28 ޖެނުއަރީ 2022 - 20:06
ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާ އިން އުސޫލު ބަދަލުކޮށްފި އެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އާ ހަވާލާދީ، ސައުދީ ގެޒެޓުގައި ބުނެފައި ވަނީ، އެ ގައުމުގެ ކޮންޓެކްޓް ޓްރޭސިން އެޕް "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާ މިންގަނޑު އަންނަ މަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ. އޭރުން، 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ދައްކާނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ އަށް މަސް ނުވާ ނަމަ އަދި އަށް މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖެހުމުންނެވެ.
ކޮވިޑް ވެކްސިންގެ ވަނަ ޑޯޒް ޖެހިތާ އަށް މަސްވެފައިވާ މީހުން ސައުދީގެ ފެސިލިޓީތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަައް ހިންގާ ތަންތަނާއި މަތިންދާބޯޓުތަކަށް އަދި އާންމު ދަތުރުފަތުރުތައް ބޭނުންކުރާ ނަމަ ބޫސްޓާ ޑޯޒް ޖެހުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށް އެކަމަށް ބާރެއަޅައިފަ އެވެ.
ސައުދީގެ ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް މިނިސްޓަރު ޑރ. މުހައްމަދު އަލް އަބްދަލީ ވިދާޅުވީ އެޕިޑެމިއޮލޮޖިކަލް ކާވްގައި އިންފެކްޝަން ޖެހޭ މީހުންގެ އަދަދު ވެކްސިނާ އެކު މަދު ކަމަށް ރެކޯޑްތަކުން ކަށަވަރުވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް ފުރިހަމައަށް ތަބާވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމަ އަށް ބޯލެނބުމުން މި މުއްދަތުގެ ތެރޭގައި ހަމަޖެހުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ވެކްސިން ޖަހާފައިވާ ކަމަށް ކަނޑައަޅާނީ ތިން ކެޓަގަރީއަކަށް ފެތޭ މީހުން ކަމަށެވެ. އެއީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނާއި އެއް ޑޯޒް ޖެހުމަށް ފަހު 14 ދުވަސްވެފައިވާ މީހުން އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނެވެ. މިނިސްޓްރީން ބުނީ އުމްރާ ކުރުމާއި މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ މި ކެޓަރީތަކަށް ފެތޭ މީހުންނަށް އެކަނި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޓަރނަލް
29 January 2022
މިދެން ކިހާ ދެރަކަމެއް، ދިރާގު އިންޓަރނެޓެކޭ އެއްގޮތްމިވީ، ބޫސްޓަރު ނުނަގައި ވާނެ ގޮތެއް ހަމަ ނޯވޭ
ޙުސައިން ޢަލީ
29 January 2022
ޔަޙްޔާ. ތިއީ މިހާރުގެ ދިވެހިން. މީހަކު އެކަން އޮންނަ ގޮތް ރަނގަޅަށް ބުންޏަސް ހަޤީޤަތް ނޭންގޭ ޙާލު ޖަދަލު ކުރާނެ. މަޢުލޫމާތު ބައްލަވާ ހަޤީޤަތް އޮޅުން ފިލުއްވުމާށް ޙަރަމައިން ޝަރީފައިންގެ ޓްވިޓާ ހެޑްލް ބައްލަވާ
ހުޅަނގު1
29 January 2022
ކޮބާ "ޢިލްމުވެރިން" ކީކޭ ބުނަނީ. މިއީ އިސްލާމްދީން ނައްތާލަން ހުޅަނގުން ރާވައިގެން ކުރާކަމެއްބާ.
ވަހީދު
29 January 2022
ފިތުނަވެރި ކޮމެންޓް ނުކޮށް ހުރެބަލަ.
އަހުމަދުވަގާރު
29 January 2022
މުަސްލިމުން ގިނަ އަދަދަކަށް މުސްލިމުން މަރާ
ޙުސައިން ޢަލީ
29 January 2022
މަޢުލޫމާތު ރަނގަޅަށް އޮޅުން ނުފިލުވާ މިފަދަ އާޓިކަލްތައް ލިޔުނީމަ ރައްޔިތުން ހާސްކަމެއްގެތެރެއަށް އެވައްޓާލެވެނީ. ނޫސްވެރިން ޒިންމާދަރު ވާންޖެހޭ. ޢެ އެނައުންސްމަންޓަކީ މިވަގުތަށް ސައުދީ ރައްޔިތުންނަށާއި ސައުދީގައި ދިރިއުޅޭ ފަރާތްތަކަށް ކޮށްފައިވާ އެނައުންސްމަންޓެއް. ކުރިމަގުގަ ފަހަރެއްގަ އެހެން ގައުމުތަކުން އަންނަ މީހުންނަށް ވެސް މިކަން ކުރުމަށް އެންގުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑަކީ ސައުދީގައި މަސައްކަތް ކުރާ ދިވެއްސަކީމު.
ޔަހްޔާ
29 January 2022
ކަލޭ ތީ ތަރުޖަމާނެއް ވިޔަސް އެކަން އޮތީ އެހެން. ބުނެވޭ ގޮތުން މޯޑު ހިއްސާ ގަނެފި ފައިޒާގެ