އޭއޭއޭގެ ބޯޓު: އޭއޭއޭގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލާފައިވާ ކަމަށް ވޭ.
15 ފެބުރުއަރީ 2022 - 18:03
އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި އެވެ.
ސްރީ ލަންކާގެ ކުންފުންޏަކުން ހިންގަމުންދިޔަ އޭއޭއޭގެ މައްސަލަތައް ބޮއްސުންލައިގެން ދިއުމާއި އެކި މައްސަލަތަކާ ހެދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެ ތަނުގައި ފްލައިން ސްކޫލް ހިންގުމަށް ދީފައިވާ މުއްދަތު އިތުރުނުކުރަން ނިންމައިފަ އެވެ.
އެއާއެކު، އޭއޭއޭގެ ހިންގުން މިދިޔަ އަހަރުގެ މެދުތެރޭގައި ހުއްޓި، އޭގެ ދުވަސްކޮޅެއް ފަހުން، އެ ފްލައިން ސްކޫލްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ބަޔަކު ރާއްޖެ އިން ވަނީ ފުރައިފަ އެވެ.
ނަމަވެސް މި ފަހުން ވަނީ އެ ފްލައިން ސްކޫލުގައި ހުރި ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފަ އެވެ. އެ ތަނުގައި ބޭނުންކުރަމުން ދިޔަ 13 އެއާކްރާފްޓުގެ ތެރެއިން ދެ އެއާކްރާފްޓް ފިޔަވައި ބާކީ ހުރި ބޯޓުގެ ބައިތައް ރޫޅާލައި، ކޮންޓެއިނަރުގައި ބަންދު ކޮށްފައިވާ ކަމަށް ވެސް، އެ ތަން ބަންދުކުރުމާ ހަމައަށް ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރަކު ބުންޏެވެ.
އެ ދެ އެއާކްރާފްޓަކީ މޯލްޑިވިއަން އެއާލައިނުން ގަތް ދެ ބޯޓެވެ. ގައުމީ އެއާލައިން އިސްނަގައިގެން މިދިޔަ މަހު ވަނީ އާ ފްލައިން ސްކޫލެއް ހުޅުވައި ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފަ އެވެ.
އޭއޭއޭގެ ދަރިވަރުން ވަނީ ކޯހުގެ ފީގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ދައްކައިފަ އެވެ. ނަމަވެސް ކިޔެވުން ފުރިހަމަ ނުކުރެވި 100 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. އެކަމާ ގުޅިގެން އޭގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ވަނީ ކޯސް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށާއި ރީފަންޑު ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
Dhivehi fasgandugai AAA inn hadhanee beynun ehcheh!#justiceforAAAStudents@ibusolih @FaisalNasym @Roxeyna @DrChubby @mabrouq @IbreyNaseem @ahmedabdulla2a@axanner @AasiKaleyfaan @SaifAxhar https://t.co/eM01s6fdcz
— Ahad 🇵🇸 (@Ahad________) February 15, 2022
އެ މައްސަލަ އަދި ވެސް އޮތީ ދަށު ކޯޓުގަ އެވެ.
އޭގެ އިތުރުން އޭއޭއޭގެ ވިޔަފާރި ވިއްކާލުމާ ގުޅޭ ގޮތުން ނުވަތަ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ އެކު ކުރިއަށް ނުގެންދިއުމަށް އަމުރުކޮށްދިނުމަށް އެދި އަމުރަކަށް ވެސް ދަރިވަރުންގެ ފަރާތުން އެދުނެވެ. އެކަމަކު އެ މައްސަލައިގައި ކޯޓުން ވަނީ އެ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
އޭއޭއޭގެ ދަރިވަރުން ބުނާ ގޮތުގައި ކިޔެވުން ކުރިއަށް ނުގެންދެވި މާލީގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެ އެވެ. ދަރިވަރުންނަށް އެ ހާލު ޖެއްސި ކުންފުންޏަށް އެއްވެސް ފިޔަވައި ނާޅައި، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަރިވަރަކު ބުންޏެވެ.
"އެންމެ ފަހުން ދަރިވަރުންނަށް މި ހުރިހާ ގެއްލުމެއް ވެސް ލިބުނީ،" އެ ދަރިވަރު ބުންޏެވެ.
