އަލިފުށީ ކައުންސިލްގެ ރައީސް އިމްރާން (ކ) އައި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ޕްރެޒިޑެންޓްސް ކަޕާއެކު މިއަދު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖެނުއަރީ 2022 - 19:45
މާލޭގައި ކްލަބް ފުޓްބޯޅައިގެ ފޯރިއެއް ނެތް ކަމަށާއި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު މާދަމާ ހަވީރު ބާއްވާ ރ. އަލިފުށީގެ ދަނޑު ފުރައިލާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މި ރަށުގެ ދަނޑުގައި ވެލެންސިއާ އާއި މާޒިޔާ ވާދަކުރާއިރު، އެ މުބާރާތުގެ ތަށި ރަސްމީކޮށް އަލިފުއްޓަށް ގެނައުމަށް މިއަދު ހަވީރު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މަހުލޫފް ވިދާޅުވީ ލީގު މެޗުތައް ބަލަން މާލޭގައި ދެން ދަނޑަށް މީހުން ވަންނާނެހެން ހީނުވާ ކަމަށެވެ.
ތައްޓާއެކު އަލިފުއްޓަށް މަހްލޫފް ފައިބައިވަޑައިގަތުމުން، މަރުހަބާ ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންގެ އިތުރުން، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ކުރިން މާލޭގައި ބޮޑު މުބާރާތެއް ކުޅޭ ނަމަ އަބަދުވެސް ރަށްރަށުން ދާން ޖެހޭނީ މާލެ އަށެވެ. މި ސަރުކާރުން ބޭނުންވީ އެ ހާލަތު ބަދަލުކޮށް، ރަށްރަށުގައި ވެސް ބޮޑެތި މުބާރާތްތައް ކުޅެވޭނެ ގޮތަށް ބަދަލު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އިމްރާން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ބަހައްޓަނީ --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އައްޑޫ އާއި ކުޅުދުއްފުށީގައި ކުރިން މި ކަހަލަ ކަންކަން ކޮށްފައި ހުރި ނަމަވެސް އިތުރު އެހެން އެއްވެސް ދިމާލެއްގައި މިކަން މިގޮތަށް ކުރެވޭނެ ކަމުގެ އެއްވެސް ވިސްނުމެއް ވެސް ކުރިއަކު ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުގެމެންގެ ވިސްނުމަކީ މަޑުމަޑުން މިކަން ބަދަލު ކުރުން. މިއަދު މާލޭގެ ދަނޑަށް މީހަކު ނުވަދޭ. އެކަމަކު ރަށްރަށުގައި އެކަން ކުރާއިރު އެ ފޯރި ވެސް އެބަހުރި. ރައްޔިތުން މެޗު ބަލަން ވެސް އެބަ އާދޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާލޭގައި ލީގު މެޗުތަކަކަށް މާގިނަ ރައްޔިތުން ތަކެއް ވަދެދާނެއެކޭ. އެހެން ނަމަ ގަތަރުގައި [ހަމޭސް] ރޮޑްރިގޭޒްމެން ކަހަލަ މީހުން ގެނެސްގެން ކުޅޭއިރު އެ ދަނޑުތައް ވެސް އޮންނާނީ ފުރިފައި."
މަހްލޫފް ވިދާޅުވީ އެ އަށް ވުރެ ބޮޑަށް މީހުން ކުރަން ޖެހިފައިވާ މަސައްކަތް ގިނަ ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގާއި ލަލީގާ ބަލާފައި ކްލަބް ފުޓްބޯޅަ ބަލަން ދާނެ ވަގުތެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ ގަލޮޅު ދަނޑަށް ގޮސް ލީގު ބަލަލަން ވަގުތު ނެތީއޭ. އެކަމަކު އަޅުގަނޑަށް ޔަގީން މާދަމާ މި ރަށުގެ ރައްޔިތުން ނުކުމެ މި ރަށުގެ ދަނޑު ފުރާލާނެ، " މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފުށީގައި ސަރުކާރުން އެޅި ދަނޑަކީ ރަށްރަށުގައި ފީފާގެ މިންގަނޑަށް ވެސް ދަނޑު އެޅޭނެކަން ސާބިތުކޮށްދިނުމަށް ޓެސްޓް މަރުހަލާގެ ގޮތުގައި އެންމެ ފުރަތަމަ އެޅި ދަނޑުތަކުގެ ތެރެއިން ދަނޑެއް ކަމަށެވެ. އަދި ސަރުކާރުން އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސް އަލިފުށީގައި ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މިހަފުލާގައި، އަލިފުށީ ކައުންސިލްގެ ރައީސް އިމްރާން ވަނީ، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މިރަށުގެ ފުޓްބޯޅަ ދަނޑުގައި ކުޅުމުގެ ހުއްދަ ކައުންސިލްގެ ފަރަތުން ދެއްވާފައިވާކަން ރަަސްމީކޮށް އެވެ.
