"މައްސަލަތައް ހައްލުކުރަން އެ ޓީމު މަސައްކަތް ކުރާނީ މަގުމަތީގައި ރައްޔިތުންނަށް ފެންނަ ގޮތަށް. މި ކަމަށް ބޭނުންވާ ހާއްސަ ޓްރޭނިންތަކާއި ހާއްސަ އިކުއިޕްމަންޓާ އެކު މާ ލަސްތަކެއް ނުވެ ފުލުހުން ހަރަކާތްތެރިވާން ފަށާނެ."
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގޭންގުތަކާ ދެކޮޅަށް ފެށި މަަސައްކަތުގެ ނަތީޖާ ނެރޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި. -- ފޮޓޯ/ މިހާރު
01 ފެބުރުއަރީ 2022 - 11:27
އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޭންގްތަކުން ރާވައި ހިންގާ ކުށްތައް ހުއްޓުވާނެ ހާއްސަ ޓީމެއް އެކުލަވާލަން ނިންމާފައިވާ ކަަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވަން ދެ ޓާސްކް ފޯސް އެކުލަވާލައި، ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާ އެކު ފުލުހުންނާއި ސިފައިން އަންނަނީ މި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މިހާރު ކުރަމުން އަންނަ ކަމަކީ އާއްމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ އަދި ގާނޫނާއި ގަވައިދަށް ބޯނުލަނބައި ގްރޫޕްތަކުން ހިންގާ އަމަލުތައް ހުއްޓުވަން އެ މީހުންގެ ކަންކަން ގާތުން ބެލުމެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 24 ގަޑިއިރު އެކި ސަރަހައްދުތައް ބަލައި ކުށްތައް ހުއްޓުވުމުގައި އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި އޮޕަރޭޝަން ދެމިގެންދާނީ ސިފައިންނާ އެކުގައި ނޫން ކަން ފާހަގަކުރައްވަމުން ވިދާޅުވީ ގްރޫޕްތައް ހުއްޓުވަން ފުލުހުންގެ ތެރެއިން ޓީމެއް ނަގާނެ ކަމަށެވެ.
"މައްސަލަތައް ހައްލުކުރަން އެ ޓީމު މަސައްކަތް ކުރާނީ މަގުމަތީގައި ރައްޔިތުންނަށް ފެންނަ ގޮތަށް،" ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާ އެކު މަގުތަކަށް ސިފައިން ނެރެން ޖެހުނު މައިގަނޑު އެއް ސަބަބަކީ ނިޒާމުގެ ތެރޭގައި ބާގަނޑުތައް ހުރެގެން ނުވަތަ ކުށްތަކަށް އަރައިގަންނަ މީހުންގެ ބާރުވެރިކަން އިތުރުކުރަން މަގުފަހިވެފައިވާތީވެ ފުލުހުންނަށް ދިމާވާ ދަތިތަކުގައި އެހީއެއް ހޯދުމެވެ.
"އެކަމަކު މުސްތަގުބަލުގައި ސިފައިންނާ އެއްކޮށެއް ނޫން މި މަސައްކަތް ކުރާނީ. މި ކަމަށް ބޭނުންވާ ހާއްސަ ޓްރޭނިންތަކާއި ހާއްސަ އިކުއިޕްމަންޓާ އެކީގައި މާ ލަސްތަކެއް ނުވެ ފުލުހުން ހަރަކާތްތެރިވާން ފަށާނެ،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ލޭ އޮހޮރުވުންތަކާއި މާރާމާރީ ހިންގުން ފަދަ ކަންކަން މަދުވެފައި އޮތީ ގޭންގުތަކުގެ ކުށްކުރުމުގެ ޓްރެންޑް ބަދަލުކޮށްފައި އޮތުމުންނެވެ. އެ މީހުންގެ ވިސްނުން ހުރީ ކުށްކޮށްގެން ނުވަތަ ޑްރަގްސް އެތެރެކޮށް ވިއްކައިގެން ފައިސާ ހޯދުމަށެވެ.
