ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ދިވެހި ލީގުގެ އުތުރު ޒޯނުގެ ކޯޑިނޭޓަރު ކަމަށް މޯ ހުރީ ފައްކާވެފައި

ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ މޯ): ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ދިވެހި ޕްރިމިއާ ލީގުގެ ނޯތޮ ޒޯންގެ ކޮޑިނޭޓަރު ކަމަށް އެފްއޭއެމް އިން ވަނީ އޭނާ ހަމަޖައްސާފަ

10 މާޗް 2022 - 12:25

2 comments

އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަމިއްލަ ރަށް، ދުވާފަރުގައި ހުރެފައި މުހައްމަދު އީސާ (މޯ) ދިޔައީ މެޗު ބަލާލުމުގެ ގޮތުންނެވެ. އެކަމަކު ދެ ޓީމު ދަނޑަށް ހާޒިރުވުމުގެ ކުރިން މޯ ދަނޑަށް ވަދެ އެހެން ބައެއް ކަންތައްތައް ބަލާލި އެވެ.

އެއީ ކޮންމެހެން އޭނާއާ ކަމެއް ހަވާލުކޮށްގެން ކުރި ކަމެއް ނޫނެވެ. އޭނާ ބޭނުންވީ ދަނޑުގެ ވިނަގަނޑުގެ ފެންވަރާއި ދަނޑުގައި ހުރި ވަސީލަތްތައް ބަލާލުމަށެވެ. ޓީސީ ސްޕޯޓްސްގެ މެނޭޖަރުކަމާއި ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން ކުރި މޯ އަށް އެއީ އެ ދެ މަގާމުގައި މަސްއޫލިއްޔަތު އަދާކުރިއިރު އާންމުކޮށް ކުރާ މަސައްކަތެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ކަލްބަތަކުގެ ޕްރެކްޓިހަށް ޒުވާން އުމުރުގައި ނުކުތް މޯ އަށް ފުޓްބޯޅަ ފެންނަނަނީ ދެ ޓީމެއް ދަނޑުމަތީގައި ކުޅޭ މެޗެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ފުޓްބޯޅަ މެޗުގެ ބޭރުން ފުރިހަމަކުރަންޖެހޭ އިންތިޒާމުތަކާއި އިދާރީ އެންމެހާ ކަންކަންކަމަށް އޭނާ ސަމާލުކަން ދެ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗް ޕީޓާ ޝެގަޓް އާއި މޯ ފޮޓޯ އަކަށް ހުއްޓިލައިގެން: ދިވެހި ޕްރިިއާ ލީގުގެ ކޯޑިނޭޓަރު މަގާމު އަދާކުރުމުގައި ގައުމީ ޓީމުގައި ކުރި މަސައްކަތް އޭނާ އަށް މުހިންމު އެހީއަކަށް ވާނެ ކަމަށް މޯ ބުނޭ

"އަޅުގަނޑު ބެލިން އަލިފުށީ ދަނޑުގައި ހުރި ފެސިލިޓީސް. ދެ ޓީމު ބޭނުން ކުރަން ހުރި ޗޭޖިން ރޫމަށް ވަނިން. ރެފްރީސް ރޫމަށް ވަނިން. ޕިޗަށް އެރިން. އެއީ އަޅުގަނޑު ބޭނުންވީ އަޅުގަނޑު އަމިއްލަ އަށް އެކަންކަން ބަލާލަން،" ރާއްޖެއިން 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި މޯ ކިޔައި ދިނެވެ.

