އިންތިހާބު ފަސްކުރީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 115 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓުން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާ: ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ބޮޑު އަޣުލަބިއްޔަތުން ވަނީ ނިންމާފައި
08 މާޗް 2022 - 23:57
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން، އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަރާތުން ހުށަހެޅި ހުށަހެޅުއްވުމުން، 85 ވޯޓުގެ ބޮޑު ތަފާތަކުން އެ ހުށަހެޅުން މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚު ރޯދަ މަހާ ދިމާވާތީ އިންތިޚާބު ފަސްކުރަން ފައްޔާޒް ހުށަހެޅުއްވިޔަސް، އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަމާ ދެކޮޅެވެ. އޭނާ ވިދާޅުވާ ގޮތުން އިންތިޚާބު ބާއްވަން ޖެހޭނީ ކުރިން ހަމަޖެއްސި ތާރީޚު ނުވަތަ އެއަށް ވުރެ އަވަހަށެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ދެ ފަރާތުން ބަދަލުކުރި ބަހުގެ ހޫނު ހަމަލާތަކަށް ފަހު ފައްޔާޒަށް ތާއީދުކުރާ މެމްބަރުން ހުށަހެޅުއްވީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. އެ ތާރީޚު ފާސްކުރީ އެ ޖަލްސާއަށް ހާޒިރުވި 115 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓުންނެވެ. ވޯޓު ނުދެއްވީ 15 މެންބަރެކެވެ.
ފައްޔާޒްގެ ފަރާތުން އައި ހުށަހެޅުން ފާސްވުމުން އިންތިގެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.
މިރޭ ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ވެސް ފައްޔާޒްގެ ހުށަހެޅުއްވުމަށް ތާއީދުކޮށް، އިންތިޚާބު ފަސްކުރުމަށެވެ. އެކަމަކު އިންތިއަށް ތާއީދުކުރި މެމްބަރުން ވިދާޅުވަނީ އިންތިޚާބު ފަސްކުރަން އުޅެނީ ފައްޔާޒަށް މެމްބަރުންގެ ތާއީދު ނެތުމުން އެކަމަށް ފުރުސަތު ހޯދަން ކަމަށެވެ. ދެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރި އެވެ.
މިރޭގެ ޖަލްސާގައި ފައްޔާޒް ވަނީ އޭނާ ހުންނެވީ ސަރުކާރާ އެކީގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އުނދަގޫ ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ އުޅުއްވަނީ ބްރޯ ހެދިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ ޕާޓީއަށްޓަކައި ގުރުބާންވީ ވަކި ބަޔަކު ނޫން ކަމަށާއި އޭނާ އަކީ ވަގެއް ކަމަށް ބުނެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހަށް ދާން ވެސް ޖެހުނީ ދެފަރާތުން ވާހަކަ ދައްކައިގެން މިކަމުގައި ގޮތެއް ނުނިމި މައްސަލަ ބޮޑުވުމުންނެވެ. ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ޖަލްސާ ނިންމަވާލައްވަމުން އެކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ހިސާބުން މިކަން ނިންމަން ނުޖެހި ވޭތޯ ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުލީމާ
09 March 2022
ރ ނަޝީދަކީ އަސްލު ބުރޯއޭ ނުބުނެ ފއްޔާޒު ވަރަށް ފައްކާކޮށް ނަޝީދަކީ އަސްލު ބުރޯކަން ހާމަކޮށްދީފި. އާނ އެހެނޏާފަހެ މީ ވަކި ބައެއްގެ ތަރިކަ މުދާތަ. އެމްޑީޕީ އެުފައްދާ އެމްޑީޕީ މިހާހިސާބަށް ގެނައީކީ އަންނި އާއި އިމުތިޔާޒާ އީވާ އާ ވައްޑޭ ކަހަލަ 4 5 މީހުނެއްނޫން. އެމީހުންވެސް މަސައްކަތްކުރި އެހެންނަމަވެސް ދެންތިބި މީހުނަނކީވެސް ހަމަ އެހާ ބުރަކޮށް މަސައްކތްކުރި މީހުން
ކުޗީ
09 March 2022
މަމީކީ މ.ޑ.ޕ ގެ މެމްބަރެއް ނޫން. މ.ޑ،ޕ ގެ އާމު މެމްބަރުން ތިބީ މިސަރުކާރު ހިންގާގޮތާއި ދޭތެރޭ ވަރަށް ހިތްހަމަ ނުޖެހިފަ. އިނގޭ ކަމަކީ ތިޔަ ގައުމީ މަޖްލިސްއަށް ސަރުކާރުގައި އާއި މަޖްލިސް ގައިތިބި އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކަށް އާމު މެމްބަރުން ގެ ފިކުރަކާއި އަދި ވޯޓަކާއިވެސް ނުކުޅެވޭނެ ކަން. މިނަގާ ވޯޓުން އިނގިގެން ދާނެ މ.ޑ.ޕ އަކީ ހަމަ ޕޕ އާއި އެކަޗެއްތޮ ނުވަތަ ނޫންތޯ.
