ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އޭނާ ވިދާޅުވީ ޔުކްރެއިން އާއި ރަޝިއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް.-- ފައިލް ފޮޓޯ: މަޖިލިސް
15 ފެބުރުއަރީ 2022 - 15:59
ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަތައް ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމާއި ރަޝިއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންވެ އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔުކްރެއިނާއި ރަޝިއާ ދެމެދު ފެށިފައިވާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ދިވެހި ސަރުކާރު މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.
"ޔުކްރެއިން އާއި ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ ގައުމު. އެ ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. ޔުކްރެއިން އޮތީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ.
ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ދިވެހި ސަރުކާރުން މިއަދު ވަނީ އަންގައިފަ އެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެންގި އެވެ.
އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުން އަންނައިރު، މިނިސްޓްރީން އަންނަނީ އެ ކުދިން ހާލު ވެސް ވަރަށް ގާތުން ބަލަމުން ކަމަށް ބުންޏެވެ.
ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޔުކްރެއިން ހިފަން އުޅޭ ކަމުގެ ތުހުމަތު ރަޝިއާ އިން ދޮގުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
16 February 2022
ނަޝީދުގެ ސަބަބުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބޮޑަށް ކުރަނީ ފައިދާތޯ އަދި ގެއްލުންތޯ ބަލަން ދިރާސާއެއް ކުރަން އެބަޖެހޭ
ޙިނި
16 February 2022
މަނިކުފާނުތޯ ހުރިހާ ކަމަކައް އަންގަބާނަން ޖެހެނީ. ކޮބާތޯ އިކޮނަމިކް މިމިސްޓަރު، ޓޫރިޒަމް މިނިސްޓަރު އަދި މަޓީ ދެންވެސް ތިބި ފުންނާބުއު ބާނީން. ތިހެން އަންގަބާނާނީ މީހުން ރުޅިއަންނަނީ، ގާބިލު މީހުން މިނިސްޓަރުން ގެމަގާމައް ލިއުމުގެ ބޭނުމަކީ މީ. އެންމެންވެސް މިއުޅެނީ ހިހޫތަނުން ކާލައިގެން، އަންގަގަދަ އަންނި ދެކެ އެންމެންވެސް ރުޅިއަންނާނީ.
ކެނެޑީ
15 February 2022
ޔޫކްރޭނާއި ރަޝިޔާ ހަނގުރާމަނުފަށާ އަދިވެސް މަޑުކޮށްލައިގެން ތިބީ ދުނިޔޭގެ ޗާޓުގައި “ޅަކިނބިއްސެއްގެ” ސައިޒުގައިއޮތް ދިވެހިރާއްޖޭގެ “ބޮޑުވަޒީރު” ބުނާ އެއްޗަކަށް :ޕ
ސަރުދާރުު
15 February 2022
ރައީސް ނަސީދަކަސް އެވިދާޅުވީ ރަނގަޅު ވާހަކައެއް. ކުރީބައިގަ ކުރެވެންހުރި ކަންކަންވާނެ ކުރަން.. ރާއްޖެ އަކީ ޓޫރިޒަމަށް ބަރޯސާވެފަ އޮންނަ ގައުމަކަށްވުމުން އިގްތިސޯދީ ފިޔަވަޅުތަަށް ކުރީބައިގައި އަޅަންޖެހޭ. މިސާލަކަށް މެންބަރުންގެ މުސާރަ ކުޑަ ކުރުމާއި ކުރީގެ ރައީސުންނަށްދޭ ބޮޑެތި އެލަވަންސްތަށް ކުޑަކުރުން ފަދަ ކަންކަން ކުރަންޖެހޭ.
