ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހުލޫފަށް ލިބުނީ ރިޝްވަތު ކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ނިންމައި، މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މަހްލޫފު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުބެލެވޭތީ އެ މައްސަލަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އޭނާގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމަވަމުން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ އެވެ.

އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަ ކުރެއްވީ އެއީ ރިޝްވަތުގެ ފައިސާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާއަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.

އަދީބަކީ އަދުލުވެރިއަކަށް ވިޔަސް، މަހްލޫފާ ދެކޮޅަށް ހެއްކެއް ނެތް

ގާޒީ މިސްބާހު ވިދާޅުވި ގޮތުގައި އަދީބުގެ އަދުލުވެރިކަމާ މެދު އުފެދިފައި ހުރި ސުވާލުތައް އެއް ފަރާތްކޮށް އަދި އޭނާއަކީ އަދުލުވެރި މީހެއް ކަމަށް ބެލިޔަސް، މަހްލޫފަށް ދިނީ ރިޝްވަތުގެ ފައިސާއެއް ކަން ސާބިތުވާނެ ހެކިބަހެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މަހްލޫފަށް ރިޝްވަތުގެ ދިން ކަމަށް އަދީބުގެ ބަޔާނުން އެނގެން އޮތީ އެސްއޯއެފްގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް ކަމަށް ވާއިރު، އެއީ ރިޝްވަތުގެ ފައިސާ ކަމާ މެދު މޮހޯ އިންކާރު ކުރާތީ އެވެ. މޮހޯގެ ބަޔާނުގައި އޮތީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.

އަދީބު ތަހުގީގަށް ދިން ބަޔާނާ ގުޅިގެން ގާޒީ ވިދާޅުވީ އެއީ ދައުލަތާއި އަދީބާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ދިން ބަޔާނަކަށް ވާތީ އޭނާ އެ ބަޔާން އޭނާ ދިނީ އެއްވެސް ބިރެއް ނެތި އަދި ފައިދާއެއް ހޯދުމުގެ އުއްމީދެއް ނެތި ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ބަޔާނަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތްއިރު، ފައިސާ ދިން ގޮތާއި އެ ފައިސާތައް ދައުރުކުރި ގޮތާ ބެހޭ ތަފްސީލެއް އަދީބުގެ ބަޔާނުގައި ނެތް ކަމަށް ވެސް ގާޒީ މިސްބާހު ވިދާޅުވި އެވެ.

މެސެޖްތަކާ ދައުވާއާ ނުގުޅުވޭ، ތަހުގީގުގެ އަމާޒު ގޯސް

އަދީބާއި މަހްލޫފާ ދެމެދު ބަދަލުކުރި މެސެޖްތަކެއް ދައުލަތުން އެ މައްސަލާގައި ހުށަހެޅި އެވެ. އެ މެސެޖްތަކާ ގުޅިގެން ގާޒީ މިސްބާހު ވިދާޅުވީ އެ މެސެޖްތަކުގައި ފައިސާއެއް ނުވަތަ ޗެކެއް ނުވަތަ ވޯޓެއް ދިނުމުގެ ވާހަކައެއް ނެތްއިރު، އެ މެސެޖްތައް ބަދަލުކުރީ އެސްއީޒެޑް ބިލުގެ ވޯޓު ނިމުނު ފަހުން ކަމަށެވެ. އަދި މެސެޖްތަކުގައި ހުރި ވާހަކަތަކުން ޝައްކެއް އުފެދުނަސް، އެއަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން ދައުލަތުން ހުށަހެޅީ އަދީބާއި މަހްލޫފާ ދެމެދު ކޮށްފައިވާ ޓްވީޓްތަކަކާއި އޭގެ އެނަލިސިސް ރިޕޯޓެވެ. އެ ޓްވީޓްތަކުގައި އޮތީ މަހްލޫފްގެ ގެއަށް އަދީބު ގޭންގެއް ފޮނުވި ކަމަށް ބުނާ ވާހަކަ އާއި މަހްލޫފް ޕީޕީއެމްގައި ބަހައްޓަން އަދީބާއި މަހްލޫފާ ދެމެދު ވާހަކަ ދެއްކުމާ ގުޅޭގޮތުންނެވެ.

