުވެދިޔަ ދެއަހަރަކީ ވެސް ރާއްޖެގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ ދެއަހަރު ކަމެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދުގެ ދުވެލި މަޑުވެ އޭގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާކަމެވެ. އެހެންނަމަވެސް ރައްޔިތުންނަށް އެމްޓީސީސީން ފޯރުކޮށްދެމުން އައި ހިދުމަތްތަކަށް ލޮޅުން އެރިޔަ ނުދީ، އުމްރާނީ ތަރައްގީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އުނދަގޫ އަދި ދަތި ދަނޑިވަޅެއްގައި ކުންފުންޏާއި ހަވާލުވާން ޖެހުން ނަމަވެސް، އެކަމާއި އާޒިމް ކުރިމަތިލެއްވީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގަ އެވެ. ލޮބުވެތި ބައްޕާފުޅާއި، ނިހާޔަތައް ގަދަރުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާއި، ނަސޭހަތް ކަނުލައި އަޑުއަހައި ދިވެހި ރައްޔިތުންގެ ގައުމީ ހިދުމަތުގައި ކުރައްވަންޖެހުން ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް އަދާކުރުމުގެ ރޫހުގަ އެވެ.

އާޒިމްގެ މަސައްކަތުން ހިކި އަނަރޫފަވެފައިވާ ކުންފުންޏަށް އާރޯކަމާއި، ބަހާރު މޫސުން އައިސް އުދަރެސްމަތި ރޯޝަންވެއްޖެ އެވެ. ކުރީ އަހަރުތަކުގެ ހިސާބުތަކަށް ބަލާލައިރު، އެމްޓީސީސީއަށް އެއްފަހާރާ ކުރިއަށް ގެންދެވެނީ 25 ވަރަކަށް ޕްރޮޖެކްޓެވެ. ނަމަވެސް އާޒިމްގެ މާލިމީ ކަމުގައި މިހާރު އެމްޓީސީސީއަކީ އެއްފަހާރާ މީގެ ދެގުނައަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްލައިފަ އެވެ.

ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ކުންފުނީގެ ދުވެލި ވެސް ވަނީ މިހާރު އެތައް ދަރަޖައެއް އިތުރުވެފަ އެވެ. މިކަން ފާހަގަކުރުމުގެ ގޮތުން އާޒިމް އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހު ދެއްކެވި ވާހަކަފުޅުގައިވަނީ މި ކާމިޔާބީގެ އަސްލަކީ އަހުލާގު ރަނގަޅު، މުރާލި، ވަގުތާއި މަސައްކަތަށް ފަރުވާތެރި އަދި ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަން ކުރެވުނު ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބަލައިގަންނަ ކުންފުނުޏަކަށް އެމްޓީސީސީ ހަދައިދިނީ މުވައްޒަފުން. ރައްޔިތުންގެ އަތްތިލަބަޑި ހައްގުވަނީ އެ މުރާލި ހީވާގި އަތްތަކަށް. މިގޮތަށް މި ކުންފުނި ހިނގަމުން މިދަނީ އޮނިގަނޑަށް ހަރުދާނާ އުސޫލުތަކެއް އެކަށައެޅި ބަރާބަރަށް މޮނިޓާ ކުރެވޭތީ. މީގެ ކުރިން މި ކުންފުންޏަށް ބަނދަރެއް ހެދެނީ 3 އަހަރުން، އެ ސްޕީޑް މިހާރު މިވަނީ 1 އަހަރަށް ބަދަލުކުރެވިފައި. މަޝްރޫޢެއް ނުހިނގާ އެންމެ އަތޮޅެއްވެސް އަދި ރަށެއްވެސް މިއަދު މި ރާއްޖޭގައި ނެތް،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް އެކުންފުނީގެ މުވައްޒަފުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން--ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން 2020 ވަނަ އަހަރު 36 މަޝްރޫއެއްގެ މަސައްކަތް ފުރިހަމަކޮށްފައިވާއިރު، 2021 ވަނަ އަހަރު ނިމުނުއިރު 27 މަޝްރޫއެއްގެ މަސައްކަތް ނިންމާ، 64 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއާޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން، އަދި މިހެންގޮސް ރާއްޖޭގެ ތަރައްގީއާއި މިއަދު އެމްޓީސީސީ ވަނީ ގުޅިލާމެހިފަ އެވެ.