"މާރާމާރީ ހިންގާއިރު ވެސް ފުލުހުންގެ އަތު ނުވުން. މި ގްރޫޕްތަކަށް ދައުލަތުގެ ސަމާލުކަން ނުލިބޭ މިންވަރަށް ހަރަކާތްތައް ހިންގުން އެއީ މިހާރު ކަންކަން ކުރަމުން އަންނަ ގޮތް," ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ފަށާފައިވާ އޮޕަރޭޝަންގައި މި ފަހަރު ނަތީޖާ ނެރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
22 March 2022
ސަބަހޭ އިބޫ ރައްިތުން އެންމެ ބޭނުން ޖެހިފަވާ ކަމަކީ ތިޔަ ފަަދަ މުޖުރިމުން ހިފާ ހައްޔަރުކޮއް ފިޔަބުރިކުރުން މަގޭވޯޓު އިބޫއައްލިބޭނެ ޔަގީން
ަސދަ
02 February 2022
ނުވާނެ ތިކަށް ހުސްފޮނު އަރުވާ މީހެށް ތީ ހަމަވިކޭނެ = ޢޯލް ހޭވް އަށް ޕަރައިޒް ޓެގް
ބަބޫ
02 February 2022
ދެތިން ކަމެއް ކޮށްލަން ޖެހޭނީ ގޭންގް މައިތިރިކުރަން. 1. ޕީޖީ ޝަމީމް ބޭރުކުރުން 2. ފުލުހުން ތިހަދާ ޓީމަށް ބާރުދިނުން 3. ހިއުމަން ރައިޓްސް ލައްވާ ހަޅޭކަށް ނުބެލުން. 4. ސިޔާސީ މީހުންނަށް ބީރުކަންފަތެއް ދިނުން
ބުއްފުޅި ޕޮލިސް
01 February 2022
ވަކި ޓީމެއް ހެދުމުގެ އެންމެބޮޑު އެއް ނުރައްކަލަކީ އެ ޓީމު ފާހަގަވެ ގޭންގުތަކާ ބައިޔަތު ހިފައި ގޭންގުތަކަށް މައުލޫމާތު ފޯރުކޮށްދޭން ފެށުން. އެންމެން އެހެން ވާނެއެކޭ ނޫން. ނަމަވެސް ނުބައިބޮޅެއްގެ ގެއްލުން އެންމެނަށް ލިބޭނެ. ސްވޮޓް ޓީމެއްގައި ހުންނަންޖެހޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހުނަރާއި ގާބިލުކަން ނެތްނަމަ ފޫނެއް ފަޔަކަށް ފެންފުރުމަކަށް ވެދާނެ. ފުލުހުންގެ ޓްރޭނިންގތައް ވަރަށް ބުއްފުޅި.
އެކައްޗެކޭ
01 February 2022
މަބުނީ މާލޭ މަގުތަކުގަ ހުރި ރުއްތައް ކެޑީ ކޮންބައެއް ކަން އިގޭތަ....
ސިޔާސީ ޖަރީމާ
01 February 2022
ކޮމިޝަނަރު ބަލަންވެއްޖެނުން މާލޭގަ މިހިިރަ ފުޓްސަލް ދަނޑުތައް ހިންގަނީ ކޮންބައެއްތޯ؟ ހަމަ ބޭފުޅާއަށް ނޭގިގެންތޯ އެކަން އެގޮތަށްވެސް އެހިގަނީ. މާލޭގަ ޒުވާނުން ފުޓްބޯޅަ ކުޅެން ދާން ބޭނުންވިއްޔާ ދަނޑުހޯދަން ކަންކުރަންޖެހޭ ގޮތް ބޭފުޅާއަށް އިނގޭތޯ؟ މިއީ ސާފުކޮށް ފެންނަން ހުރިކަންކަން. އެކަމަކުވެސް ބޮޑު ގޮޑީގައި އިނދެގެން މާދަމާ ގޭންގު ހުއްޓުވާނަން. ޑްރަގް ހުއްޓުވާނަމޭ ކިޔަސް ނުވެސް ކުރާނެ އެކަމެއް ތިބޭފުޅުންނެއް.
ސިޔާސ
02 February 2022
ދިމާކުރާގޮތަށް ނަހަދާ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ރަނގަޅު ޚިޔާލު ލިޔެލަބަލަ.