އޭނާ ވިދާޅުވީ، މުބާރާތުގެ ފައިނަލް މެޗު އަލިފުށީގައި ކުޅެން އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ނިންމެވުމަކީ އަލިފުށީގެ ރައްޔިތުންނަށް ލިބިގެންދާ ހާއްސަ އުފަލެއް ކަމަށެވެ. ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު އަލިފުށީ ރައްޔިތުންނަށް އެފްއޭއެމުން ވަނީ ދީފަ އެވެ.
ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ، އަލިފުއްޓަކީ ޒަމާނުން ސުރެ ފުޓްބޯޅައިގެ ރަށެއް ކަމަށެވެ. އަލިފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކަށް ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިން އަބަދުވެސް ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ފައިނަލް މެޗުގެ ކަންތަކުގައި އިސްކޮށް އުޅުއްވާ ޝާހް އިސްމާއީލް އަދި ފައިނަލް މެޗުގައި ވާދަކުރާ ވެލެންސިއާގެ ކޯޗް ކުޑަ ހީނާ އަކީ ވެސް އަލިފުށީގެ ބާއްވާ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން، ރަޝީދު ވިދާޅުވި އެވެ.
ފައިނަލް މެޗަށް ދަނޑުގައި ކުރަންޖެހޭ ތައްޔާރީތައް މިއަދު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަލިފުށީ ކައުންސިލުން އަންދާޒާ ކުރާ ގޮތުގައި ފައިނަލް މެޗަށް ހާއްސަކޮށް ރަށުން ބޭރުން 1000 އަށް ވުރެ ގިނަ މީހުން އަލިފުއްޓަށް ޒިޔާރަތް ކުރާނެ އެވެ.
ޕްރެޒިޑެންސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިޔަސް، އެ ރަށަށް ވަޑައިގަތުމުގެ ކުރިން ރޭ ހެއްދެވި ކޮވިޑް ޓެސްޓް ޕޮޒިޓިވްވުމުން އެ މަނިކުފާނުގެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. ރައީސް މިހާރު ހުންނެވީ ކޮވިޑަށް ޕޮޒިޓިވް ވުމުން އެކަހެރިވެވަޑައިގެންފަ އެވެ. ހެނދުނު ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ. މީ އެމަނިފާން ރައީސް ކަމަށް ވަޑައިގަންނަވާ ފަހުން ބާއްވާ ފުރަތަމަ ޕްރެޒިޑެންޓް ކަޕެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑަމް
23 January 2022
މަހޭ ކަމެއް ކުރަންޔާ ކޮވިޑް ނެތް ދޯ
އޮނަރަބްލް އަފީފު ދީދީ
23 January 2022
ތިމާމެނަށް "ގޮތް ހުސްވުމުން" ކ.އަތޮޅު މާލެ ނޫން ރަށްރަށަށް މުބާރާތް ތައް ގެންދާން މަޖުބޫރުވެ "ހިތާއިދެކޮޅަށް" އެކަން ކުރާންޖެހޭތީ ވަޒީރަށް ތިގޮތަށް ތިވާހަކަ ދައްކާން މަޖުބޫރުވަނީ. # އަލިފުށިފަދަ ރަށްރަށުން އަދިވެސް ޤަބޫލު ކުރަންވީ "އެމީހުންނަކީ މާ މުޤައްދަސް ރަށްކޮޅެއްގެ ވެރިބައެއްކަމަށް އެމީހުނަށް ހީވެފައިވާތީ" އަދިވެސް އެމީހުން ތިބޭނީ އެމީހުންގެ ގޮތުގައިކަން ހަދާން ބަހައްޓަވާށޭ. ތިއީ ހަމަ ގޭސް ގަނޑެއް. ލީޤް ކުޅޭނީ މުޤައްދަސް ރަށްކޮޅުގައި.
