ވެލެންސިއާގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ): ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް ބުނީ އޭނާގެ މަގާމު ފޫބެއްދޭނެ ކަމަށް. --- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ފެބުރުއަރީ 2022 - 17:56
ފަނަރަ ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި އަސްހަދު އަލީ (އަޑުބަރޭ) އަކީ ވެލެންސިއާގެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އޭނާ ނެތްތަން ފޫބެއްދޭނެ ކަމަށް ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ، އަޑުބަރޭ 15 ދުވަހަށް ޖަލަންލާން ހުކުމް ކުރުމުން ކުރިއަށް އޮތް ޕްރިމިއާ ލީގުގެ ކުރީކޮޅު ވެލެންސިއާ ކުޅޭ މެޗުތަކުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. ކޯޓުން ހުކުމް ކުރުމުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން މިއަދު ވަކި ކުރި އަޑުބަރޭ މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގަ އެވެ.
"އަޑޭ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ބައެއް މެޗުތަކުގައި ވެލެންސިއާގެ ގޭމް ކުޅޭ ގޮތުން އިދިކޮޅު ޓީމުގެ ހަމަލާތައް ދިފާއު ކުރުމުގައި އޭނާގެ ވަރަށް ބޮޑު ރޯލެއް އޮވޭ. އެކަމަކު އޭގެ މާނައެއް ނޫން އޭނާގެ މަގާމު ފޫނުބެއްދޭނެއެކޭ،" ހީނާ ބުންޏެވެ.
"ވެލެންސިއާގައި މި އޮންނަ ގޮތަކީ އެ ކުޅުންތެރިއަކު ޕްރެކްޓިހަށް އައީމާ ދެން ކޯޗިން ޓީމުން ވިސްނާނީ އެ ކުޅުންތެރިޔަކު ހިމަނައިގެން ގޭމް ޕްލޭން އެކުލަވާލާނެ ގޮތް. ކްލަބުން ހުއްދަ ނަގައިގެން އަޑޭ ހުރީ ޗުއްޓީއެއްގައި. އަނެއްކާ ވެސް އޭނާ ޕްރެކްޓިހަށް ނުކުންނަން ފެށީމަ ދެން ވިސްނާނީ އޭނާ ލައިގެން ކުޅޭނެ ގޮތެއް."
ހީނާ ބުނީ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން އަދި ހަސަން ސުފިއާން އަކީ އަސްހަދުގެ މަގާމަށް ކުޅެވޭނެ ކުޅުންތެރިންތަކެއް ކަމަށެވެ. ވެލެންސިއާގެ ސްޕެއިންގެ ޑިފެންޑަރު ހޯޒޭ އެންޓޯނިއޯ ވެސް މަޑުމަޑުން ކުޅުމުގެ ތެރެއަށް އަންނަން ފެށުމުން ޑަކްސަން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުވައިގެން ހައްލުތަކެއް ހޯދޭނެ ކަމުގެ އުންމީދު އޭނާ އަށް އޮތް ކަމަށް ބުންޏެވެ.
ރ. އަލިފުށީގައި މިދިޔަ މަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ވެލެންސިއާ އަށް ކާމިޔަބު ކޮށްދިނުމުގައި އަޑުބަރޭގެ ހިއްސާ ޓީމުގެ މިޑްފީލްޑްގައި ބޮޑެވެ.
ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އޭނާގެ ނުރުހުމުގައި ނެގިކަމަށް ބުނެ 2016 ގައި އަޑުބަރޭ 15 ދުވަހަށް ހައްޔަރު ކުރި އެވެ. އެކަމާ ގުޅިގެން އޭރު އޭނާ ކުޅުނު މާޒިޔާގެ މުހިންމު މެޗުތަކެއް ގެއްލުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
04 February 2022
ފިލިބަރޭ ....
ލަދުބަރޭ
03 February 2022
އަދިވެސް މީނަގެ މުހިންމު ވާހަކަތަ؟ މިކަހަލަ މީހެއް ލައިގެން ކުޅެން ލަދުނުގަންނަނީބާއޭ ހިތައް އަރާ. މިހާރު މީނަ ހުންނަން ޖެހޭނީ ފުޓްބޯޅަ އިން ދުރު ކޮށްފަ. ހީނަމެންގެ އަގު ތި ވެއްޓެނީ ތިކަހަލަ މީހުން ޑިފެންޑު ކުރަންޔާ! ޟޭމް އޮން ވެލެންސިއާ ޓޫ!!
ލުއި
04 February 2022
ހީނާ ކޮންއިރަކު އަޑުބަރޭ ދިފާޢުކުރީ؟
ޖުކި
03 February 2022
މެންޗަސްޓަރ އިން ބުނިތަ ގްރީންވުޑް މުހިންމޭ. ވަކި ލިމިޓަކުން މައްޗަށް ދިޔައިމަ އެއީ ދެން ފުޓުބައަށް ހުތުރު އެރުވުން.
ރަދީފު ބިން ރަފައިދާ
02 February 2022
އަޑުބަރުމީހަކަށްތުރެ މިހާރު ޓީމަށް ބޭނުންވަނީ އަޑުލުއިމީހަކު.
ބިލް ކުލިންޓަން
02 February 2022
އަޑޭ އެހުރީ މުސްކުޅިވެފާ. އޭނާގެ ބަދަލަށް ޒުވާންކުޅުންތެރިއެއް ތަމްރީނުކިރާންޖެހޭ އެނާކުޅޭ މަގާމަށް.
ާލިގާ
02 February 2022
މިފަދަ ކުޅުންތެރިންނަށް އެއްވެސްޓީމަކުން ފުރުސަތު ނުދިނުން މުހިއްމު. ޓީމުތަށްވެސް ވާންޖެހޭނީ ސޮސައިޓިގެ އަޚްލާގީމިންގަނޑުތަށް ހިފަހަޢްޓާ ބަޔަކަށް.
ކޮރަލް
02 February 2022
ހީނާ މެން ވެސް މިކަހަލަ އަހްލާގް ދަށް މީހުންގެ މުހިއްމު ވާހަކަ މިވަގުތު އެބަ ދައްކަ އެވެ. ފުޓް ބޯޅަ ކުރި އަރާ މޮޅު އަދި އަހްލާގް ރަނގަޅު ބަޔަކު ކުޅެގެންނެވެ.
ރަދީފްއޮފިޝިއަލް
02 February 2022
ފިނިޝްޑް ޕްލޭޔަރ.