ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައި އެކަމުގެ އެއްބަސްވުުގައި ސޮއިކުރުން-- ފޮޓޯ: އެޗްޑީސީ
28 ފެބުރުއަރީ 2022 - 17:51
ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފި އެވެ.
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރިއްފަތު މުހައްމަދެވެ.
މި ޕްރޮޖެކްޓްގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖެއްސުމުން އައިޖީއެސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
We are heading to space!
— HDC (@hdcmaldives) February 27, 2022
We are so delighted to inform you that we will be the main partner for the Maldives' first space mission program.
Our Managing Director, Mr. Suhail Ahmed, and Institute for Global Success (IGS)'s CEO, Rifath Mohamed, signed the agreement today. pic.twitter.com/1MFUsKM2Vs
ރާއްޖޭގައި ސްޕޭސް ކްރާފްޓް ތައްޔާރު ކުރުމާއި ޑިޒައިން ކުރުމާއި ސްޕޭސް ކްރާފްޓްތައް ލޯންޗު ކުރުމާއި އެކަމާ ގުޅޭ ސައެންޓިފިކް ދިރާސާތައް ކުރާ ގޮތަށް އޮތްއިރު އެ ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދޭނީ އެމެރިކާގެ ތަޖުރިބާކާރު މީހުންނެވެ.
ދިވެހިން ތަމްރީން ކުރުމަށް އައިޖީއެސް އާއި އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމުގެ ފެށުމުގެ މަގުސަދަކީ ކުރިމަގުގައި ސައެންސުގެ ދާއިރާ އިން ރާއްޖެ ކުރިއަރައި ދިވެހި އެސްޓްރޮނޮޓުން އުފެއްދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިވަގުތު
01 March 2022
މިހާރަށް އެންމެ މުހިއްމީ އެންމެން ހަނގުރާމަކުރަން ތަމްރީނުކުރުން. އޭގެ ފަހުން ތިކަން ކުރަންވީ. މިހާރު ރަޝިޔާއިން އެބަ ބިރުދައްކާ އައިއެސްއެސް ވައްޓާލަފާނަމޭ ކިޔާފަވެސް.
ނަޖްވާ
01 March 2022
މީ ވަރަށް ފައްކާ ޕްރޮގްރާމެއް ކަމަށް ދެކެން! މަރުހަބާ!
ޖައްވީ
01 March 2022
މަގުމަތީ ފެންހިންދާ ހޮޅިއަޅަން ނޭގޭ ބަޔަކުގެ ސްޕޭސް ދަތުރުކުރަން؟
ހައިރާނޭ
01 March 2022
ވިސްނޭގޮތުގައި މިއީ ދެކޮޅުނުޖެހޭ ކޮސްކަމެއް. އަހަރުމެންގެ އަމިއްލަ ތަޖުރިބާކާރުން ތިބިނަމަ، ހުނަރާއި ޤާބިލްކަން އިމްތިޙާނުކުރުމަށްޓަކައި ދެކޮޅުޖެހޭނަމަ ތިކަހަލަ ޕުރޮގުރާމެއް ރޭވުމަކީ މައްސަލައެއްނޫން. އެކަމަކު އެހެންބަޔަކުތައްޔާރުކުރާ ތަކެއްޗާއި ބޭރުގެހުނަރުވެރިން ބޭނުންކޮށް އަހަރުމެންގެމާލިއްޔަތުން ބޮޑެތި ޚަރަދުކޮށްގެން ތިފަދަކަމެއްކުރުމަކީ ދެކޮޅުޖެހޭނެކަމެއްކަމުގައި ޤަބޫލެއްނުކުރެވޭ. ބޮޑުއަގުގަ ބިންވިއްކަނީ މިކަމަށް ލާރިހޯދަންދޯ!!!!
