އާލޮންޑޯ ކުކް (ބެންޑޯ): ކުރިއަށް އޮތް ގައުމީ ބާސްކެޓް ލީގުގައި އޭނާ ކުޅޭނީ ކިންގްސް އަށް
02 ފެބުރުއަރީ 2022 - 15:15
ސައުދީ އަރަބިއާގެ ބާސްކެޓް ބޯޅަ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކުރިން ހޯދައިފައިވާ، އާލޮންޑޯ ކުކް (ބެންޑޯ) ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.
ދުނިޔޭގެ ބާސްކެޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު އެމެރިކާ އަށް އުފަން، ބެންޑޯ އަކީ އިސްކޮޅުގައި ހަ ފޫޓު، އަށް އިންޗި ހުންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޔޫއޭއީ އާއި އުރުގުއޭ އަދި އާޖެންޓީނާގެ ބާސްކެޓް ލީގުގައި ވެސް ކުޅެފަ އެވެ.
މިމަހު ފަށާ ގައުމީ ލީގުގެ ތަށި މިލްކު ކުރުމުގެ އަމާޒުގައި ކިންގްސް އިން ވަނީ ވަރުގަދަ ޓީމެއް އެކުލަވައިލައިފަ އެވެ. މީގެ ކުރިން އެ ޓީމަށް ކުޅުނު އެމެރިކާގެ ޑިކޯރޭ ޖޯންސް ވެސް ވަނީ އަލުން ގެނެސްފަ އެވެ. އެންމެ ފަހުން ކިންގްސް އިން ގައުމީ ލީގު ކާމިޔާބު ކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގައުމީ ލީގުގައި އެ ޓީމަށް އިރުޝާދު ދޭނީ ކުރިން ވެސް ކިންގްސްގައި މަސައްކަތް ކުރި ފިލިޕީންސްގެ އެރިކް ސަމްސަން އެވެ. އޭނާ އަށް އެހީވުމަށްޓަކައި ކިންގްސްގެ އެކަޑެމީ ކޯޗް ޖޭ ސަލަޒާ އާއި ކިންގްސްގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް ވެސް ހަރަކާތްތެރި ވާނެ އެވެ.
ކިންގްސް އަށް އަލަށް ސޮއިކުރުވި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދިވެހި ކުޅުންތެރިޔަކީ ޓީރެކްސް އަށް ހަތް އަހަރު ކުޅުނު އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އަދި ކުރިން ޓީރެކްސް އަށް ކުޅުނު އަހްމަދު ހުޝާމް (ތުއްބެ) ވެސް ވަނީ ކިންގްސް އަށް ސޮއިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
03 February 2022
ދިވެހި ރާއްޖޭގެ ބާސްކެޓް ކުރިއަރުން ވަން ބޭނުން ވަނީ ގައުމު ތަކުން މޮޅެތި ކުޅުން ތެރިން ނެއް ނޫން ،ހަމަ އެއްމެ ބަދަލެއް (ސުޕުން ބޭރުކުރުން) އޭރުން ހުރިހާ ކަމެއް ވީ.
މަޖާބެ
02 February 2022
އެމް ބީ ޢޭ އަދި ސުޕުން ގެ ރެޕްޓާސް ކަންތައް ދިޔައީ ކިންގްސް އަތުން ބަލިވާ މެޗް ގަ ސުޕުން އައް ހާރޓް އެޓޭކް ޖެހޭނެ ހެން ހީވަނީ
ވ.މަޖާބެ
02 February 2022
ހާރޓް އެޓޭކް ޖެހި ރެލެގޭޓް ވެސް ވެއްޖެ. ހހހ