މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 ފެބުރުއަރީ 2022 - 13:05
ޓީޗަރުންގެ މުސާރައަށް އަންނަ ބޮޑު ބަދަލާ އެކު، ހުނަރުވެރި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، މިއަދު އެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް ފެށުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް، އިތުރު ގަޑީގެ ފައިސާ ނުހިމަނައި، ބޮޑުވާނެ ކަމަށެވެ.
އާ ބަދަލާ އެކު މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް ބޮޑު ކޮށްދީފައިނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އިއުލާންކުރުމަކީ ސްކޫލްތަކާ ގުޅިފައިވާ އެންމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވަން. މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ދިވެހިރާއްޖޭގެ ތަރައްޤީ އާ. މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބޭން. #RiyaaseeBayaan2022
— Aishath Ali (@aisthly) February 3, 2022
ޓީޗަރުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއަށް ކަމަށާއި އެކަމުން ހުނަރުވެރި ދަރިވަރުން ޓީޗަރުކަމާ ކުރިމަތިލުމަށް ޑރ. އައިޝަތު އަލީ އެދިވަޑައިގަތެވެ.
"މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމި ތިބޭން،" މިނިސްޓަރުގެ ޓްވީޓުގައިވެ އެވެ.
ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއި
06 February 2022
ނ. އަތޮޅު ފޮއްދޫގައި 35 ކުދިންނަަށް 6 ބިދޭސީ ޓީޗަރުން، 10 ދިވެހިޓީޗަރުން. ސްކޫލްތެރޭގައި އޮތީ ދެބަސްވުން
މުހައްމަ
04 February 2022
ބޭނުންވާ ހުނަރު އެގިގެންތާ ހުނަރުވެރި ޓީޗަރުން ހޯދަން އެގޭނީ. ގައުމުގެ ތަރައްގީ އަށް ބޭނުންވާ ހުނަރު ތައް އެގިގެން. ތައުލީމީ ޖީލެއް ބިނާކުރެވޭނީ ކިޔަވާދޭ ޓީޗަރާއި ޕޭޕަރު މާކު ކުރުން ވަކިކޮށްގެން، ކުދިންނަށް ދަސްވި އެއްޗެއް ބޭނުންކުރަން އެނގޭތޯ ބެލޭނެ ގޮތަކަށް ޓެސްޓްތައް ހެދިގެން. އާއިލާ ދޫކޮށްލާފައި ދުވާލު ހަތަރުދަމު މަދަރުސާގައި އުޅުމަކުން ރަގަޅު ޖީލެއް ބިނާ ނުކުރެވޭނެ. ޓީޗަރުންނަށް ޓެކްނޮލޮޖީ ރަގަޅަށް ބޭނުންކުރަން އެގެންޖެހޭ،
ސުލައިމާން
04 February 2022
ތިވަރުގެ ބޮޑުމުސާރައެއް ދައުލަތުންދޭން ހަމަ ޖެއްސިއިރު ކަމާނާގެ ޒިންމާ ކަމަނާ އަދާކުރަންވާނެ.ޓީޗަރުން ކިޔަވައިދޭން މަސައްކަތް ކުރަނީ ކިހާވަރަކަށްތޯ؟ކިޔަވައިދިނުމުގެ ހުަނަރު ހުރީ ކިހާވަރަކަށްތޯ ބަލަންޖެހޭ.ކޯސް ހެދިޔޭ ކިޔަފަ ކިޔަވައިދޭކަށްނޭގެ.ކިޔަވައި ދިނުމުގެ ހުނަރެއްނުހުރޭ.ސުކޫލަށް ޓީޗަރު ހާޒިރުވަނީ ކިތެއްދުވަހުތޯ ބަލަންޖެހޭ..ސިޔާސީ ކަންކަމުން ދުރައްޖެހި ޕޯޑިއަމް ތަކުގަ ފޮނި އަނގަ ނުތަޅާ މަގާމުގެ ޒިންމާ އަދާކުރެވޭތޯ ބަލާނެކަމަށް ހީކުރަން.
މުސާރަ ޓީޗަރު
03 February 2022
ނުބައި ސަގާފަތެއް އަނެއްކާވެސް އުފަން ކުރުވަނީ. މިހާރުވެސް ސްކޫލްތަކުން ލިބޭ ކޮލިޓީ ދަށް. ހުނަރުވެރި ޓީޗަރުންނަށް މުސާރަ ބޮޑު ކުރަން ރަނގަޅު. މިހާރު މިއުޅޭ އެންމެންނަށް މުސާރަ ބޮޑު ކުރިޔަސް ކޮލިޓީ ރަނގަޅުވާނެ ވާނެކަމަކަށް ނުފެނޭ. މިހާރުވެސް ކޮންމެ 7 ކުއްޖަކަށް ޓީޗަރެއް އެބަހުރި. އެމެރިކާ، ޔޫކޭ، އިންޑިޔާގައިވެސް ތިބެނީ ކޮންމެ ޓީޗަރަކަށް އެވްރެޖްކޮށް 15 ކުދިން. މި ތައުލީމީ މޮޑެލްގައި މައްސަލަ އެބަހުރި.