ކަކުނިބޯ
15 February 2022
ޢަހަރެމެން ކުރީބައިގަ ހުރިހާކަމަކަށްވެސް ތައްޔާރުވަމޭ. ކޮވިޑް 19 އާއިގުޅިގެން މިހާރު މިރާއްޖެއަށް ފަލަމަޑީގެ ބާވަތްތަށް އެތެރެނުކުރޭ އަދި ހަނޑޫ ހަކުރު ފުށް މިހާރު ކާބަޔަކުނެތް މުޅިން ފަލަމަޑީގަ ދިވެހިންމިއުޅެނީ. ކޮއްކޮ އަގައޮތއްޔާ ކާޅެއްނުކާނެ ހެހެހެ. އަމަލެއްނުކުރެވޭނެ އަމަލުކުރެވޭމީހަކު މިރާއްޖެ އިހަކަށްދުވަހަކު ދުއް. ޢަދި މީގެކުރިން އިބްރާހިމްނަސިރު ކިޔާބޭފޫލަކުވެސް ވެރިކަންކުރި އާހިރގައި އެޅުވީ ވަގުބަދުނާުމު. ޢެކަމު އަމަލުންދެއްކީ ތަރައްޤީ
މުގޮށި6މީދާ
15 February 2022
މިދެން ދުނިޔޭގަ ހިނގާ ކަންކަންވެސް މާބޮޑަށް ދަންނަ މީހެއް. ކުރީގަ ބޯޓުދަތުރުކުރަން އުޅެފަ އައި މިރަށުމީހަކުވެސް މިފާޑަށް އުޅުނު. އެކަމަކު އޭނަ ގެންގުޅޭނެ ރޭޑިއޯއެއް، މިސޮރު ގެންގުޅޭ އެއްޗެއް އެއްގޮތަކަށްވެސް ނޭނގެ.
އެންޑީޕީ މަންމަ
15 February 2022
ދިވެހި ސިފައިން ފޮނުވަން ފެނޭ ތިތަނަށް ހަނގުރާމައަށް. ނޫނީ ޕީސްކީޕިންގ ފޯސްއަށް. 3000 ސިފައިންގެ ކޮންމެވެސް ބޭނުމެއް ކުރަން ޖެހޭނެތާ. އެމީހުން ދިޔައިމަ ދީފާނެ ބައިވަރު އެހީވެސް.
ނައީމް
15 February 2022
ލާަމަރުކަޒީ ގާނޫނަށް ބަދަލެއް ގެނެސް، ކޮންމެ ކަންއުންސިލަކުން ވެސް އެކަންސިލަކުން ހިމެނޭ ރަޔުތުންނަށް ވާ ވަރަށް ދަނޑު ވަރިކަން ކުރަން ހުށަހަޅަން ވެއްޖެ. އަވަސް ކުޜޭ
އޮނަރަބްލް އަފީފު ދީދީ
15 February 2022
ކޮވިޑް ހާލަތުގައި އަހަރުމެން އެބައެއްގެ ދަށުގައި ގެންގުޅޭ މުޤައްދަސް ރަށްކޮޅަށް އަރާ ފޭބުމުގެ ހުއްދަ އަހަރުމެނަށް ނެތް އިރުވެސް ތިބޭފުޅުން ވަނީ މުޅި ދުނިޔެއަށް ތިޔަރަށް ހުޅުވައި ބޭނުން ޤައުމެއްގެ ފަތުރުވެރިން އެއްވެސް ހުރަހެއްނެތި ތިޔަރަށަށް އާދެވޭ ގޮތަށް ހުޅުވާލާފައި. # ތިޔަ ވިދާޅުވާ ހަނގުރާމައާއި އެކުގައިވެސް ހާލުގައިޖެހި ކަނު އަދިރީގައި ތިބެންޖެހި ބަނޑު ފުރާނަ މުއްތިކުރާނެގޮތެއް ނުލިބޭނީ ތިރަށު މީހުން ފިޔަވާ އެހެން ރަށްރަށުގެ މީހުނަށް ނޫންތޯ.
48343
15 February 2022
ކޯބިންބޭގާތުގާ ބުނެގެން އިޓަލީއިން މީހުންގެނެވޭތޯ ބަލާންވީ.