ލޮލީޕޮޕްލަލީ
01 March 2022
އެހެން ޤައުމުތަކުން ސްޕޭސް ޕްރޮގްރާމް ފަށަނީ ސްޕޭސް އިންޖިނިއަރުންނާއި، ރޮކެޓް ސައިޓިސްޓުން ބިނާ ކުރުމަށް ފަހު. އޯބިޓަށް ފޮނުވޭނެ ވަރުގެ ރޮކެޓު ޑިޒައިންކޮށް އަދި ޓެސްޓުކުރެވޭނެ ޓީމެއް އޮވެގެން. މި ޤައުމުގައި ޖެހެނީ އެކި ޖަމިއްޔާތަކާއި ސޮއިކޮށް އެހީ ހޯދައިގެނާއި އެހެން ޤައުމަކުން އުފެއްދި ރޮކެއްޓެގައި ދިވެހި ދިދަ ޖަހައިގެން ނަމަވެސް ސްޕޭސް ޕްރޮގްރާމް ލޯންޗުކުރަން. ޖައްވަށް ދިވެހިދިދަޖެހި ހީލިއަމް ބެލޫނެއް ފޮނުވާފަވެސް ބުނެފާނެ ސްޕޭސް ޕްރޮގްރާމޭ.
ާއަލީދީދީ
03 March 2022
ބަލަގަ ތިޔަވާވަރުވެސް ކަމެއް ނުކުރުމައްވުރެ ރަނގަޅެންނު. މިހާރު ތިޔަ ފަރަންޖީންނަށް އިތުބާރު ކޮއްފަ ފަހުންް ހަލާކު ނުވަާާތި
އަލީ10101
01 March 2022
ކޮންކަހަލަ ޕާޓްނަރެއްތޯ؟ ސްޕޭ ހައުސިންގު ޕާޓްނަރެއްގެ ގޮތުން މާސްގައި ފްލެޓު އަޅަނީތަ. ނޫނީ އިންޓަނޭޝަނަލް ސްްޕޭސް ސްޓޭޝަން ހުއްޓާލުމުން އަލަށް ހަދާ ސްޕޭސް ސްޓޭޝަން ޑިޒައިން ކުރަނީ އެޗްޑީސީން؟ ސާފުކޮށްލަން ބޭން އެޗްޑީސީން މިކަމުގައި ކޮންދައުރެއްްތޯ އޮތީ. ސުހައިލް ޖައްވައް ފޮނުވުން ރަނގަޅު.
ބޮޑުމީހާ
28 February 2022
އެޗްޑީސީގެ މަގްސަދަކީކޮބާބާ! އެތައް ފްލެޓެއް ނުނިމި، އެތައް ބަޔަކު ހަނާވަނީ، ފްލެޓެއްގެ އިންތިޒާރުގަ ޖީލުތަކެއް ނިމިގެންދަނި އެޗްޑީސީން އަދިވެސް މިއުޅެނީ ހަނދަށް ޖައްވަށް ފަޒާއަށް ނުދެވިގެން،
އޮނަރަބްލް އަފީފު ދީދީ
28 February 2022
ނޯތު ކޮރެއާ ފަދަ ޤައުމުކަށް ދިވެހިރާއްޖެވެސް ވަނީކަން ނޭގެ. އެ ޤައުމުގެ ރައްޔަތުމީހާ ނުކައި ހުރެގެންވެސް ކުރާކަމަކީ މިލިޓަރީ މާރޗްތަކަށް ހިގަން ފަރިތަކުރުމާއި ހަތިޔާރުތަކުގައި ހެޔޮއުގުޅާ އޮފްކުރުން. # ދިވެހި ކުދިންވެސް މިފަހަރު ކ.އަތޮޅު މާލެ ނޫން ރަށްރަށުގައި ގެންގުޅޭ "ބަރޯ ލާންސް" ނުވަތަ ބަލިމީހުން ހޮސްޕިޓަލަށް އުފުލާން ގެންގުޅޭ ވީލްބަރޯގައި ފިޔަގަނޑު ހަރުކޮށް އުދުހޭނެގޮތް އީޖާދު ކުރެވޭތޯ ބަލާބަލަ. ގައިމު ސަރުކާރުވެސް އުފާވާނެ މިކަން ކޮށްފިނަމަ.
ސްޕޭސް ޖޯކް
28 February 2022
ބަލަ އެޗް.ޑީ.ސީ އިން ބިންމަތީ ކުރަން ޖެހޭ ކަންކަން ނުވެގެން އުޅޭއިރު ކޮން ސްޕޭސް އެކޭ ކިޔާކަށް. ސުހޭލް ރޮކްޓަކަށް އަރުވާފަ ސްޕޭސްއަށް ފޮނުވާ. ތިތަނަށް ކަންކަން ކުރެވޭވަރުގެ މީހެއް ގެންނަން ޖެހޭ
އުދުހޭ
28 February 2022
ސްޕޭސްގަ ފްލެޓް އެޅީމައެއްނުން ނުފެންނާނީ.