"ރަނގަޅު މުބާރާތެއް ކުރިއަށް ގެންދެވޭނީ ޕިޗުގެ ބޭރުން ވެސް އިންތިޒާމު ކަންކަން ވީ އެންމެ ބޮޑަކަށް ފުރިހަމަކޮށްގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

ދިވެހި ޕްރިމިއާ ލީގު 2023-2024 ގައި ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން އެފްއޭއެމުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލި އެވެ. ނޯތު ޒޯންގެ ކޮޑިނޭޓަރަކަށް އެފްއޭއެމުން ހަމަޖެއްސީ މޯ އެވެ. ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ދެމެދުގެ ކޯޑިނޭޓަރެއްގެ ގޮތުގައި އޭނާ އަށް އޮތީ ފަސޭހަ މަސައްކަތެއް ނޫނެވެ. ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް އެކުލަވައިލުމުގެ މަރުހަލާގައި ވަކި މުއްދަތަކަށް މަސައްކަތް ކުރި މޯ ހުރީ އޭނާ އާ އެފްއޭއެމްއިން ހަވާލުކުރި އާ މަގާމަށް ވަރަށް ރަނގަޅަށް ފައްކާވެފަ އެވެ.

"މި ޒޯންގައި ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ގޮތް އަޅުގަނޑު ވާނީ މިހާރު ބަލާފައި. މިފަހުން ށ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި ދަތުރުފަތުރުގެ ރޫޓްތައް ހުރިގޮތް އަޅުގަނޑު ބަލައިފިން. ކުރިން އޮންނާނެ ހދ. ބާލަފައި،" މޯ ބުންޏެވެ.

"މިހާރު މި މަސައްކަތް ކުރަނީ މި ޒޯނުން ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ބައިވެރިވާ 17 ޓީމާ ހަމައަށް ރީޗް ވެވޭތޯ. އެޓީމުތަކުގެ ހިޔާލު ހޯދާނަން."

މޯ ގަބޫލުކުރާގޮތުގައި އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އަށް އޮތް އެންމެ ބޮޑު ފަސޭހައަކީ ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި މެނޭޖަރެއްގެ ގޮތުން އޭނާ ކުރި މަސައްކަތެވެ. ބަންގްލަދޭޝްގައި 2017 ގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީން ކާމިޔާބުކުރި އިރު އެމުބާރާތުގައި ޓީސީގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށް ލިބުނު ތަޖުރިބާތަކާއި ގައުމީ ފުޓުބޯޅަ ޓީމުގައި ކުރި ތަޖުރިބާތައް ބޮޑު އެހީ އަކަށް ވާނެކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ޓީސީން 2017 ގައި ހޯދި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ތައްޓާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން: އުތުރު ޒޯންގެ ލޮޖިސްޓިކްކަންކަން އޭނާ ވަނީ ދެނެގެންފައި

"އެންމެ ފުރަތަމަ ދަނޑަށް ދާން ޖެހޭނީ މެނޭޖަރު. ދަނޑުގެ ކޮންޑިޝަން ބަލައި ޓީމު ދަތުރުކުރަން ޖެހޭ ރޫޓްތައް ބަލަން،" ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބަށް ފަހު ދީފައިވާ އިންޓަވިއުއެއްގައި މޯ ބުނެފައިވެ އެވެ.

"ޓީމު ޕްރެކްޓިސް ކުރަނީ ކިހިނެއްތޯ އަޅުގަނޑު ނުބަލަން، އަޅުގަނޑު ބެލީ ޓީމު ޕްރެކްޓިސް ގުރައުންޑަށް ދާއިރު ހުރިހާ ކަމެއް ހަމަޖެހިފައި ހުރިތޯ ބެލުން. މުޅިން އާ ކިޓް މެނޭޖަރަ ކާއެކު މަސައްކަތް ކުރަން ފެށީ، ނަމަވެސް ގަތަރު ޓްރެއިނިން ކޭމްޕް ނިމިގެން ދިޔައިރު އެއްވެސް މީހަކު ނުބުނާނެ އޭނާއަކީ މުޅިން އާ ކިޓް މެނޭޖަރެކޭ. އެހާވެސް ރަނގަޅަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިޔައީ."

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރަވަންދޫ މުޙައްމަދުފުޅު

10 March 2022

ތީ ތިކަމަށް އެންމެ އެކަށީގެންވާ މީހާ

The name is already taken The name is available. Register?

ލަންކާ ފާތުމަ

10 March 2022

ޢެންމެ ބެސްޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454