ހިޔާގެ ޓަވަރެއް: ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަކަށް ނުދެވޭނެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 ފެބުރުއަރީ 2022 - 14:27
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ރޯހައުސް އަދި ގޯތި ފަދަ ތަންތަން އެއްކޮށް ކުއްޔަށް ނުދެވޭ ގޮތަށް ހަމަޖައްސައި އުސޫލު ހަދައިފި އެވެ.
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލި ހާއްސަ އުސޫލު ރޭ އާއްމުކޮށް އެއަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
އުސޫލުގައި ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެގޮތަށް ދޭއިރު ވެސް ފްލެޓާއި ރޯހައުސް އަދި ގޯތި ފަދަ ތަންތަން އެއްކޮށް ކުއްޔަކަށް ނުދެވޭނެ ކަމަށާއި ކުއްޔަށް ދޫކުރެވޭނީ ގިނަ ވެގެން ފަސް އަހަރަށް ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެކަމަކު ތަނުގެ މިލްކުވެރިކަން، ތަން ދޫކުރެވުނު މީހާގެ ނަމަށް ބަދަލުވެ ރަޖިސްޓަރީ ކޮށްފައިވާ ނަމަ ކުއްޔަށް ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.
"މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އަދި ގާނޫނަށް އަމަލުކުރަން ފެށި ފަހުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްވާނެ އެވެ،" އުސޫލުގައި ބުންޏެވެ.
ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތައް އެއްކޮށް ކުއްޔަށް ނުދެވޭނެ އުސޫލެއް ހެދި ނަމަވެސް، މީގެ ކުރިން ދޫކުރި ބައެއް ހައުސިން ސްކީމްތަކުގައި ފްލެޓުގެ ވަކި ބައެއް ކުއްޔަށް ދިނުމަށް ހުރަހެއް ނެތް ކަމަށް އެގްރިމެންޓުގައި ބުނެފައިވެ އެވެ.
ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދޫކުރެވޭ އުސޫލު އިއުލާންކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތައް ކުއްޔަން ދޫކުރަން ބައެއް މީހުން އިއުލާންކޮށްފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
20 February 2022
ކޮތަރުކޮށްޓަކަށް ނުވިތާ. ރަންބިސްއަޅާ ކޮށްޓަކަށް މިހާރުވެފައި މިވަނީ.
ފެއިލް ސަރުކާރު
20 February 2022
ތި ހުކުމެއް މިގައުމަކު ނުހިނގާނެ. ސަރުކާރުން މިފަދަ ބޭކާރު ނެރުން ނެރޭތީ ދެރައީ. ހުސް މަކަރާ ދޮގު.
އޮނަރަބްލް އަފީފު ދީދީ
19 February 2022
މިފަދަ ރޭސިސްޓް އަމަލުތަކާއި ޤަވާއިދުގެ ވާހަކަހުންނަ ހަބަރުތައްކިޔަމުންދާއިރު ލިއުންތެރިޔާ George Orwel ގެ ވާހަކަ "Animal Farm" ގެމައްޗަށްހެދި ކާޓޫނު ކުރިމަތީގައިހުރި ޓީވީއަކުން ފެނި އެކާޓޫނުގެ މާހައުލުގައި އުޅޭހެން ހީކުރެވޭ. # ކާޓޫނު ބެލިމީހަކަށް އޭގައި ސްނޯބޯލް ކުރިއުއްމީދާއި ފިކުރުފުޑުފުޑުކޮށް "މަދު ބަޔަކު" ގިނަ ޖަމާއަތުގެމައްޗަށް ވެރިގެނަންނަން ނަޕޯލިއަން ކުރިފަދަ ހުރިހާކަމެއްގެތެރޭގައި އުޅެވޭކަން މިޙަބަރު ކިޔަމުންދާއިރު އިޙްސާސް ކުރެވޭނެ.
ކަމާލް
19 February 2022
އެހެން ވީމާ ސޯށަލް ހައުސިން އަށް ށަރުތު ހަމަ ނުވާ ބަޔަކަށް ލިބުނީ ތާ އެވެ،
ޢަރުތަ
19 February 2022
ސޯށަލް" އެއް "ށަރުތު" އެއްވެސް ނޫނޭ، ހާދަހާ ދެރަ ވަޑާމެކޭދޯ.
ކޮވިޑާ
19 February 2022
އަމިއްލަ އަށް ލޯނު ނަގައިގެން ތަންހަދާފަ ދެން ކުއްޔަށް ނުދެވެންވީ ސަބަބެއް ނެތް ދުވަހަކުވެސް އިޖުތިމާއީ ބޯހިޔާވަހިަކަމުގެ ތަނެއް. އަމިއްލަ ޚަރަދުގައި ލުޔެއް އިނާޔަތެއް ނުލިބޭ ގޮތަށް ޢިމާރާތް ކުރި ވާހަކަ އަޑު އެހަިމުތޯ
ކޮރޮނާ.
