މީހަކު ބީއެމްއެލްގެ މާސްޓަ ކާޑެއް ނަގައިގެން-- ފޮޓޯ: ބީއެމްއެލް
06 މާޗް 2022 - 19:05
ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން ރަޝިއާ މެދު އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބީއެމްއެލްގެ ކާޑުތައް ވެސް އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ރަޝިއާއިން ޔުކްރޭނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަންގައި ގިނަ ގައުމުތަކުން އަންނަނީ އިގްތިސާދީގޮތުން އެ ގައުމާ މެދު ފިޔަވަޅުތައް އަޅަމުންނެވެ. ރަޝިއާ އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ.
ބީއެމްއެލްގެ ކަސްޓަމަރުން ގެންގުޅެނީ އެމެރިކާގެ ކާޑު ނެޓްވޯކުތައް ކަމަށްވާ އެމެރިކަން އެކްސްޕްރެސް އާއި ވިސާ އާއި މާސްޓަ ކާޑެވެ. ރަޝިއާގައި އެ ކުންފުނިތަކުގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހަދަން އިއްޔެ ވަނީ ނިންމައިފަ އެވެ.
ރަޝިއާގެ އިތުރުން ފިޔަވަޅު އަޅާފައިވާ އެހެން ސަރަހައްދުތަކުގައި ވެސް ކާޑުތައް ބޭނުން ނުކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުން ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުންް މާޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. މިއާއެކު ރާއްޖޭގައި ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ނުދެއްކޭނެ އެވެ.
ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށް އައި ބަދަލާ އެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ހިދުމަތަށް ވެސް މިވަނީ އަސަރުކޮށްފަ އެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައި ވެސް އިތުރު ވަގުތު ހޭދަވުމާއި ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
08 March 2022
އަމިއްލަ ގައުމުގަ ދެދުވަހުން އެއްދުވަހު ބޭނުންނުކުރެވޭ އެއްޗެއް ހެވެއްނު ރަސިޔާގަ ބޭނުންނުކުރެވުނަސް.
ޖޯޖް
07 March 2022
ކޮމެންޓް ތަށް ކިޔާލީމަ އެނގޭ ދިވެހިން ގަމާރުކަން ވާނުވާ ނޭނގޭކަންް މިމީހުންނަކަށް ނޭގޭ އަތުގަ މިއޮންނަ ވިސާ ކާޑާ އެމެކްސް ކކާރޑްމަސައްކަތް ކުރާ ގޮތެއްވެސް
ދަލޭކަ ދައިތަ.
07 March 2022
ތިދެން ރަޝިޔާގެ ދުވަސް ދިޔައީ. ބީއެމްއެލްގެ 100 މިލިޔަން ކާޑު ޜަޝިޔާގައި ގެންގުޅޭ ކަމަށް ވަނީ. މުޅި ބެންކްގެ އާމްދަނީ ހިފަހައްޓަނީ އެ ކާޑު ތަކުން ލިބޭ އާމްދަނީން.
ޖޯޖް
07 March 2022
ވާނުވާ ނޭގުނަސް ކޮމެންޓް ކުރާތި
އަރީޝް
07 March 2022
އޭއި ޖޯޖް ކަލެއަށް ތިއޮތީ ވާނުވާ މާބޮޑަށްވެސް އެގިފަ.
×××1
07 March 2022
ގްރޭޓް ރީސެޓް ފެށެނީ. މިކަން ހުއްޓުވަން އނމެން ތެދުވޭ
ބައިޑޭ
07 March 2022
އައްދިއްޔޯތް! މިފަހަރު ފޮއިވައްޓާމިލެވުނީ އަމިއްލަ ފައިމައްޗަށް.
ނިއުވޯލްޑް
07 March 2022
ދާދި އަވަހަށް ދުނިޔޭގައި އާނިޒާމުތައް ތައާރަފުވެގެންދާނެ އައުމުގެ ފެށުމެއް. ޔޫއެސްޑޮލަރުގެ ބާރު ކެޑި ހަސްފަސްވެ ހުސްވަމުންދިއުމުގެ ފެށުން.
މުއްލ
07 March 2022
ރަޝިޔާއާ ދެކޮޅަށް ތިހާ ފޯރިއާ އެކު ފިޔަވަޅު އަޅާލާގޮތަށް ބައިމަދު ނިކަމެތި މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ގައުމުތަކާ ރެޖީމް ތަކާ ދެކޮޅަށްވެސް ތެދުވެލަ ބަލާށެވެ. ޓެރެރިޒަމް އަހަރެން މާނަކުރާނީ އަނެއްކޮޅަށެވެ. ބައިނަލްއަގްވާމީ ތިލަފަތް އަޅެމިއޮންނަނީ ކިހިނެއް ހެއްޔެވެ؟
އިންއީކުއަލް
07 March 2022
ރަޝިޔާއާ ހެދި 3 ވަނަ ބޮޑު ހަނގުރާމަ ފެށިދާނެ. އެހެން ކަންކަމާ ހުރެ ދުނިޔެ އެހިސާބަކަށް ނުދާނެ. އެއީ އޮންނަ ބޮޑު ތަފާތަކީ.
ށަވިޔަނި
07 March 2022
ދުނިޔެ އަޅުވެތިކުރަން ނުބައި އެމެރިކާ ދުރާލާ ރާވާފަވާ ރޭވުންތައް ހާމަ މިވަނީ. އެންމެން އެބަޖެހޭ މި އެމެރިކާގެ ނުބައިން ސަލާމަތްވާން.
ކުރިސީ
07 March 2022
އެމެރިކާނަން ބުނެފަ އަރިމަތިން އިންޑިއާގެ ނަންވެސް ބުނެލިނަމަ ސަޅިވީސް
ވިސާކޭއެމެރިކަންއެކުސްޕުރެސް
07 March 2022
އެއްކޮޅަށް ވޯޓު ދިނަސް، ދެކޮޅަށް ވޯޓު ދިނަސް، އެމެރިކާގެ ކުންފުނިތަކަކުން ދޭ ޚިދުމަތެއް ބޭނުންކޮށްގެންދޯ ތިޔަ ކާޑުތައް އެހެން ޤައުމުތަކުގަ ބޭނުންކުރެވެނީ. އެހެންވީމާ، އެމެރިކާގެ އެ ޚިދުމަތް މެދު ކަނޑާލާ ކޮންމެ ފަހަރަކު ދިވެހި ކާޑުވެސް، އެހެން ޤައުމުތަކުގެ ކާޑުތައްވެސް ހުއްޓޭނެތާ.
ކެނެޑީ
07 March 2022
ބަޔަކު ކަމެއްކުރާއިރަށް ދިވެހިންވެސް ވާނެ އެކަމެއް ކުރަން. ސައިޒުބަލާލަން ބޭނުމިއްޔާ ނިކަން ގޫގުލްމެޕްސް ހުޅުވާލާފަ ރަޝިޔާގެ ސައިޒާ ރާއްޖޭގެ ސައިޒު އަޅާކިޔާލަބަލަ. ނޫނޭ ގައުމުކުޑަޔަކަސް މިގައުމުގަ އުޅޭ ކޮންމެ މީހަކީ ހަމަ ކިންގެއް، ހިތްހުންނަނީ ގޮސް އުޑުގަޖެހި އޯޒޯންފަށަލަވެސް ފޫއަޅުވާލާފަ
ޖޯޖް
07 March 2022
ވާނުވާ ނޭނގުނަސް ކޮމެންޓް ކުރެވޭތޯ ބަލާތި