ކ-ވ އަބްސީ އާއި ނިޝް އާއި މެޒޯ މޯޑް، ނަލަ ނަލަ ރާއްޖެ ލަވަ ނެރެދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 މާޗް 2022 - 23:57
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭނުން ކުރާ ލަވަ މިރޭ ނެރެފި އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލަވަ ނެރެދެއްވީ ރާއްޖޭގެ މިޔުޒިކީ ދާއިރާގެ މަޝްހޫރު ތިން ތަރިން ކަމަށްވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އާއި އެމޭޒަން ޖޭޑްގެ ވޯކަލިސްޓް އަބްދުއްރަޝީދު (އަބްސީ) އާއި ޒީރޯ ޑިގްރީ އެޓޯލްގެ އަހުމަދު ނާޝިދުގެ ދަރިފުޅު ނިޝް ނާޝިދު އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި ރާއްޖޭގެ މިޔުޒިޝަނުންގެ ޔޫނިއަނާ ގުޅިގެން ނެރުނު އެ ލަވައަށް ދީފައިވަނީ "ނަލަ ނަލަ ރާއްޖެ" އެވެ. އިނގިރޭސި އާއި ދިވެހިން ކިޔާފައިވާ އެ ލަވައިގެ ޅެމާއި މިޔުޒިކް ހަދާފައިވަނީ ދި ޓިއުން ބޭންޑުންނެވެ.
އެ ލަވައިން ރާއްޖޭގެ ރީތި މަންޒަރުތަކާއި ސަގާފަތް ދައްކުވައިދޭއިރު ލަވައިގެ ވީޑިއޯ ތައްޔާރު ކުރީ އޯކޭސް އިންނެވެ.
#MaldivesTourism50 Official Theme Song Launching, Thank you @mezzomohamed Absy and Nish for taking part of this historical ceremony @Mausoom_Maus @MoTmv #Maldives #NalanalaRaajje pic.twitter.com/XXMyOqbIPC
— Thayyib #Maldives (@thayyib) March 11, 2022
ޓޫރިޒަމަށް ހާއްސަ އެ ލަވައިގައި ދައްކުވައިދެނީ ރާއްޖެއަށް އަންނަ ޓޫރިސްޓަކަށް ފްލައިޓުމަތީގައި ފެންނަ ހުވަފެނެކެވެ. އެ ހުވަފެނުގައި އޭނާ ރާއްޖެ އައިސް ދިވެހިންނާ އެކު ނަށާ އުޅޭ ތަނާއި ކަނޑުއަޑީގެ ރީތިކަން ބަލާލަން ޑައިވް ކުރާ ތަނާއި ރާއްޖޭގެ ގުދުރަތީ ރީތިކަން އަމިއްލައަށް އިހުސާސް ކުރާ މަންޒަރުތައް ފެނެ އެވެ.
ލަވަ ނިމެނީ ފްލައިޓް ރާއްޖެ އަށް ލޭންޑް ކުރުމުން އޭނާއަށް ހޭލެވި އެއާޕޯޓުން ނުކުންނަ ތަނުންނެވެ.
ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަ ކުރަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. ރަން ޔޫބީލް ފާހަގަ ކުރަން ހާއްސަ ލޯގޯއަކާއި ސްޓޭމްޕެއް ވެސް މިހާރު ވަނީ ތައާރަފު ކޮށްފަ އެވެ.
މުޅި އަހަރަށް ބަހާލައިގެން އަދި ވެސް ގިނަ ހަަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
12 March 2022
ނީޝް އަކީ މަޝަހޫރު ލަވަކިޔުންތެރިއެއް ނޫން. މަޝްހޫރީ އޭނާގެ ބައްޕަ. ލަވަ ކިޔަކަސް އަދި މަޝްހޫރެކޭ ނުކިޔޭނެ.
ވަހީދު
13 March 2022
ލަވައިގެ ދާއިރާގައި އުޅޭ މީހުންނަށް މަޝްހޫރު.