01 ޖެނުއަރީ 2022 - 10:40
އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވާން ކުރާ މަސައްކަތުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކުރިއަށް ގެންދަން ފަށާފައިވާ ޕެޓިޝަނުގައި ހުޅުދު އާއި މީދޫގެ ރައްޔިތުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި ރަށުން ބޭރުގައި ތިބި ދެ އަވަށުގެ މީހުން ވެސް ހިމެނެ އެވެ. މި ޕެޓިޝަނަކީ މީގެ ދެ އަހަރެއް ވެސް ކުރިން ވެސް ފެށި، އެކަމަކު ރަސްމީ ކުލައެއް ނުޖެހި އޮތް ކަމެކެވެ.
ސިޓީ ކައުންސިލުން ވަކިވާން ސޮއިކުރާ މި ޕެޓިޝަނަކީ އެ ކައުންސިލުން ވަކިވެ ހުޅުމީދު ވަކި ރަށު ކައުންސިލެއްގެ ގޮތުގައި ހިންގޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދި ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ ޕެޓިޝަނެކެވެ. މީދު އާއި ހުޅުދޫގެ މެޖޯރިޓީގެ ސޮއި ހޯދުމަށް ފަހު ވަރަށް އަވަހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަން ހުށަހަޅަން ހަމަޖެހިފައިވާ ކަމަށް މިކަމުގައި މީދޫގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ އަހުމަދު ޝިޔާމު ވިދާޅުވި އެވެ.
އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ ސޮއިކުރުން މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މީދޫގެ ރައްޔިތުންގެ ސޮއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޯދައި ނިންމާނެ ކަމަށެވެ.
"ހަތަރު ދިމާއަކަށް ބަހާލައިގެން މީދޫގައި ސޮއި ހޯދުން މިހާރު ވަރަށް ފޯރީގައި ކުރިއަށް އެބަދޭ. އަދި ހުޅުދޫ ފަޅިން ވެސް ވަރަށް އަވަހަށް މި މަސައްކަތް ހަލުވިވެގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި އިރު، އެ ދެ އަވަށް ކައުންސިލުން ވަކިކުރުމުގެ މައްސަލަ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވެފައިވެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ދެ އަވަށުގެ ރައްޔިތުން ތިބި މިކަމަށް ވަރަށް ބޮޑަށް ތާއިދުކޮށްގެން މިކަން ކުރަން ނުކުމެ ކަމަށްވާތީ ސިޓީ ކައުންސިލުން ވަކިވާން ކުރާ މަސައްކަތް ކާމިޔާބު ވެސް ވާނެ އެވެ.
"މިކަމަކީ ކުރިން ވެސް އެކި ފެންވަރުގައި ވާހަކަ ދެކެވި، އެކަމަކު ހިޔާލު ތަފާތުވުންތަކަކާ ހެދި ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައި އޮތް މަސައްކަތެއް. އެކަމަކު މިހާރު މިކަން ކުރަން ގިނަ ބަޔަކަށް ފެނި މިކަމަށް ގިނަ ބަޔަކު ތާއީދު ވެސް ކުރާތީ މިކަމަށް ކުރާ މަސައްކަތަށް ދެން ހުއްޓުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ. "މިކަން ކާމިޔާބު ވަންދެން އަހަރެމެން މި ތިބީ ކަމުގައި ކުރިއަށް ދާން."
ޝިޔާމް ވިދާޅުވި ގޮތުގައި ހުޅުމީދު އަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ ސިޓީ ކައުންސިލާ ވަކިވެ، ވަކި ކައުންސިލްގެއް ގޮތުގައި ހިންގުމެވެ. އިދާރީ ގޮތުންނާއި ހިދުމަތްތަތައް ހޯދުމާއި ލިބިގަތުމާއި އިގުތިސާދީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލާ ވަކިވުމަށް ހުޅުމީދޫން ކުރާ ކެމްޕޭން ވަރުގަދަވަމުންދާ އިރު، މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ދެ އަވަށް ސިޓީ ކައުންސިލާ ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އައްޑޫގެ އެހެން އަވަށްތަކާ މުޅިން ވަކިން އޮންނަ ހުޅުދު އާއި މީދުއާ އެކު އައްޑޫގައި އޮންނަނީ ހަ އަވަށެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދު އާއި މީދު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދޫ މީހާ
02 January 2022
ވަރަށް ރަނގަޅު ކަމެއް. ގުޅިފައިވާ ރަށްތަކުގެ ނުފޫޒުން، ކައުންސިލަރުންގެ މެޖޯރިޓީ ސާކަލް އިން އެހެން ބަޔަކަށް ކަމެއް ލިބިގެންދިއުމަކީ ނާދިރުކަމެއް. ހުޅުދޫ މީދޫގެ ރައްޔިތުން މިކަމަށް ތާޢީދު.
