ކުޅިވަރު / މެންޗެސްޓާ ސިޓީ

މިއީ މިހާތަނަށް އެންމެ ރަނގަޅަށް ޕާފޯމްކުރި އެއް މެޗު: ގާޑިއޯލާ

ސައުތެމްޓަން (ޖެނުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގް އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅެ އެއްވަރު ވިޔަސް އެއީ މިހާތަނަށް މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅުނު އެއް މެޗު ކަމަށް ސިޓީގެ ކޯޗު ޕެޕެ ގާޑިއޯލާ ބުނެފި އެވެ.

ސައުތެމްޓަންގެ ދަނޑުގައި ރޭ ސިޓީން ކުޅުނު މެޗް އެ ޓީމުން އެއްވަރުކުރީ ފަހަތުން އަރައި 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަތްވަނަ މިނިޓުގައި ސައުތެމްޓަން އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ-ޕީޓާސް އެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ އެޑަމާ ބްރޯޖާ އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް އޭނާ އަށް ބޯޅަ ލިބުނުއިރު ހުރީ އޮފްސައިޑު މަގާމެއްގަ އެވެ.

މެންޗެސްޓާ ސިޓީން އެއްވަރުކުރީ ފަހު ހާފުގައި، މެޗު ނިމެން 25 މިނިޓަށް ވެފައި ވަނިކޮށެވެ. ހިލޭޖެހުމަކުން ކެވިން ޑިބްރޭނާ ނަގައިދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ، ނަތީޖާ އެއްފަރާތެއްގައި ބާއްވައި، ކުޅުނު ކުޅުމަށް ބަލާއިރު ރޭގެ މެޗަކީ މެންޗެސްޓާ ސިޓީން މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅަށް ކުޅުނު އެއް މެޗު ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިން މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު، މި ސީޒަނުގެ އެންމެ ރަނގަޅަށް ޕާފޯމްކުރި އެއް މެޗު މިއީ. އިދިކޮޅުން ވަރަށް ރަނގަޅަށް ދިފެންސް ކުރަމުން ދިޔައީ، މުޅި މެޗުގައި ވެސް އަހަރެމެންނަށް އުނދަގޫވި. އެ ޓީމާ ދެކޮޅަށް ވެސް އަހަރެމެންނަށް ކުޅެވުނު އެންމެ މޮޅު މެޗު މިއީ،" ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހިފައި ހުރި ގާޑިއޯލާ ބުންޏެވެ.

"ނަތީޖާއަށް ބަލާއިރު ފެންނަނީ 1-1. އެކަމަކު ޕާފޯމަންސަށް ބަލާ ނަމަ އަހަރެންގެ ޓީމު ކުޅުނީ ވަރަށް މޮޅަށް."

ސައުތެމްޓަން އިން ރޭ އަމިއްލަ ދަނޑުގައި ސިޓީއާ އެއްވަރުކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ސިޓީގެ ދަނޑުގައި ސައުތެމްޓަން އިން ކުޅުނު ލީގު މެޗު ވެސް ވަނީ އެއްވަރު ކޮށްފަ އެވެ. އެ މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.

ރޭގެ ނަތީޖާއާ އެކު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ލީގުގައި މެންޗެސްޓާ ސިޓީން މޮޅުވަމުން އައި ސިލްސިލާ ވަނީ ނިމުމަކަށް އައިސްފަ އެވެ. އޮކްޓޯބަރު މަކުގެ ފަހު މެޗުން އެޓީމު ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗަށް ފަހު، ރޭގެ މެޗުގެ ކުރިން ކުޅުނު 12 މެޗު ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

"ޕްރިމިއާ ލީގަކީ ވަރަށް އުނދަގޫ މުބާރާތެއް. މިރެޔަށް ފަހު މީހުން ބުނާނެ މި ސީޒަނުގެ ޓައިޓަލް ރޭސް އަދި ނުނިމެޔޭ، އޭރުން އަހަރެމެންނަށް ކިތަންމެހާ ވެސް ރަނގަޅު. ހަގީގަތުގައި ވެސް ޓައިޓަލް ރޭސް އަދި ނުނިމޭ. މީގެ ދެ ހަފްތާ ކުރިން ވެސް ޓައިޓަލް ރޭސް ނުނިމޭ، އަދި ކުރިޔަށް އޮތް ތިން ހަފްތާ ތެރޭ ވެސް ޓައިޓަލް ރޭސް ދާނީ ކުރިޔަށް،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން ބޭނުމީ ލިވަޕޫލާ ޗެލްސީ އަށް ވުރެ 45 ޕޮއިންޓު ކުރީގައި އޮންނަން، އެހެން ވެއްޖެ ނަމަ އެއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ. އެކަމަކު ޖެނުއަރީގައި އެކަމެއް ނުވާނެ."

މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ މެޗު މަދުން ކުޅެގެން 45 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ލިވަޕޫލް މިރޭ ނުކުންނާނީ ރަށުން ވޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އަދި 23 މެޗުން 44 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އަމިއްލަ ދަނޑުގައި މިރޭ ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ވުލްވެސް ވަނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ޔާއޯ މުޓީނިއޯ ވިލްވްސް އަށް ލީޑު ނަގައިދިން ނަމަވެސް ބްރެންޓަފޯޑްގެ އިވާން ޓޮނޭ ވަނީ 71 ވަނަ މިނިޓުގައި އެއްވަރު ކޮށްދީފަ އެވެ. ބްރެންޓްފޯޑުން އެއްވަރު ކުރިތާ ހަތް މިނިޓު ފަހުން މުޓީނިއޯގެ އެހީތެރިކަމާ އެކު ވުލްވްސް މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ރުބެން ނެވޭސް އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

23 January 2022

ލެއްގި ބްރޯގެ ކޮމެންޓް ކަމިން ސޫން!! މޯ ޓު ފޮލޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454