އައްޑޫ ސިޓީ ކައުންސިލް އިދާރާ.
31 ޖެނުއަރީ 2022 - 11:27
މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު، އައްޑޫގެ އާބާދީ 35،000 އާ ގާތްކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އައްޑޫގެ މިހާރުގެ އާބާދީ އަކީ 34،722 އެވެ. މިއީ ޖުމްލަ އާބާދީ ނަމަވެސް، ސިޓީއެއްގެ ގޮތުގައި ހިމަނާފައިވާ އައްޑޫގެ ގިނަ ބަޔަކު ރަށުން ބޭރުގައި ދިރިއުޅެ އެވެ. ހާއްސަކޮށް ވެރިރަށް މާލޭގަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހިޖުރަކޮށްފައިވާ މީހުންނެވެ. އެކަމަކު މުޅި އައްޑޫގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
ކައުންސިލްގެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވަކިވަކި އަވަށްތަކުގެ އާބާދީގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބީ ހިތަދޫގަ އެވެ. ހިތދޫގެ އާބާދީ އަކީ 16،566 އެވެ. އާބާދީ ދެން ބެހިފައިވާ ގޮތަށް ބަލާއިރު ފޭދޫގައި 5،686، މަރަދޫގައި 3،845، ހުޅުދޫގައި 3،701، މީދޫގައި 3،015 އަދި މަރަދޫފޭދޫގެ އާބާދީ އަކީ 1،909 އެވެ.
ދެ ޖިންސްގެ މީހުންގެ އާބާދީ އަށް ބަލާއިރު ފިރިހެނުންގެ އަދަދަކީ 17،808 އެވެ. އަދި އަންހެނުންގެ އަދަދަކީ 16،913 އެވެ. އުމުރުން 18 އަހަރުގެ ދަށުގެ އާބާދީ އަކީ 8،845 އެވެ. ޒުވާނުންގެ އާބާދީ އަކީ 10،335، އެވެ. އުމުރުން 35-65 އަހަރާ ދެމެދުގެ މީހުންގެ އާބާދީ 13،128 އަށް އަރާ އިރު، 65 އިން މަތީގެ މީހުންގެ އާބާދީ އަކީ 2،411 އެވެ.
ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ އަތޮޅުގެ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދޫ އަކީ މީހުން ދިރިއުޅޭ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. އަދި އެ ދެ އަވަށް އޮންނަނީ އެއްފަސްކޮށް ގުޅިފަ އެވެ. އައްޑޫގެ އާބާދީގެ ބޮޑު ބައި ވެސް އޮންނަނީ އެއްފަސްކޮށް ގުޅިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރައްގީ ކޮބާ؟
31 January 2022
ތިޔައީ ޖޯކެއް. ތިޔަ 35000 މީހުން އުޅެނީ މާލޭގައި ކުލި ދައްކައިގެން. ނަމުން ސިޓީ ކިޔަކަސް ނުވާނެ.
ސަންކުއިކު
31 January 2022
ދެން ހިނގާ ކޮންޓިނެންޓެއްގެ ދަރަޖަދެމާ.
އާސިމާ
31 January 2022
35،000 އަށް މަތިވެއްޖެ ނަމަ، ދެން އަންނަ މަޖްލިސް އިންތިހާބެއްގައި އިތުރު ގޮނޑިއެއް އައްޑޫއަށް ލިބޭނެޔޭ. މިކަމާ މަމެން ވަރަށް އުފާވެޔޭ. ހިތަދޫގައި 4 ގޮނޑި ހަމަވީއޭ.
ކޮމަންޑޫ
31 January 2022
ގޮނޑިގިނަވެގެން ވާކަމެއްނޯވެ. ކަމެއްވަނީ ގޮނޑިހުސްވީމަ.
ނިޔާމު
31 January 2022
އަސްލު އައްޑޫގައި ދިރިއުޅޭނީ 22،000 ވަރަކަށް މީހުން. ( ބިދޭސީން ހިމަނައިގެން) ގިނަ ބަޔަކު މާލޭގައި އުޅޭއިރު، އިގްތިސާދީ ފުއްދުންތެރިކަން އަތޮޅުގައި ވަރަށް ދަށް.
ދޮންބެއަލީ
31 January 2022
އައްޑޫގެ އާބާދީ ހިޔާފުލެޓަށް ވުރެ ކުޑަވެއްޖެއެވެ. މަހީކުރީ ވަރަށް އާބާދީ ބޮޑުކަމަށް އައްޑޫގަ..
ޒަމް
31 January 2022
އައްޑޫ އާބާދީ ކޮންޓުރޯލުކުރާން ކަމެއްކުރާކަށްނުވޭތޯ އޮނަރަބަލް އަފީފޫ.
އައްދޯބެއް
31 January 2022
ހުޅުދޫގަ ގިނަ ގެތަށް ހުރީ ފަޅަށް ހުޅުދޫ މީހުން އުޅެނީ މާލޭގަ ރަށި އުޅެނީ ޕާޓޭންނާ މުސްކުޅިން