މި ކަމާ ގުޅިގެން އޭއޭއޭގެ ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
17 February 2022
ބަނާނާ ރިޕަބްލިކެއްމީ. އިންސާފާ ވެރިކަން އޮންނާނީ އަނދިރިގާ ތިބި ބައެއްގެ އަތް މަތީގާ
ސުލައިމާން
17 February 2022
އިންސާފު ހޯދައިދިނުމުގެ ހިތްވަރެއް މިސަރުކާރުގަ ނެތް.ޔަގީނުންވެސް ކޮށްފާނެ ކަންތައްއެބައޮތް.ކަރަޕްޓް މިހުން ލައިގެން ކަރަޕްޝަންގެ އަމަލުތައް ހިންގަފާނެ.ގައުމު ލޫޓްވަފާނެ.ބައިތުލްމާލު ކައިތަޅާ ދުންބުރުވަފާނެ.ފެނަކަ ސައީދުމެން އަސްލަމްފަދަ މީސްމީހުން މިއުޅެނީ.ކިހިނެއްކަންކަން ރަނގަޅުވާނީ..
ސޯލްޖާ
16 February 2022
އޭއޭއޭ އަކީ ސީދާ މިސަރުކާރާ ގުޅުން ބޮޑު ބަޔަކު ހިންގި ކުންފުންޏެއް. ސުރަންޖަން އަކީ ނަޝީދާވެސް ގުޅުން ބޮޑު މީހެއް.
ޕައިލެޓް ޕްރޮޓެސްޓިންގ ލައިސަންސް
16 February 2022
ބަލަތީކީ އާންމުކޮށް ހުޅުވާލާހަ އޮންނަ ސަރަހައްދެއް ނޫނޭ ތިތަނަށް ވަދެ ބޮޑު މަތިންދާ ބޯޓެއް ރޫޅާލައިގެން ގެންދާކަށް! އައްޑޫ އެއަރޕޯރޓް ސެކިއުރިޓީ އޮންނަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި. ތިޔައީ ބޮޑު ގޭސްގަނޑެއް. ތި ހުރިހާ ސަކަރާތެއް ޖެހިއިރު ތިތަނުގައި އެއްވެސް މީހަކު ނެތީތަ؟ ނޫނީ ތި ދަރިވަރުން އޯވާރ ވަނީތަ އަދިވެސް! މިހާރު ސަރުކާރުގެ ސްކޫލަކަށް ބަދަލުވެ ދަރިވަރުންގެ ގެއްލުން ފޫބެއްދީމާ ވެސް ޝަކުވާ ނުފިލީމާ ތީދެން ބޮޑުވަރު!
ހަ
16 February 2022
އެއިރެއްގައިތިބޭ ވެރިންނާއި ގުޅިގެންހިނގާ މިކަހަލަކަންތަކުގައި އަބަދުވެސް ޅަދަށުވާަނީ އެފަދަބައެއްގެފަރާތުން ޚިދުމަތް ލިބޭފަރާތައް. މިއީ ހަމައެކަނި މިރާއްޖޭގައި ވާގޮތެއްނޫން. ދުނިޔޭގެ ހަރުދަނާ ޤައުމުތަކުގައި ޚިދުމަތް ލިބޭފަރާތަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރިކުރެވިފައޮންނާތީވެ ޚިދުމަތްދޭފަރާތަށް ބަރާބަރަށް ޚިދުމަތްދޭން އޮންނަނީ މަޖުބޫރުވެފަ. އަހަރުމެންގެވެރިން އަހަރުމެނަށް ހަރާންކޯރުވީމަ ވާނެގޮތް މިހިރަވަނީ.
މައުލޫމާތު
16 February 2022
ހިސްޓްރީ އަނެއްކާވެސް އިއާދަވަނީބާ؟؟؟ ދިވެހި ސިފައިން އަތުގަ ހެލެކޮޕްޓަރު ގެންގުޅުކަމައް ހިސްޓްރީ ބުނެދެއެވެ. ޢެ ހެލެކޮޕްޓަރުތައް ވެސް ގަުމުން ބޭރައް ފޮނުވާލާ ވުޖޫދުން ގެއްލުވާލީ ކޮންޓޭނާރ އައް ލއިގެން ކަމައް ވޭ.
ދަވާޒް
15 February 2022
އައްޑޫ ރައްޔިތުންނައް ތިއޮތީ ރަނގަޅުލަގާއެއް ސަރުކާރުން ދީފައި. ދެންވެސް ވޯޓުލާތި އެމްޑީޕީއަށް.