އޮނަރަބްލް އަފީފު ދީދީ
23 January 2022
އަހަރުމެން ބޭނުމީ ކުރިންއޮތްގޮތް ބަދަލު ކުރާށޭ ބުނީމަ ނިމުނީދޯ؟! ތިބޭޅާ މެންގެ ސަރުކާރުން މާލެއާއި ހުޅުމާލޭގައި ސްޓޭޑިއަމާއި، ޕޫލް، ރަނިން ޓްރެކާއި ޓެނިސް، ނެޓްބޯލް، ވޮލީ، ބާސްކެޓް، ޓެނިސް، ހެންޑްބޯލް ފަދަ ކޯޓްތައް އަޅާ ވަސީލަތް ޤާއިމް ކުރާއިރު ހަނިމާދުއާއި އައްޑޫގައި ފެންވަރު ރަނގަޅު ސްޓޭޑިއަމެއް އަޅާނުދިނީ ކީއްްވެ؟! # ދިވެހި ލީޤް ބަހާލުއިރު ކ.އަތޮޅު މާލެ ވަކި ޒޯނަކަށް ކަޑައެޅީ "ރަށްކޮޅުގެ މުޤައްދަސް ކަމަށްޓަކައި" ތޯ؟!
ޚޮރަޕްޓް
23 January 2022
ފުރަތަމަ ކޯޓައްް ހާޒިރުވެބަލަ . ޢެއޮތީ ތިބޭފުޅާގެ ކޮރަޕްޝަން މައްސަލަ ކޯޓޫގައި. ޢެމައްސަލަ ނިންމާފަ ދެން ގޮސް ސުނިލްސެޓީ އާއެކު ސެލްފީއެއްނަގާފަ ޕޯސްޓުކޮއްލާ
ޖެފަރސަން
23 January 2022
ދަނޑުތަކުގެ ބަދަލުގައި މިސްކިތްތައް ފުރާލާނީ
އުއްތަމަ އުސްތާޛް
23 January 2022
އިސްތިއުފާ ދީ.
ވީއާރބުލޫސް
23 January 2022
މަހުލޫފް މިނިސްޓަރ ކަމުގަ ދިވެހިރާއްޖޭގަ އޮތް އެއްމެ ކާމިޔާބު އެއްމެ ސަފޯޓަރުން ގިނަ ނިއު ވިކުޓްރީ ވުޖޫދުން ގެއްލުވާލައިފަ ފުޓްބޯޅައޭ ކިޔާ ވާހަކަ ދަށްކަން ލަދު ކޮބާ. އިސްތިއުފާ ދީފަ ހުރޭ. ދުވަހަކުވެސް ކަލޭމެންނަށް މާފެން ނުކުރާނަށް
އާރީ
23 January 2022
ނިއުރޭޑިޔަންޓް ކުޅޭނަމަ ފަތާފަވެސް ގޮސް އަލިފުށްޓަށް އެރިސް.
ބުރުހާނު.
23 January 2022
ކޮން އނިުރޭޑިއަންޓެކޭ ކިޔާކަށް. ޑީއެންސީ އާއި ޭއެންސީ އަދި ހުއްރީއްޔާ އާއި މަޤުލަސް، އޭދަފުއްޠާއި ފޯކައިދޫވެސް ކުރިން ކުޅުނު. އެކަމަކު އެއީ މިހާރު މާޒީ. ދެން އެމީހުންގެ ވާހަކަ ނުދައްކަބަލަ. ރެލިގޭޓްވީމާ ނުވަތަ ބަގުރުޓުވީމާ ނުޖެހޭ ނަމަށް ނަލާފައި ފުރުސަތު ދޭކަަށް. ކޮސް ވާހަކަ ނުދައްކަބަލަ.
ނިއު
23 January 2022
އިރާދަކުރެއްވިއްޔާ ނިއުރޭޑިއަންޓް އެނބުރި އަންނާނެ ބުރުހާން ހަޖަމްކޮށްލާ...
މޯޑޭ
23 January 2022
އެޗްފީއޭއިން އޮތީ ސަފޯޓަރުން ނުވަންދާ މެޗުތައް ކުޅެން އަންގާފަކާ ނޫންތަ. ކޮން ދަޑެއް ފުރާވާގަކައެއް ތި ދަށްކަނި. ކޯޓްގަ އޮތް ސަރިއަތަށް ހާޒިރު ވެބަލަ ކެންސަލު ނުކޮށް
މަޒް
23 January 2022
ކަލޭމެން މި ފެށޭ ރޯދަމަހު މިސްކިތްތަށް ފުރާލިއަކަ ނުދޭނެ.. ހުސް ޖާހިލުން... އެޗްޕީއޭ އަށް މިކަން ހުއްޓުވާކަށް ނުކެރޭ ދޯ