އިނގިރޭސި ރާނީ އެލިޒެބަތުގެ ދޭއް: އެކަމަނާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި އިންނަވާތާ 70 އަހަރު ވެއްޖެ.
05 ފެބުރުއަރީ 2022 - 06:47
އިނގިރޭސި ރާނީ އެލިޒެބަތުގެ ދޭއްގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުން ވަރަށް "ސިއްރު" ގޮތަކަށް ބާއްވަން ނިންމައިފި އެވެ.
ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި، އެކަމަނާގެ ރަނިކަމުގެ އަހަރީ ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ ޕްރައިވެޓް ހަފުލާއެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އަންނަ ޖޫން މަހު، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަތަރު ދުވަހުގެ ގައުމީ ހަރަކާތްތަކެއް ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ.
ރާނީ އެލިޒެބަތު އިނގިރޭސީންގެ ރަސްކަމުގެ ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިހާ ގިނަ ދުވަހު، އެ ތަހުތުގައި އިތުރު އެހެން އެއްވެސް ބޭފުޅަކު ނީންނަވަ އެވެ. އަދި ދުނިޔޭގެ އެހެން ރަސްކަންތަކުގައި ވެސް، ވަރަށް މަދުން ނޫނީ މިހާ ގިނަ ދުވަހު އެކަކު ތަހުތުގައި އިންނަވާފައެއް ނުވެ އެވެ.
މިހާރު އުމުރުފުޅުން 95 އަހަރުގެ ރާނީ އެލިޒެބަތަށް އެ ތަހުތު ލިބިވަޑައިގަތީ، އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ އިނގިރޭސި ރަސްގެފާނު ޖޯޖް ހައެއް، ފެބްރުއަރީ 6، 1952 ގައި އަވަހާރަވުމުންނެވެ. ބައްޕާފުޅު އަވަހާރަވީ އިރު، އެކަމަނާ ހުންނެވީ އިންޓަނޭޝަނަލް ޓުއާއަކަށް ކެންޔާގަ އެވެ.
އެކަމަނާގެ ފިރިކަލުން، ޕްރިންސް ފިލިޕް ވެސް ވަނީ އުމުރުފުޅުން 99 ގައި، މިދިޔަ އަހަރު އަވަހާރަވެފަ އެވެ.
ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި، އެކަމަނާގެ ރަނިކަމުގެ އަހަރީ ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ ޕްރައިވެޓް ހަފުލާއެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އަންނަ ޖޫން މަހު، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަތަރު ދުވަހުގެ ގައުމީ ހަރަކާތްތަކެއް ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ.
ރާނީީ އެލިޒެބަތަށް ފަހު، އިނގިރޭސި ރަސްކަމުގެ ތަހުތު ލިބިވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޓުދެލި
06 February 2022
ހަރަކާތްކުރަން ލައްވާފަ އެހުންނަ މޯޓަރުތައް މަރާމާތަށް ރޫޅާާލާފަހުރި ދުވަސްކޮޅެއްވީމަކަންނެ މީހުން ކުރިމައްޗަށް ނުނިކުންނަން ގަދަދައްކަނީ.
ރާއްޖެ
05 February 2022
މި ދައިތައަކީ ވެސް ދިމާކުރާތީ ނިޒާމުގެ ބައެއް.
2022
05 February 2022
މި ދައިތަ ގަނޑުގެ ކިބައިން އިނގެރޭސިން ސަލާމަތްވާނެބާ؟
ނަތޭ
05 February 2022
އެލިޒަބަތު ދެވަނަ ޖޯޖް ހަވަނަ ދޭއް، ހައެއް ނޫން