އިޚްލާޞް
03 February 2022
ޓީޗިން ޑިޕްލޯމާއެއް ނެތި ކިޔަވައިނުދެވޭ ގޮތް ހަދައިދީބަލަ ފުރަތަމަ.
ޣަނީ
03 February 2022
ޙުނަރުވެރި ދަރިވަރުން ވާންވީ މިނިސްޓަރުންނަށް. ޢޭރުން ތިފަދަ ދެއުޅިއެއް ނުވާ ނާގާބިލް މީހުންނަށް ވަޒީރުކަން ނުދީވާނެ ދެއްތޯ؟ ޢެއްވެސް ހިންގުންތެރިކަމެއް ނެތް މީހަކު ތައުލީމީދާއިރާގެ ވަޒީރަކަށް ލާފަ.
ޒާހިޔާ ޒަރީރު
05 February 2022
ހަބޭސް ކޮމެންޓެއް
އެމެރިކާ
03 February 2022
އެމްޑީޕީ ފޭލްވެފަ ހުރި ބައުގަނޑެ
އާދަނުބެ
03 February 2022
ރާއްޖޭގެ ތައުލީމު ރަނގަލޫކުރެވޭނީ ހަމަ ފެންވަރު ރަނގަޅު ހުނަރުވެރި ދިވެހިންނަށް . ޓީޗިންގ ޑިގްރީ އެއްހަދައިގެން ނޫނީ ކިޔަވައިނުދޭންވީ. އެމުދައްރިސުންނަށް މުސާރަ ރަނގަޅުކޯށްދޭންވީ. ޓީޗިންގ ައި ސިޔާސީ ނުފޫޒްނުފޯރުވާ ޕްރޮފެޝަންއަކަށް ހދަންވީ. ޓީާޗަރުންވެސް ޕްރޮފެޝަނައިލަިއޒްވާންވީ. ފިންލަންޑް އާއި ސިންގަރ÷ޫރުގެ ތަޖްރިބާއިން މިކަން ދަސްކުރަންވީ. ރާއްޖެއަށް ހާއްސަ ޓީޗަރުން ރާއްޖޭ މީހުންނަށް ވާންޖެހޭ.
ގިރޭމު
03 February 2022
ޓީޗިން ކޮލިފިކޭޝަން ނެތިވެސް މިރާއްޖޭގައި ރަސްމީ ސްކޫލް، ކޮލެޖު، ޔުނިވަރސިޓީގައި ކިޔައިވައިދޭ އެތައް ބަޔަކު އުޅޭތީ، ކިޔަވައިދިނުމުގެ ދާއިރާޔަށް ސްޕެޝަލައިޒް ވުންވާނީ ބޭކާރު ކަމަކަށް! އެކަން ހުއްޓުވާ! އޭރުން އަހަރުމެން ތިބުނާ އެއްޗެއް އަހާފާނަން.
ހުސެން
03 February 2022
މީނާއަކީ އެންމެ ފޮޅި މިނިސްޓަރު، މުޅި އެޑިއުކޭޝަން ސިސްޓަމް ހަލާކުކޮށްލައިފި، މިހާރު ޓީޗަރުން ކުދިންނަށް ކިޔަވާދެނީ ޓުކުސްފޮތަކުން ނޫން ޔޫޓިއުބުން، ގިނަޓީޗަރުން ވަރަށް ފަރުވާކުޑަ، ޓީޗަރުން ކުދިންނަށް ކިޔަވާދޭ މިންވަރު ބަލާމޮނީޓަރ ކުރުމެއްނެތް ގުރޭޑް 5 އިންދަށުގެ ކުދިިންގެ ގުރޭޑްބަދަލުވާއިރު ޓެސްޓެއް ހެދުމެއް އެއްވެސްކަމެއްނެތް، ކިޔެވިޔަސް ނުކިޔެވިޔަސް ގުރޭޑްބަދަލުވޭ، ކިޔަވާދިނަސް ނުކިޔަވާދިނަސް ގުރޭޑްބަދަލުވޭ
ާއަބޫ
03 February 2022
ކުދިންނޭ ބޭބެ ބުނާނެ ވާހަކަ އަކީ މިހާރު ޓީޗަރު ކަމަށް ކުރިމަތި ލުމަކީ ކުރަން ހެޔޮ ވާވަރުކަމެއް ނޫނޭ ހެޔޮނުވާނެ ވައިވެސް އެޅޭކަށް