ގާޒީ މިސްބާހު ވިދާޅުވީ އެ މުއާމަލާތުގައި ވެސް ފައިސާއެއްގެ ވާހަކަ ދައްކާފައި ނެތުމުން ދައުވާގައި ބުނާ އެއްވެސް ކަމަކާ އެ ޓްވީޓްތަކާ ނުގުޅުވޭނެ ކަމަށެވެ. އަދި ދައުވާއާ ގުޅުވޭނެ ކަމަށް ބެލިޔަސް، އެކަން ގުޅުވޭނީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ދެވޭ އިތުރު ބާރެއްގެ ގޮތުގައި ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ އެ ޓްވީޓްތަކުން އެނގެން އޮތީ މަހްލޫފާ މެދު އަދީބުގެ ހިތްހަމަނުޖެހުމެއް އޮތް ކަން ކަމަށް ވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ވެސް އެ ނިންމުމުގައި ގާޒީ މިސްބާހު ވާހަކަ ދެއްކެވި އެވެ. ގާޒީ ވިދާޅުވީ މުޅި ތަހުގީގު ބިނާވެފައި އޮތީ އަދި އިސްކަން ދީފައި އޮތީ މަހްލޫފް ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރުމަށް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއްގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތުހުމަތު ކުރެވޭ ކުށް އެ މީހަކު ކުރިކަމުގެ ހެކި ހޯދުމަށް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމިޔަސް، އާ ހެކިތަކާ އެކު ނުވަތަ ދައުވާއަށް ބަދަލު ގެނައުމަށްފަހު އަލުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮވެ އެވެ.

އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލި އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ކުރިން އިއުލާން ކުރިޔަސް، އޭނާ މިހާތަނަށް ވަކިކޮށްފައެއް ނުވެ އެވެ.

14 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަަން

01 March 2022

މަ އެއިރު ވެސް ބުނިން މަހުލޫފް ގެ މައްސަލަ އެއް ނުބަލާނޭ... ވައިސް ޕްރެޒިޑެންޓް އަކީ ޅިޔަން ބޭފުޅާ... ދެން ކޮން މައްސަލަ އެއް ބެލޭނީ... ކޮރަޕްޝަން

The name is already taken The name is available. Register?

މިހާރޫ

01 March 2022

މީ ވަގުންގެ ހައްގުގާ މަސައްކަތްކުރާ ވަގު ސަރުކާރެއް. ވޯޓޫ ދިނުން ނިމުނީ މިބއަިގަނޑަށް.

The name is already taken The name is available. Register?

ހަޤީގަތް

01 March 2022

އެމްޑީޕީ ގެ މީހަކުވެއްޖެއްޔާ ނުބެދޭނެ. އެއީ ހަމަ ހުދުކާފޫރުކޮޅުތަކެއް.

The name is already taken The name is available. Register?

މިއަދު

01 March 2022

ރޔ އަށް ކިއްލިއެއްގަންނަން މީހަކު 50 ލާރިދިނަސް ރިސްވަތުކަމަށްވޭ ދައުލަތުން ފައިސާ ޗާޕްކުރާއިރު ރިޝްވަތުފައިސާ ވަކިން ޗާޕްކުރަންފެނޭ

The name is already taken The name is available. Register?

އަދު

03 March 2022

ނުފޫޒު ފޯރުވޭ މަގާމެއްގަ ހުރި މީހަކަށް ފައިސާ ފޮއްޗެއް ހަދިޔާގެ ގޮތުގައި ދެވިއްޖެނަމަ އެއީ ހަމަ ރިޝްވަތު.

The name is already taken The name is available. Register?

ސަލާމްސް

01 March 2022

5 އަހަރަށް އިންސާފުގެ ދާއިރާއިން އެމްޑިޕީން ވި ހުރިހާ ވައުދެއް ފުދިއްޖެކަމަށް އަހަރެމެން ރައްޔިތުން ބަލައިގެންފިން. އަދުލު އިންސާފުގެ ލާމަސީލު ރާއްޖެއެއްކަމަށް ކަނޑައެޅި ނިމިއްޖެ. ފްލެޓްތަކާއި ދެން ބާކީ ހުރި ވައުދުތަކާއިގެން ކުރިއަށް

The name is already taken The name is available. Register?

ބަނޑުއަކިރި

01 March 2022

މިފަހަރު އަދީބުގެ ހެކިބަސް ކަމަކުނުދޭ ރައިސް ޔާމީންއާ ގުޅޭ މައްސަލަ އެއްގަ ވިއްޔާ އޯކޭ. ހަމަ ހިނި އަންނަނީ

The name is already taken The name is available. Register?

ވަހީދު

01 March 2022

އަދުލު އިންސާފު ގާއިމުވެ ނިމުނީ.

The name is already taken The name is available. Register?

ބޮޑުމީހާ

01 March 2022

މޮޅު އިންސާފު. ސާބިތު ނުކުރެވޭނެ ދުވަހަކުވެސް. އެމްއެމްޕީއާރުސީގެ ވައްކަން ކުރިތަ؟

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

01 March 2022

އިބުރާހީމް ކަޅުކޮތަޅުގާ ގެންދިޔަކަމަށްބުނާ ކޮތަޅުގާހުރީ ޑޮލަރުކަމެއް ނޫނީ ކުނިކަމެއް ސާފުވާނެ ހަމައެއްގޮތެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

01 March 2022

ކޮބާ ސަޅި ދޯ؟؟ [ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުބެލެވޭތީ]. ފެނޭތެ؟؟ ފެނޭ ދޯ؟؟ ޝަރުއީ ނިޒާމް ސަޅި ދޯ.ހިނގާ ދޯ އަތް ޖަހާލަން.ވ.ވެެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454