އާޒިމް ހިންގުމާ ހަވާލުވެ މިވޭތުކުރި ދެ އަހަރަކީ މުޅި ކުންފުނީގެ ހަޔާތުގައި ވެސް ފާހަގަކޮށްލެވޭ ކުލަގަދަ އަދި ކާމިޔާބު ދެ އަހަރެވެ. އެގޮތުން 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 224.71 މިލިޔަން ރުފިޔާ ލިބުން އެއީ އާޒިމްގެ ދުރު ވިސްނުމާއި، ކުންފުނީގެ މުޅި ޓީމަށް ދެއްވި އިރުޝާދުތަކުގެ ސަބަބުން ހާސިލް ކުރެވުނު ކާމިޔާބީއެކެވެ. އަދުގެ ސަރުކާރުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ހިންގުން އެމްޓީސީސީއާއި ހަވާލުކޮށްފައިވުމުން، މިކުންފުންޏަށް ސަރުކާރުން އިތުބާރު ކުރާ މިންވަރު ސާބިތުކޮށްދެ އެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއްނެތި، އެއްހަމަ ސިޔާސަތުތަކެއް ގެންގުޅުން ވެގެންދިޔައީ މުޅި ކުންފުނި އެކަތިގަނޑަކަށް ހަދައިދީ ގުޅިފައިވާ ބަދަހި ޓީމަކަށް ބަދަލުކޮށްދިން ކަމަކަށެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 2،225 ވަޒީފާގެ ފުރުޞަތު އުފެދިގެން ގޮސްފައިވާއިރު، މީގެ ތެރެއިން ދިވެހި ޒުވާނުންނަށް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ. މިވަގުތު ކުންފުނީގައި 3,151 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެއެވެ. އަދި މަސައްކަތުގެ މާހައުލަކީ ތަނަވަސް މާހައުލަކަށް ހަދައިދީ، ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ސީއީއޯ އާޒިމްވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވާފަ އެވެ.

އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި، ކިޔެވުމުގެ ފުރުސަތުތައް އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު 32 ތަމްރީން ޕްރޮގްރާމް ހިންގިފައިވާ އިރު، މި އަދަދު 2021 ވަނަ އަހަރު ނިމިގެންދިޔައިރު ވަނީ 129 އަށް އަރާފަ އެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުޞަތު 11 މުވައްޒަފުންނަށް ވަނީ ދީފަ އެވެ.

އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާވެގެންދިޔަ މަންޒަރު ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ފެނިގެން ދިޔަ އެވެ. އެމްޓީސީސީގައި 2020 ވަނަ އަހަރު 41 ވަޒީފާގެ ފުރުސަތު އަންހެނުންނަށް ދީފައިވާ އިރު، 2021 ވަނަ އަހަރު މިއަދަދު ވަނީ 140 އަށް އަރާފަ އެވެ. ލަންދޫގައި ބޭއްވި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނީގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ. އާޒިމް ގަބޫލުފުޅުކުރައްވާ ގޮތުގައި ގައުމެއް ކުރިއަރާނީ، ތަރައްގީވެފައިވާ އެހެން ގައުމުތައް ފަދައިން ރާއްޖޭގައި ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް މަސައްކަތުގެ އެކި ދާއިރާތަކަށް ނުކުމެ، އެކުގައި މަސައްކަތްކޮށްގެންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް އެކުންފުނީގައި މަސައކަތް ކުރާ ބައެއް އަންހެން މުވައްޒަފުންނާ އެކު--ފޮޓޯ:އެމްޓީސީސީ

ކުންފުނި ހިންގުމުގައި އާޒިމް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެމްޓީސީސީގެ އަޑު މިއަދު ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް ވަނީ ގުގުމާލައިފަ އެވެ. ހިންގޭ ޕޮރްޖެކްޓްތަކުގެ އިތުރުން ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން 2021 ވަނަ އަހަރު އެކަނި ވެސް 16.12 މިލިޔަން ރުފިޔާގެ، ޖުމްލަ 255 މަޝްރޫއެއް 55 ރަށުގައި ވަނީ ކުރިއަށް ގެންދެވިފަ އެވެ.

ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައްޔިތުންގެ ކުންފުންޏަށް ހަގީގަތުގައިވެސް މި ދެއަހަރު ތެރޭގައި އެމްޓީސީސީ ވެގެންގޮއްސި އެވެ.

"އެމްޓީސީސީ ދުވެލި މިހާރު ހުރި ގޮތުން އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި އެމްޓީސީސީއާއި ހަވާލުކޮށްފަ ހުރި މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތައް ނިންމައިދޭނެކަން. އެކަމަކަށްޓަކައި އަދިވެސް އެއްފަހަރު ޓީމް އެމްޓީސީސީއަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ަރައީސާއި އާޒިމް މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި--ފޮޓޯ:އެމްޓީސީސީ

ކުންފުނީގެ އަޑު ރާއްޖެއިން ބޭރަށް ގެންދިއުމަކީ އާޒިމްގެ އެންމެ ބޮޑު އެއް އަމާޒެވެ. ބޮޑެތި ބިޔަ މަޝްރޫއުތަކަށް މިސްރާބު ޖަހަން ކުންފުނި އޮތީ ތައްޔާރަށެވެ. އާޒިމްގެ މާލިމީކަމުގައި ކުރިއަށް އޮތީ މުޅި ކުންފުންޏަށް އުޖާލާ ދުވަސްތަކެކެވެ. އެމްޓީސީސީގެ ދިގު ތާރީޙުގައިވެސް ނިމިގެންދިޔަ ދެއަހަރަކީ ތަފާތު ދެއްކި ނަތީޖާ ނެރެވުނު ދެއަހަރެވެ.

ހިއްސާދާރުން، މުވައްޒަފުން، އަދި ދިވެހި ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ދެ އަހަރެވެ. އެމްޓީސީސީ އަކީ މިއަދު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭ ޖަޒީރާ ތަރައްގީގެ ބައިވެރިޔާ އެވެ. ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އުދާސްތަކާއި، ދަތިތައް ފިލުވައިދޭ އެކުވެރިޔާ އެވެ. ޔަގީނުން ވެސް އެމްޓީސީސީއަށް މަޝްރޫޢެއް ހަވާލުކޮށްފިނަމަ އެމްޓީސީސީގެ ޓީމަށް މަރުހަބާ ކިޔުމަށް ރަށު ރައްޔިތުން މިހާރު އަންނަނީ އުފަލާއި ޖޯޝާ އެކު ފަރިވަޅުތައް ހިފައިގެންނެ އެވެ. އެމްޓީސީސީއަކީ ކާމިޔާބު ރައްޔިތުންގެ ކުންފުންޏަކަށް ހަދައިދެއްވި ކަމަށްޓަކައި، އާޒިމަށް ޝުކުރު އަދާކުރަމެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބޫ

20 January 2022

ރައްޔިތުންގެ ފައިސާ ހަރަދު ކޮއްގެން މިމީހުން އަމިއްލައަށް އިސްތިހާރުވަނީ، މިއަދުވެސް ދެނޫހުގަ މިހެޑްލައިންގެ ހަބަރު އެބަައޮތްް.

The name is already taken The name is available. Register?

އެމްސް

20 January 2022

ބިޑަކާއި ނުލާ ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ކުންފުންޏަކަށް ދެންޏާ މާލިމީއަކަށް ކޮންމެ މީހަކު ހުއްޓަސް 100 ން 100 ލިބޭނެތާ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 January 2022

އާޒިމް ތިޔަ މަގާމްގަ ހުރުން އެއީ މިސަރުކާރަށް ލިބުނު ވަރަށް ބޮޑު ނަސީބެއް.އެންމެ ފަހުން ތިޔަ މަގާމްގަ ހުރި މީހާއަށް ޑްރެޖިން އެއީ ކޯޗެއް ކިހިނެއް ފަންކްޝަންކުރާ ކަމެއް ވެސް ނޭނގޭ.އާޒިމް އެއީ ސަރުކާރުގެ އިންޖީން.އާޒިމްގެ ކެޕޭސިޓީއާއި މެދު އެއްވެސް ޝައްކެއް ނުކުރަން.އާޒިމް ކަހަލަ 30 ވަރަކަށް މީހުން ލިބިއްޖެނަމަ ސަރުކާރުގެ ސްޕީޑް ރަނގަޅުވެފަ ހިންގުން ހަރުދަނާކުރެވޭނެކަން ކަށަވަރުވެ ޔަގީންވޭ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454