މީދޫމާލޭމީހާ
02 January 2022
ތިއީ ތިބޭފުޅާގެ "ކޮށި ވިސްނުން" އެކަނި. ރައްޔިތުންނޭ ކިޔައިގެން ބޮޑުނުކުރޭ. ރައްޔިތުންނޭ ކިޔައިގެން ވާހަކަދެއްކޭނީ ރައްޔިތުން އެކަމުގެ މޭންޑޭޓު ދީފައިވާ މީހަކަށް. މިސާލަކަށް ތިދެރަށުގެ ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދެއްކޭނީ ރައްޔިތުން ހޮވާފައިތިބި ކައުންސިލަރުންނަށް ނޫނީ މަޖިލިސް މެމްބަރުންނަށް
އިސްލާހުޖާޑި
02 January 2022
އަހަރުމެން މިލިއަނެއް ހަމަނުވާ ގައުމެއް ސިޔާސީ ގޮތުން މާ ނުސިޔާނުވިޔަސް އަހަރުމެންގެ ފަރުދީ ހުނަރު ދެއްކިދާނެ ،ވެރިކަމެއް ހޮވާފަވެސް އަނެއްދުވަހު ވެރިކަން ވައްޓަން ، މަޖްލިސްމެމްބަރާއި ކައުންސިލަރު ހޮވާފަ އަނެއްދުވަހު އެ ދެ މީހުން ވައްޓަން ، އެމީހަކާއި ހަވާލުކޮށްފައިވާ އަމާނާތް ރަނގަޅަށް އުފުލާ މީހަކު އަބަދު ސިޔާސީ ޕޯޑިއަމުން ، ކްލަބް ހައުސް އިން ، ކޮފީމޭޒުން ފެންނާކަށް ވަގުތެއް ނުވާނެ ، ކައުންސިލުން ބޭރުނުވެގެން ބޮޑުވަރު މިއީ
ެއެދުރުކަލޭގެފާނު
02 January 2022
ހުޅުމީދޫގެ ހަލާކަކީ ޒަމާނުއްސުރެންވެސް ގުޅިގެން އުޅެން ނޭގުމެވެ. މާލެއަށް ހިޖުރަކުރި ހުޅުމީދޫ ރައްޔިތުންނަށް ބެލިޔަސް މިކަން އޮތީ މިހެންނެވެ. ހުޅުމީދޫ ބަހަންވެގެން މިއުޅެނީ ހުޅުމީދުއަށް ނުވެސްދާ، މާލެގައި ވަޒަންވެރިވެގެން އުޅޭ ނަމުން އެރަށަށް ނިސްބަތްވާ މީހުންނެވެ. ހުރިހާ ތަކުލީފެއް ޖެހޭނީ އެދެރަށުގައި ދިރިއުޅޭ މީހުންނަށެވެ.
ނަސީހް
02 January 2022
ހޫނ ދެން ދޭބަލަ. އަހަރުމެން ނޫޅެން ކަލޭމެން ހިފަހައްޓާކަށް.
ސަރުދާރުު
02 January 2022
ހުޅުމީދޫ މީހުންނަާް ރަނގަޅު ވާނީ ވަކި ކައުންސިލެއް އޮވެގެނޭ. އެއީ ކައުންސިލަރުން މީޓިންގ އޮންނަ ކޮންމެ ދެވަހަކު ހިތަދޫއަށް ދާންޖެހުމަކީ ފަސޭހަ ކަމަކަށް ނުވެފަ، މުޅި ސިޓީގެ ނަމުގައި ބަޖެޓު ހޯދުމަށްފަހު މެޖޯރިޓީ ހަރަދު ކުރެވެނީ ހިތަދޫއަށް. އަދި ވޯޓަކަށް ދިޔަސް މެޖޯރިޓީ ލިބެނީވެސް ހިތަދޫގައި ކަންކަން ކުރުމަށް އެހެންވީމަ ވަކިވެފަ ހިތަދޫ ސިޓީ ހެދުން ރަނގަޅުވާނީ
ހުޅުދޫ މީހެއް
02 January 2022
ހިތަދޫއަށް ވެސް ވޯޓް ލެވޭނީ އާބާދީގެ ނިސްބަތުން ތިބި ކައުންސިލަރުންގެ އަދަދަށެވެ. ޚަރަދަށް ބަލާއިރު ތިޔަ ދެރަށަށް، ކޮންމެ ދެގެއަކަށް ބަނދަރެއް އޮންނަ އިރު ހިތަދޫ ބަނދަރެއް ނެތެވެ. މީހަކު މައްސަލައެއް ނުޖައްސައެވެ. ތިޔައުޅެނީ ކޮންމެވެސް އެހެން ކަމެއް ޙާސިލްކުރާށެވެ.