ކެނެރީ ސްޕޯކްސްޕަރސަން
09 March 2022
މަމެންގެ ބިލުގައި އޮންނާނީ 30 ޕަރސެންޓުންވެސް އިންތިހާބު ކާމިޔާބުކުރެވޭ ގޮތަށް. 115 ވޯޓުން އަޅުގަނޑުމެންގެ ކެނެރީ ނިޒާމް ފެކްޝަނަށް 15 ވޯޓް ލިބުނީމާ އެލިބުނީ 13 ޕަރސެންޓް. ވީމާ 13 ޕަރސެންޓް ވޯޓުންވެސް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅާނެ ވާހަކަ ދަންނަވާލަން.
ޙަބީބު
09 March 2022
ފައްޔާޒަކީ އަސްލު އެމްޑީޕީ މިއީ ގައިމުވެސް އިބޫ ސަރުކަރުން ރިސްވަތު ދީގެން ނުވަތަ ރަނގަޅު އިނާމެއް ދީގެން ކުރުވި ކަމެއްނޫން މިރާއްޖޭގަ ނޫޅޭނެ ރިސްވަތު ދަންނަމީހެއްވެސް
ތިލަފަތް
09 March 2022
100 ކީއްކުރަން؟ 200 މެންބަރުންގެ ވޯޓުން އިންތިޚާބް ފަސްކުރަން ނިންމިޔަސް ދެން އެއްވެެސް އިންތިޚާބެއްގަ އެމްޑީޕީ އަށް ދޭނެ ވޯޓެއްނެތް. މިއީ މަގޭ ބަސްވިކޭ ގިނަ ބައެއްގެވެސް ނިންމުން. އެނގިދާނެތާ!
ބިން
09 March 2022
ކުރިންވެސް އިންތިހާބު ކާމިޔާބު ކުރީ ކަލޭގެ ވޯޓާނުލާ، ދެންވެސް ކާމިޔާބުކުރާނީ ތިވޯޓާއި ނުލާ
ނަޖްވާ
09 March 2022
ކީކޭ ދެން ފަހެ އަޅެ ބުނާނީ! އިންތި އަށް ސަޕޯޓު ކުރާ މީހުން މި ކުރަނީ އަންނީ ކުރާ ސަޕޯޓު! މިހާރު ކަލްޓް ލީޑަރ އަންނި އަށް އޭނާގެ ސައިޒު އަންނަނީ އެނގެމުން ކަމަށް!
ހަސީން
09 March 2022
ހަހަހަހަ! އީވާ، އިންތި ޕަކާސް
ފައްޔާނު
09 March 2022
ގައުމީ މަޖްލިސްގަ ވޯޓް ނެގިދާނެ އާންމު މެމްބަރުންގެ ވޯޓެއް ފަޢްޔާޒުއަކަށް ނުލިބޭނެ. ތީ ދެވަނަ އަލްހާން
ސާބެ
09 March 2022
ކަލްޓްގެ ކިބައިން މަޑުމަޑުން އެމްޑީޕީ ސަލާމަތްވާތަން ފެނުމުން ވަރަށް އުފާވޭ!
ތިނަދޫ ސިޓީގެ މޭޔަރު ޕްރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު ސައުދު އަލީ
09 March 2022
އިބޫއެއް ނަޝީދެއް ފައްޔާޒެއް އިންތިއެއް އަހަރުމެންނަށް މިހާރަކު މުހިއްމެއް ނޫން. 2023 ގައި އެމްޑީޕީއަށް ވޯޓެއް ދެވެން އޮތީ ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް 63 ހެކްޓަރު ބިމުން ގޯތި ދޫކުރި ދުވަހަކުން. ޕާޓީއަށްޓަކައި ޖާނާމާލުން ގުރުބާން ވެވިއްޖެ ވީކަމެއް ހަރާމުން ހަރާމް. ކޮބާހޭ ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ކޮބާހޭ ހުވަދޫ އުޓަނޭޝަނަލް އެއާޕޯޓު
ޖުހާ235687
09 March 2022
ހިންނަވަރުންވެސް ހަމަ އެފަދަ.. ހިންނަވަރު ބިމުން ގޯތި ދިނިއްޔާ ވޯޓް ދޭނީ..ރަށު ރައީސެއް ކަމަކު...
ޙަބީބު.
09 March 2022
ތިނަދޫއަކީ ސިޓީ އެއްނޫން ކުކުޅައްވުރެ ބިސްދޮށި ނުވުމައް ދަންނަވަން