19 February 2022
އަމިއްލައަށް ލޯނު ނެގުމުގެ ކުރިން ކުރިކަންތަކުގެ މަތިން ކަލޭ ހަދާނެއްނެތްދޯ ؟ ފުރަތަމަ ފުލެޓްތައް ސަރުކާރުން ހެދުމުގެ ބޭނުމަކީ ބޯހިޔާވަހިކަން ނެތް މީހުނަށް ބޯހިޔާ ވަހިކަން ހޯދަދިނުން. ދެވަނައަށް ފޯމު ހުށަހެޅިމީހުން ދިރިއުޅޭ ތަންތަނަސް ގޮސް ބަލައިގެން އެންމެ ދަތިހާލުގައި ތިބި މީހުނަށް ޕޮއިންޓް ގިނައިން ދީގެން ފުލެޓް ދިނީ. އެހެންވީމާ ތިތަން ކުއްޔަށްދޭންވެގެން ފައިސާއަށް ބޫތު ކައިފަ ހުރިވަރުން މިހުރިހާ މަރުހަލާގައިވެސް ކަލޭ ހެދީ ދޮގުކަން އެބައިގޭ.
ސަސް
20 February 2022
ކޮވިޑާ މަ ތިކަން ކުރިވާހަކަ އަޑުއެހިން.... ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައިވެސް...
އައްވަލާ
19 February 2022
ރާއްޖޭގެ އެއްވެސް ތަނެއްގައި ފުލެޓު އަޅަން ޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނުނު. ރާއްޖޭގައި ބިންނެތީއެއްނޫން. ހަގީގަތުގައި ފުލެޓުތަކަކީ ކޮންކްރީޓް ހަދާފައިވާ ރެފިއުޖީ ކޭންޕްތަކެކެވެ.
ރޯޒަސް
20 February 2022
ރާށްޖޭގައި ބިން ނެތީއެއް ނޫނޭ؟؟؟؟ ރާއްޖޭގައިތަ އުޅެނީ؟
މިވަރެއްނެތް
19 February 2022
މަމެން ހީކުރަނީ ސޯޝަލް ފްލެޓަކީ ބޯހިޔާވަހިކަމެއްނެތި ތިބޭމީހުންނަށްދޭ އެއްޗެއްކަމަށް! މިހާރު އެވެސް ކުއްޔަށްދީ ގެސްޓްހަސްގެ ގޮތުގައި ހިންގުމުގެ އުސޫލުތައް ހަދަނީ! ދާދިއިހަކަށްދުވަހު ހުޅުމާލެއިން ބިން ވިއްކީ އަކަފޫޓެއް 7500 ރުފިޔާއަށް. މިހާރު އެއިގެ ބާރަސަތޭކައިގެ 1000 ބިން މާލޭގެ ރައްޔިތުންނަށް ހިލޭބަހަނީ! އެދެވެނީ ކޮންމެ މީހަކަށް 9 ނުވަމިލިޔަން ރުފިޔާ! އެއިގެ ކޮންމެ މީހަކަށް ޕެންޓްހައުސް އެއް ހިލޭ ދިންނަމަވެސް ޓެކްސްޕޭޔަރުންގެ ބުރަ ކުޑަވާނެދޯ؟
ޢުދޫ
19 February 2022
ބޭކާރު އުސޫލެއް..ތަންފީޒުނުވާނެ…
މުހައްމަދު.
19 February 2022
ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައްހަދާ ކަންކަން ނިންމާއިރު އެކަންކަމާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަންވާނެ. ބޭންކުތަކުން ލޯނުނަގައިގެން ހަދާ އިމާރާތްތަކުގެ އަގުއަދާކުރެވޭނެ މަގެއްވެސް ހޯދަންވާނެ. ގިނަ ރައްޔިތުންނަށް ބަލައިނުގަނެވޭ އަދި އަމަލުނުކުރެވޭނެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުނުކުރެވޭނެ. ކަންކަން ގަދަކަމުން ތަންފީޒުކުރަން އުޅެފިއްޔާ ބޭކާރު ވާނީ ރައްޔިތުންގެ ފައިސާ.
ބެޖަވާލު ކާކަ
19 February 2022
ބެޖަވާލަ ރީދޫހުން ޖެހިފަތިހިރީ އަވަހަޔުރަޕަދޭ