މުޑުދާރު
02 January 2022
ތިދެރަށުގައި ކޮންކަމެއް ނުކުރެވިގެން ކޮންކަމަކަށް ބަޖެޓުނުލިބިގެން ކޮންކަމެއް ފާސްނުވެގެން ތިއުޅެނީ؟ މީޓިންގަށް ދާންޖެހޭ ވާހަކަދައްކާއިރު މިޒަމާނަކީ ފިޒިކަލީ ތަންތަނަށް ދާންޖެހޭ ޒަމާނެއް ނޫން. ކައުންސިލަރުން ބޭނުމިއްޔާ އޮންލައިންކޮށް މީޓިންތަކުގަ ބައިވެރިވެވޭނެ. ބޮލަކަށް ޖެހޭ ނިސްބަތުން ތިދެރަށުގައި ކުރެވިފައިހުރި ކަންކަން ގިނަވާނެ. ދެން ބޮޑެތި ހޮސްޕިޓާތަކާއި ޔުނިވަސިޓީތައް އަޅާނީ މީހުން ގިނަތަނެއްގައި. ވަކިވެގަތަސް އެކަމެއް ނުވާނެ.
މިންހާޖު
01 January 2022
ވަކިވެގެން މިވެރިން އިޤްތިސާދީ ގޮތުން ކުރަން ނިންމާފައި އޮތީ ބޯވަ ނެގުން ކަމަށް އިތުބާރުހުރި މަސްދަރަކުން އެނގި ކަށަވަރު ވެއްޖެ.
ވަކިވީ އަސަރާއެކު
01 January 2022
ކަލޭމެން އަބަދުވެސް ބޭނުން ވާަނީ ވަކިވެގަންނަން. ތާރީޚްގެ ކަޅު ސަފުހާތަކުން އެކަން ވަރަށް ރަގަޅަށް ދޭހަވޭ.
ކޮމެންޓް ބޯއި
01 January 2022
* މިކަން މިކުރަނީ ރަށުގައި ހުރެގެން ރަށުގައި އުޅޭ މީހުން * 90 އިންސައްތ މިކަމަށް ތާއީދު. * ނިޒާރު ބިރުދެއްކިޔަސް ފަރުވާލެއް ނެތް. * ވަކިވެގަތުމޭ ބުނާ މީހުންނަށް އެނގޭތަ މީދޫ އަދި ހުޅުދޫ އަކީ ޖިއޯގްރަފިކަލީ ހިތަދޫއާއި އެއްފަސް ރަށްތަކާ ވަކިން އޮންނަ 2 ރަށެއްކަން؟ ވަކިން އޮންނަ ބައެއް އިތުރަށް ވަކިވޭތަ؟
އެދުންބޮޑޭ
01 January 2022
ދެން މާމޮޅުކަމެއްކަމަށް ބޮޑެތި ބަޔާންތައް ތިދެނީ، ވަކިވެގަތީމަ ލިބޭނެ އެންމެ ފައިދާއެއްވެސް ނިކަން ބުނެބަލަ. ފަހަރެއްގައި ތީނައަށް ނުވަތަ އާއިލާ މީހަކަށް މަގާމެއް ލިބިދާނެ. ވާނެ، އިތުރުކަމެއް ނޯންނާނެ. އިތުރު ބިމެއް، އާމްދަނީއެއް، އާބާދީއެއް އޮތީކީ ނޫން. ވަކިވެގެން ކަންތައް ކުރާނެގޮތެއް ނިކަން ބުނެބަލަ! ފުރަންދާނީ ފުވައްމުލަކު ސިޓީ އެއާޕޯޓަށްތަ؟ ނޫނީ އައްޑޫ ސިޓީ އެއާޕޯޓަށްތަ؟ ނޫނީ އަމިއްލަ އެއާޕޯޓެއް ކަނޑުގައި އަޅާނީތަ؟ މިއަށް ލައިކުކުރީ %90 ތަ
ބަރަބޯހުއްތު
01 January 2022
ވަކިވާން އުޅޭބަޔަކު ވަކި ކުރަންވީނުން. ހުޅުދޫ މީދޫ ދެރަށްވެސް ދެއަތޮޅަކަށް ހަދާ ކޮންމެރަށެއްގެ ކޮންމެ އަވަށަކަށް ވެސް ވަކި ކައުސިލެއް ހަދާދޭންވީ. ކީކީދެން ބުނާނީ
ކަދީދައްތަގެ މުނީރާ
01 January 2022
މިކަމުގާ އަފީފު ދީދީގެ ބަސް ވަރަށް އަވަހަށް ބުނުން ބޭނުން. އެންމެފަހުބަސް ބުނާނީ އޭނާ.