އުންސުރުހަމަނުވޭ
01 February 2022
މިއޮތްހާދުވަހު ތިބޭފުޅާ ކޮމިޝަނަރަކަށް ހުރެ ކޮން ގޭންގެއް ހިފެހެއްޓުނީ. ހައްޔަރުކުރަނީ ކަންމަތީގަ އުޅޭ ބޯއިސްކޮޅު. ގޭންގް ހިންގާ މީހާ ސިޔާސީ މީހަކާ ގުޅިފަ. އަތުލައިގަތަސް ދުވަހަކުވެސް އުންސުރެއް ހަމައެއްނުވޭ. ދެން ކޮބާ ތިކުރާ ކަންކަމުގެ ބޭނުމަކީ؟ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުން ނޫން ދެން ކޮންކަމެއް. ލަދުނުގަންނަކަމޭ
ސިޔާސ
02 February 2022
ވތުވެދިޔަ ފަސްއަހަރު 30 އަށްވުރެ ގިނަ މީހުން ގޭންގުތަކުން މަރާލީ، އެކަމަކު ވޭތުވެމިދާ 3 އަހަރު މިފަދަ މަރެއް އަދި ނުހިގާ ކަމެއް ނުހިނގާކަން އެނގޭތަ؟
ވޮންކާ
01 February 2022
ސީޕީ ހަމީދަކީ ކަމެއްނުވާ ފިޑި މީހެއް. މީނަގެ ބެލުމުގެ ދަށުން މުއައްސަސާދަނީ ފަހަތަށް.
ޟާޣށޫށޯ
01 February 2022
އޭ މަގޭ މޭން އާ ނުބެހެއްޗޭ
ލަދުނުގަންނަކަން
01 February 2022
މޭންއަކަށް ހަދާބަލަ. މޭންއަކަށް ނުވެއެއްނުން ކަމެއް. މިގައުމުގަ އެތައް މިތާ ބިތްޖެހިފަ ތިބި ކިތައް ޒުވާނުން. އާންމު ތަންތަނުގަ ނިދާ ކައިބޮއި ފާހާނާ ކުރާއިރު އެތަން ތިމޭންއަކަށް ނުފެނޭނުން.
އެއްކަލަ މައިމޫނާ
01 February 2022
މިހާރު އުޅޭ އެންމެ ނުރައްކާ ގޭންގަކީ އެޗް ޕީ އޭ،، މީހުން ގެ ދަރިން ގަޔައް ވާނުވާ އެއްޗެއް ޖަހަން މި މި މަޖުބޫރު ކުރަނީ،، ދަރީން ނަކީ އަމާނާތެއް،، ދިވެހިން ހޭލާން ވެއްޖެ،، ކެނެޑާގެ ޓްރަކާސް ކޯންވޯއި ބަލާބަލަ،، މިނިސްޓަރުން ފިލަނީ އެއޮއްގެން،،
ވަކަފޫޅު
02 February 2022
ތިމާމީހާގެ ދަރިންތިބިނަމަ އެކުދީންނަށް ޕޯލިއޯ ވެކްސިން ޖެހިންތަ؟ ނުވަތަ ތިމާއަށް އެވެކްސިންޖެހިބާ؟
2000
01 February 2022
ނުވާނެ އެއްވެސް ކަމެއް. ތިޔަހެން ކިޔާފައި މިދިޔަ މަހުގައި ވެސް . އެއްކިލޯ މީޓަރ ހަމަ ނުވާ ރަށެއްގެ މަގު މައްތި ނުބެލެހެއްޓިގެން އުޅޭ ބަޔަކަށް ކޮން ގޭންގެއް ހޯދޭނީ. ސިޔާސީ މީހުން އެއީ ގޭންގް ލީޑަރ
ނީކަ
01 February 2022
ދެން އެއިން މީހަކު ގައިގަ ފުލުހަކު ބާރަށް ހިފާލިޔަސް އެވީ އަނިޔާއޭ އަނިޔާއޭ ކިޔާފަ ފިޔަވަޅު އަޅާ މަޤާމުދަށްކޮށް މަޤާމުން ވަކިކުރަން..ތިވަރުން ފުލުހުންނަކަށް ނުވާނެ ތިޔަކަމެއް
އަނިޔާއަކީ އަނިޔާ
01 February 2022
މީހުން ހައްޔަރުކުރަންވެސް ހަމައެއް އޮވެޔޭ. ތިހިރީއޭ ފެންވަރު