14 ފެބުރުއަރީ 2022 - 15:14
ސިމްޑީގެ ޓެކް ޑިވިޝަނުގެ ދަށުން 2017 ވަނަ އަހަރު ހުޅުވި "ކެނޮން އިމޭޖް ސްކޮޔާ" އަކީ ފޮޓޯގްރަފީ ދާއިރާގައި އެންމެ ކުރިއަރާފައިވާ ބްރޭންޑް، ކެނޮންގެ އުފެއްދުންތަކަށް ހާއްސަ ކޮށްގެން ހުޅުވި ޝޯރޫމެކެވެ. މި ޝޯރޫމުން ލިބެން ހުންނަ ހުރިހާ އުފެއްދުމަކީ ވެސް ދިވެހި ފޮޓޯގްރަފަރުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެވެ.
އިމޭޖް ސްކޮޔާއިން ކެނޮންގެ ފޮޓޯގްރަފީއާ ގުޅޭ ހުރިހާ އުފެއްދުމެއް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ފޮޓޯ ނަގަން ފަށައިގަންނަ މީހުންނަށް ހާއްސަ ކެމެރާއިން ފެށިގެން ޕްރޮފެޝަނަލް ފޮޓޯގްރަފަރުންނަށް ހާއްސަ ކެމެރާތަކާއި ޓްރައިޕޮޑާއި ފޮޓޯ ޕްރިންޓަރު ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.
ސިމްޑީން ކެނޮންގެ ހާއްސަ ޝޯރޫމެއް ހުޅުވީ ރާއްޖޭގެ ފޮޓޯގްރަފަރުންނަށް އެ ބްރޭންޑުގެ ހުރިހާ އުފެއްދުމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހަދައިދިނުމުގެ ބޭނުމުގަ އެވެ. މި ޝޯރޫމުން ގަންނަ ކޮންމެ ޕްރޮޑަކްޓަކާ އެކު ވޮރެންޓީ ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ޖަޕާނުގެ ބްރޭންޑެއް ކަމަށްވާ ކެނޮންގެ ޝޯރޫމެއް ރާއްޖޭގައި ހުޅުވިއިރު ސިމްޑީއަކީ އެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. މިއީ އޭޝިއާގައި ކެނޮން އިން ހުޅުވި 10 ވަނަ ޝޯރޫމެވެ.
އިމޭޖް ސްކޮޔާއިން ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ޝޯރޫމަށް ޒިޔާރަތް ކުރުމުން އެތަނުން ލިބެން ހުންނަ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މި މައުލޫމާތުތައް ފޯރުކޮށްދޭނީ ކެނޯން ސެޓިފައިޑް ސޭލްސް އެޖެންޓުންނެވެ. މި އެޖެންޓުން ކަސްޓަމަރުންނަށް ކެމެރާ ބޭނުންކުރާނެ ގޮތާއި ފީޗާތަކާ ގުޅޭ މައުލޫމާތު ދޭނެ އެވެ.
ސިމްޑީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް މިހާރު ކެނޮންގެ އުފެއްދުންތައް ގެނެވޭނެ އެވެ. މި އެޕްލިކޭޝަނަކީ ގޭގައި ތިބެގެން ފަސޭހަކަމާ އެކު ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފުކުރި އެޕްލިކޭޝަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގަޓު
15 February 2022
ތިތަން ހުންނަތަނެއް ލިޔުމުގައި ނެތީ ކީއްވެބާ؟
ޗޮކޯސް
14 February 2022
ތިބުނާ މޮބައިލް އެޕެއްގަ ހުންނަނީ ހުސް އައުޓްއޮފް ސްޓޮކް އަރާފަ
ހަސަނުަ
14 February 2022
ހުސް ފޮނި، އިންތިހާއަށް އަގު ބޮޑު، ލެންސެއް ގެންނަން 40 ދުވަސް، ބޭނުންވާ އެއްވެސް ރޭންޖެއް ނުލިބެ.