ލައިފްސްޓައިލް

މައިގްރެއިން ހުންނަ ނަމަ ސަމާލުވާންވީ ހަ ކަމެއް

މައިގްރެެއިންގެ ވޭނަކީ ގިނަ ބަޔަކު ތަހައްމަލްކުރާ ކަމެއް

24 ޖެނުއަރީ 2022 - 06:20

މިއީ މައިގްރެއިންގެ ވޭން ތަހަންމަލްކުރަންޖެހޭ މީހުންގެ އާދަތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ނިއުރޮލޮޖިސްޓެއް ކަމަށްވާ އެލެކްޒެންޑާ މައުސްކޮޕް ސީއެންއެންގައި ދެއްވާފައިވާ އިރުޝާދު ތަކެކެވެ. އޭނާ އަކީ މައިގްރެއިންގެ ތަދު ކުޑަކުރުމަށް ބޭނުންކުރާ މައިގްރަލެކްސް ބޭސް ވެސް އުފެއްދި، މިކަމުގެ ތަޖުރިބާކާރެކެވެ.

ނިއު ޔޯކް ހެޑޭކް ސެންޓަރުގެ ޑިރެކްޓަރުގެ އިތުރުން އޭނާ އަކީ "ވަޓް ޔޯ ޑޮކްޓަ މޭ ނޮޓް ޓެލް ޔޫ އެބައުޓް މައިގްރެއިން" ފޮތުގެ ލިޔުއްވުންތެރިއެކެވެ. އަދި "ދަ ހެޑޭކް އޯލްޓަނޭޓިވް: އަ ނިއުރޮލިޖިސްޓްސް ގައިޑް ޓު ޑްރަގް ފްރީ ރިލީފް" އަކީ ވެސް އޭނާގެ ފޮތެކެވެ.

މި ތަޖުރިބާކާރު ނިއުރޮލޮޖިސްޓް ވިދާޅުވެފައި ވަނީ މައިގްރެއިންއާ ކުރިމަތިވާ މީހުންނަށް އޭނާ އާންމުކޮށް ދެއްވާ ލަފާތަކަކީ ކެފެއިން މަދުކުރުމާއި ކަސްރަތުކުރުމާއި މެޑިޓޭޓް ކުރުމާއި މެގްނީސިއަމް ހުންނަ ކާނާ ގިނައިން ބޭނުންކުރުން ފަދަ ކަންތައް ކަމަށެވެ.

އެއަރޮބިކް ކަސްރަތު

ސްޓްރެސް ކުޑަކޮށް، މައިގްރެއިން ހުންނަ މީހުންނަށް ލުއިކަން ހޯދަން އެންމެ ޔަގީންކަން ބޮޑު އެއް ކަމަކީ އެއޮރޮބިކް ކަސްރަތުކުރުން އާންމު ކަމަކަށް ހެދުމެވެ. މިފަދަ ކަސްރަތު ހަފުތާ އަކު މަދުވެގެން ތިން ފަހަރު، ކޮންމެ ފަހަރަކު 30-40 މިނެޓްަށް ކުރާށެވެ. ގިނައިން ކަސްރަތު ކުރި ވަރަކަށް ބޮލުގައި ރިހުން ކުޑަވާކަން އެއީ ދިރާސާތަކުން ހާމަވެފައިވާ ކަމެކެވެ.

ރިލެކްސްވާނެ ކަސްރަތު

މައިގްރެއިން އެންމެ އާންމު އެއް ސަބަބަކީ ސްޓްރެސްކަން ގިނަ މީހުންނަށް އެނގެ އެވެ. އެހެންވެ ރިލެކްސް ވާނެ ކަސްރަތު ދަސްކޮށްގެން އެކަން ފަށާށެވެ.

ނިދުން ޝެޑިއުލަށް ފައްތަންޖެހޭ

ނިދަންޖެހޭ ވަކި ވަގުތެއް އަދި ހޭލާނެ ވަގުތެއް ކަނޑައަޅައި، ނިދުން ރޫޓިންއަކަށް ފައްތާލާށެވެ. މާ މަދުން ނިދިޔަސް ނުވަތަ މާ ގިނައިން ނިދިޔަސް މައިގްރެއިން ގޯސްވެ އެވެ.

މެގްނީޒިއަމް ސަޕްލިމެންޓް

ހަށިގަނޑުގައި މެގްނީޒިއަމް މަދުވުމަކީ މައިގްރެެއިން އަށް މަގު ފަހިވާ ކަމެކެވެ. އަތްފައި ފިނިވުމާއި މައްސަރު ކަންތަކާ ގުޅިގެން މިޒާޖަށް އަންނަ ބަދަލު ބޮޑުވުމާއި ފައިގެ މަސްތަކުގައި ރިއްސުމަކީ ވެސް މެގްނީޒިއަމް މަދުކަމުގެ އަލާމާތެވެ. މެގްނީޒިއަމް ސަޕްލިމެންޓެއް ބޭނުންކުރާ ނަމަ ދުވާލަކު 400 މިލިގްރާމުން ފަށާށެވެ.

އުނދަގޫވާ ކާނާ ދޫކޮށްލުން

މައިގްރެއިންގެ އުނދަގޫވާ މީހުންނަށް މިކަން ބޮޑަށް ތަޖުރިބާކުރަން ޖެހެނީ ވަކި ބާވަތެއްގެ ކާނާއެއް ކެއުމުންނެވެ. އެކި މީހުންނަށް އެކި ކާނާ އެވެ. މިހެން އުނދަގޫވާ އާންމު ކާނާތަކުގެ ތެރޭގައި ޗޮކްލެޓް، އެމްއެސްޖީ ހުންނަ ކާނާ، ޕްރިޒަވޭޓިވްސް ހުންނަ ކާނާ އަދި ހަކުރުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކޮށްގެން ފޮނިރަހަ ގެނެސްފައި ހުންނަ އެއްޗެހި ހިމެނެ އެވެ.

ކެފެއިންއާ ދުރުވާންޖެހޭ

ކެފެއިން އަކީ މައިގްރެއިން ގޯސްކުރާ އެއްޗެއްކަން ގިނަ މީހުންނަށް ނޭނގެނީ ކެފެއިން ހުންނަ އެއްޗެހި ބުއިމުން ލުއިވާތީ އެވެ. އެކަމަކު ހަގީގަތަކީ، ބޮލުގައި އެ ރިއްސަނީ ކެފެއިން ވިތުޑްރޯވަލް ނުވަތަ ކޮފީއަށް ދެވިހިފާފައި ހުރި މީހަކަށް ބޭނުންވާ ވަރަށް ކޮފީ ނުލިބިގެންކަމެވެ. މިހެން ރިއްސަން ފެށުމުން ކެފެއިން ހުންނަ އެއްޗެއް ބޯލުމުން ލުއި ވިޔަސް އަނެއްކާ ދެ ގަޑިއިރެއްހާއިރު ފަހުން ކޮފީ ބޭނުންވެ އެވެ.

މައިގްރެެއިންގެ ވޭން ކުޑަކުރުމަށް އެކި ސަޕްލިމެންޓްތައް ވެސް ބޭނުންކުރެވިދާނެ އެވެ. އަދި މިކަމަށް އެހެން ބައެއް ފަރުވާތައް ވެސް ހުރެ އެވެ. މި ކަންކަމަށް ޑޮކްޓަރުންގެ ލަފާ ހޯދައިގެން ކުރިއަށްދާށެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454