.
01 މާޗް 2022 - 06:20
އެވޯޑް ހަފުލާއެއްގެ ތެރެއިން އަރައިގެން އުޅުނު ފައިވާން ހަލާކުވުމުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒް ހުސް ފަޔާ އުޅުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ުދާދިފަހުން ބޭއްވި ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ ހަފުލާ އަށް ސެލީނާ ގޮސްފައި ވަނީ ކަޅުކުލައިގެ ހެދުމެއް ލައިގެން ހެދުމާ ގުޅުވައިގެން ކަޅު ޕަމްޕްސް އަށް އަރައިގެންނެވެ.
ސެލީނާ ގޮމޭޒް ސެގް އެވޯޑްސްގެ ރެޑްކާޕެޓުގައި --- ފޮޓޯ : އިންސައިޑާ
އިވެންޓު ފެށުމުގެ ކުރިން އޮތް ރެޑްކާޕެޓުގައި މަޑުކޮށްލުމަށް ފަހު އެނބުރި ދަނިކޮށް ސެލީނާ ފުރޮޅާލީ އޭނާގެ ފައިވާނުގެ ހީލް ހަލާކުވެގެންނެވެ. އެތަނުގައި ހުރި ގާޑެއް ވަނީ ސެލީނާ ވެއްޓުމުން ސަލާމަތްކޮށްދީފަ އެވެ. އެއަށް ފަހު ފައިވާން އަތަށް ނަގައިގެން ސެލީނާ ދިޔައީ އެވޯޑު ހަފުލާގެ ތެރެއަށެވެ.
Leave it to Selena Gomez to make even slipping on the red carpet look good https://t.co/7JzhcPAuQp pic.twitter.com/buTnCE8vJf
— Variety (@Variety) February 28, 2022
އެ ހަފުލާގައި ސެލީނާ އަށް ދޭ އެވޯޑެއް އިއުލާނުކޮށް، އެ ހަވާލުކުރުމަށް ވެސް އޮތީ ކުރިން ނިންމައިފަ އެވެ. ޕަމްޕްސް ހަލާކުވުމުގެ ސަބަބުން ސެލީނާ، އެވޯޑު ހަވާލުކުރުމަށް ސްޓޭޖު މައްޗަށް ގޮސްފައި ވަނީ ވެސް ހުސްފަޔާ އެވެ.
What happened to Selena Gomez's shoes? #SAGAwards pic.twitter.com/Hxv5nrsYqE
— Dave Quinn (@NineDaves) February 28, 2022
ފިލްމު އެވޯޑެއް ކަމަށްވާ ސެގްގައި ސެލީނާ އަށް ލިބުނީ ސްޓީވެން ސްޕީލްބާގް ޑައިރެކްޓުކުރި "ވެސްޓް ސައިޑް ސްޓޯރީ" ގައި އޭނާ ކުޅުނު ރޯލުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy