ޓްރީޓޮޕް ސްކޮލަޝިޕްގެ ދަށޫން ތައުލީމް ހާސިލ ްކުރަމުން އަންނަ ހައްވާ ސަނާ-- ފޮޓޯ: ޓްރީޓޮޕް
28 ފެބުރުއަރީ 2022 - 14:03
ހައްވާ ސަނާ ރަޝާދަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލަޝިޕުގެ ދަށުން މަތީ ތައުލީމް ހާސިލްކުރަމުންދާ ޒުވާނެކެވެ. ވިލާ ކޮލެޖުން އޭނާ އަންނަނީ ޑިޕްލޮމާ އިން ނާސިން ފުރިހަމަކުރަމުންނެވެ. އަދި މި ވަގުތު މަސައްކަތް ކުރަމުންދަނީ ޓްރީ ޓޮޕްގެ ނަރުހުންގެ ޑިޕާޓްމެންޓުގެ ވާޑް ކްލާކެއް ގޮތުގަ އެވެ.
ނާސިން ހަދަން ސަނާ ނިންމީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މައްސަތްކަތް ކުރުމުގެ ތެރޭގަ އެވެ. އޭނާ މިކަމަށް ޝައުގަވެރިކަން އުފެދުނީ ނަރުހުން މީހުންނަށް ފޯރުކޮށްދިން އަޅާލުމައި ފަރުވާތެރިކަން މަސައްކަތު މާހައުލުން ފެނުމުންނެވެ. ސަނާ ބޭނުންވަނީ ކޯސް ނިންމާލުމަށްފަހު ނަރުހެއްގެ މަގާމުގައި ހުރެ ތަފާތުކުރުމެއް ނެތި ބަލި މީހުންނަށް ހިދުމަތް ފޯރުކޮށްދޭށެވެ.
ސަނާ ބުނި ގޮތުގައި ޓްރީ ޓޮޕުގެ ނާސިން ސްކޮލަޝިޕް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ފުރުސަތުގެ ސަބަބުން، ނަރުހަކަށްވާން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.
"މާޔާ އޭންޖަލޫ ބުނެފައިވާ ބަސްކޮޅު، 'ނަރުހަކަށް ބަލިމީހާ އާއި، އެމީހާގެ އާއިލާ އަދި އަމިއްލަ މީހާގެ ހިތާ، ނަފްސާއި ހަށިގަނޑަށް ފަރުވާދިނުމުގެ ފުރުސަތު ލިބޭ' މިއީ އަޅުގަނޑު ވަޒީފާ އަދާކުރާއިރު ހިތުގައި އޮންނަ ބަސްކޮޅެއް. އަޅުގަނޑު މި ދާއިރާއިން ކުރިއަށްދާއިރު ބޭނުންވަނީ ހަމަހަމަކަމާ އެކު ހުރިހާ ބަލިމީހުންނަށް އޯގާތެރިކަމާ އެކު ހިދުމަތް ދޭން،" ސަނާ ބުންޏެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުން ނިންމުމަށް ފަހު ނަރުހެއްގެ މަގާމު އަދާކުރާއިރު އިތުރަށް އުނގެނުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް ސަނާ ބުންޏެވެ.
ޓްރީ ޓޮޕްގައި އެންމެ ގިނައީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ޓްރީ ޓޮޕުން ފާހަގަކުރެ އެވެ. އެހެންވެ، އެ ހޮސްޕިޓަލުން ނަރުހުންގެ ދާއިރާއިން ހާއްސަ ސްކޯލަޝިޕް ތައާރަފްކޮށް ތައުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.
ޓްރީ ޓޮޕްގެ ނާސިން ސްކޮލަޝިޕްގެ ދަށުން ހަތް ދަރިވަރުން މިހާރު ދަނީ ނަރުސްކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަފާތެރި ކެހިވެރިޔާ
01 March 2022
ތީ ނަމެއްގަ ދީގެން އުޅޭ ސްކޮލަރޝިޕް ތަކެއް.. އަދިވެސް ދަރިވަރުން ކޮލެޖްއަށް ޕޭކުރަނީ އަމިއްލަ އަތުން.. މިހާރު ކޯސް ނިމެން ބާކީ އޮތީ މަދު މަސްދުވަސް ކޮޅެއް.. ޓްރީޓޮޕުން އޮޅުވާލިޔަސް މީ ބޮޑުވަރު..
ދޮންމީހުން
28 February 2022
މިވެސް މަޓީގެ ސްކޮލަރޝިޕް ދޯ؟