ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވުމާ ގުޅިގެން އެ މަސްތައް މިރޭ ދޯންޏަކަށް ނަގަނީ.---ފޮޓޯ: ފާރިސް
17 ޑިސެމްބަރ 2016 - 23:51
ހދ. ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މިރޭ މަރުވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސްތައް މަރުވާން ފެށީ މިރޭ އިރާކޮޅުން ފެށިގެން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ މުށި މަސް ކަމަށް ވެސް އޭނާ ބުންޏެވެ.
"ކީއްވެގެން ކަމެއް ނޭނގެ. ވަރަށް ގިނަ އަދަދެއްގެ މަސް ފަޅުތެރޭގައި މަރުވެފައި އެބަހުރި. މުށި މަހާއި އިއްސާއި ކަކުންޏާއި ބޯވަ ވެސް އެބަހުރި،" ވައިކަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވުމާ ގުޅިގެން އެ މަސްތައް މިރޭ ނަގަނީ.---ފޮޓޯ: ފާރިސް
ފަޅު ތެރޭގައި ހުރި މަސްތައް ރަށުގެ ރައްޔިތުން އަންނަނީ ނަގަމުންނެވެ. މުޅި ރަށުގައި މަސް ތިޔާގިވެފައިވާ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
"ގޭގޭގެ ފްރިޖްތައް ވެސް ފުލްވެއްޖެ. އަހަރެން އެކަނި ވެސް ގާތްގަނޑަކަށް 900 މުށި މަސް ނެގިން،" އޭނާ ބުންޏެވެ.
ވައިކަރަދޫ ފަޅުތެރޭގައި މަސް މަރުވާ މައްސަލަ މިހާރު ވަނީ މެރިން ރިސާޗް ސެންޓަރުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ވައިކަރަދޫ ފަޅު ތެރޭގައި މަރުވި މަސްތަކެއް ބަޔަކު ނަގާފައި.---ފޮޓޯ: ފާރިސް
ވައިކަރަދޫގެ ބައެއް މީހުން ލަފާކުރާ ގޮތުގައި މަސްތައް މަރުވަނީ ފަޅުތެރޭގެ ފިނިހޫނު މިނަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
18 December 2016
ކޮބައިތޯ ފިޝަރީޒް މިނިސްޓަރު، ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލަން އެތަކެއް ބަޔަކު މަސައްކަތްކުރޭ، އަދި އިންޑިއަން އޯޝަންގެ ތެރޭގައި އެތަކެއް ހަތިޔާރެއް ޓެސްޓް އެބަކުރޭ، ޗައިނާ، އިންޑިއާ އެމެރިކާ އަދި ޕާކިސްތާނުންވެސް މިފަދަކަންކަން ހިންގާ، އެހެންކަމުން ކަނޑުގެ ތަހްލީލްތަށް އިތުރުކުރަންޖެހޭ
ނިޒާމް
18 December 2016
މި ޒަމާނުގަ މިހާރު ގަހެއް ވެސް ބާރު ގަދަ ބޭހެއް ނުޖަހާ ނެހެދޭ. ރަހުމަތުގެ ނިޒާމް ދިޔައީމަ، ދެން ޖެހޭނީ އަމިއްލަ ނިޒާމް އުފައްދަން. ނަމާދަށް ދާ މީހާގެ އެތައް ބައިވަރު މައްސަލަ. އިސްތިޢްފާރު ކުރުމެއް ނޯވޭ. ކުރީގަ ރާއްޖޭގަ ލުބޯ ގަސްހެދޭ، މިހާރު ގަދަ ކަމުން ނޫނީ ނުހެއްދޭ.
ޢަލި
18 December 2016
ކޮބާހީވޭ ކަމެއްހެން! ﷲ ގެ ކުޅަދުން ވަންތަކަން! އަދިވެސް ފާޑުފާޑައް އުޅޭ... ނަމާދެއް ނުކުރާ މީހުންނޭ ގިނައީ!!
ހަކީމު
18 December 2016
މަރުވެފަ ހުންނަ މަސް ކެއުމުގެ ކުރިން މަރުވެފަ ހުންނަ މަސް ނަގާ ކެއުމަކީ ކޮންކަހަލަ ކަމެއްތޯ ބެލުން ވަރަށް މުހިންމުކަމަށް ފެނޭ!!!
އުދުހޭ
18 December 2016
ކީކޭ... މަރުވެފަހުންނަ މަސް އެހެން ސަރަހައްދަކަށް ދޫކޮށްލީމަ ދިރެނީއޭ؟؟؟
ވިޔަސާ
18 December 2016
ތިމަސް ކާންވާނީ ތިއެއްޗެހި މަރުވަން ދިމާވި ސަބަބެއް ރަނގަޅައް ބަލާފަ،،