ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
16 މާޗް 2022 - 11:13
ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ ހަ މަގެއްގައި ބަހައްޓާފައި ހުރި 85 ޕެލެޓެއް މާލޭ ސިޓީ ކައުންސިލުން އިއްޔެ ނަގައިފި އެވެ.
ޕެލެޓްތައް ނަގަން އިއްޔެ ފެށީ، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނަގަން ސިޓީ ކައުންސިލުން ދެ ތާރީހެއް ކަނޑައެޅި ނަމަވެސް، އެ މަސައްކަތް ނުކުރެވި ދިއުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކައުންސިލްގެ މުވައްޒަފުން ޕެލެޓްތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށައި، މާލޭގެ ބައެއް މަގުތަކުން 85 ޕެލެޓެއް ނަގާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޕެލެޓްތައް ނެގި މަގުތަކުގެ ތެރޭގައި އެ މައްސަލަ އެންމެ ބޮޑު ބައެއް މަގުތައް ވެސް ހިމެނެ އެވެ. އެ މަގުތަކަކީ؛
- ހަވީރީ ހިނގުން
- ލޮނުޒިޔާރަތް މަގު
- މޫނިމާ ހިނގުން
- ޖަނަވާރީ ހިނގުން
- ރަތްވިލާ މަގު
- ކާސިންޖީ މަގު
ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެގޮތަށް ހުށަހެޅި ފަރާތްތަކުގެ އަދަދެއް ވެސް އަދި ނޭނގެ އެވެ.
މަގެއްގެ މަތީގައި ޕެލެޓް ބަހައްޓާފައި: އެ އެއްޗެހި ނަގަން ދިން މުއްދަތު ހަމަވި އިރު ވެސް ކައުންސިލަށް އެކަން ނުހުއްޓުވުމުން ފާޑުކިޔުން އަމާޒުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
ސިޓީ ކައުންސިލް ބުނެފައި ވަނީ މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. ކައުންސިލުން ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.
ހާއްސަކޮށް އެމްޕީއެލާއި ކަސްޓަމްސް ސަރަހައްދުން ބޭރު މަގާއި ހަވީރީ ހިންގުމުގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ޕެލެޓްތައް ބަހައްޓާފައިވާއިރު، އެތައް ބަޔަކަށް އޭގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެ އެވެ. ބައެއް މީހުންގެ ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމަށް އަމިއްލަ އަށް ޕެލެޓްތައް ޕާކިން ޒޯނުތަކުގައި ބާއްވާފައި ހުންނަނީ އެހެން މީހުންނަށް އެ ޕެލެޓްތައް ނުނެގޭ ގޮތަށް ޗޭނުގަނޑަކުން ތަޅު ވެސް އަޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދު 12
17 March 2022
ސައިކަލް ވައްދާނެ ތަނެއް ނެތިއްޔާ ރެޖިސްޓްރީ ނުކޮއްދީ! އެކަނި ކާރެއް ނޫން، މާލެ މަގުތަށް އެއްކޮށް ހުނަންވާނީ ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް، ހަމަ އެކަނި ބޭނުން ކުރާ ވަގުތު ލޯޑް/އަންލޯޑް ނުވަތަ ޕެސެންޖަރުން އަރަން ފައިބަން.
މުހައްމަދު.
17 March 2022
މާލޭގައި ހިންގާ ގަރާޖާއި ވަޑާން ގެއާއި ވޯކް ޝޮޕްތަކާއި ގުދަންތަކާއި ބޭކަރީ ތަކާއި މިނޫންވެސް މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ތަންތަން ހިންގަނީ ހުއްދަދީގެންތޯއާއި ހުއްދަދީފައިވަނީ ކޮން ހަމަޔަކުންތޯ ބެލުން މުހިއްމު. ގޭގެ ހަދާފަ ދިރިއުޅެވެނީ ހުއްދަ ދީގެންކަމަށް ވެއްޖެއްޔާ ހަމަޖެހިލައިގެން އެތަނެއްގައި ދިރިއުޅެވޭނެ ގޮތްވެސް ހަދާދޭންޖެހޭނެ. އިރު އޮއްސުމުން އަޑުމަޑުވާނެ ގޮތަށް ގައުމުގެ ކަންކަން ބައްޓަންކުރަން ޖެހޭ. ރޭސް ޖެހުން ވެސް ހުއްޓުވަން ޖެހޭ.
އިއްސެ ސުމާރު
16 March 2022
ޕާކްކުރަން ދަތިވާތީ އެކަންޏެއް ނޫން ތިއެއްޗެހި ނަގަންވީ. ކިތައް މީހުނަށް އަނިޔާވެފަހުރި. ބިނދިފަހުރި ނޫނީ ފޫގޮސް ހުރި ޕެލެޓަށް އެރިގެން ކައްސާލާފައި އަނިޔާވެފަ ހުރީ.
ޕެލެޓޭ
16 March 2022
މިހާރު ނޫހަށް މިވަނީ ދިވެހި ސަރަކާރުވެސް ހިންގަން ޖެހިފައި. މިހާރުގެ ނޫސްވެރިން ތިޔަ ކުރައްވާ ބުރަ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ދެން. ޕާކްތަކުގައި ބަންގާޅީން ގެދޮރުހަދައިގެން ތަންމަތިތައް ހިފައިގެންގޮސް އެ ތަންތަނުގައި ނިދާތީ އެކަންވެސް ތަންކޮޅެއް ގާތުން ބައްލަވައިދެއްވުން އެދެން. ޚާއްޞަކޮށް އެތަނުގެ އުނދޯއްޔެއް ރޭގަނޑަކު ނުލިބޭ އިށީނދެލަން.
ފޫހި
16 March 2022
މާލޭގެ މީހުން ތޮއްޖެހިފައިވާ މިވާ ގެތަކުގެ ކައިރީގައި ޖެހިގެން މިހިންގާ އެކިއެކި ކެމިކަލްތައް ބޭނުންކުރާ ވޯކްޝޮޕްތަކާއި ގަރާޖްތައް ރަށުތެރޭން ބޭރުކޮށްބަލަ. އެފަދަ ތަންތަނާ ކައިރީގައި ދިރިއުޅޭ މީހުންނަށް ހާދައުނދަގޫވެއޭ. މިހާރު ހުޅުމާލޭގައި އިންޑަސްޓްރިއަލް ބޮޑު އޭރިއާ އެއް އެބައޮތް. އެތާނޫނީ އެފަދަ ކަންކަން ނުކުރެވޭނެގޮތް ހަދާބަލަ.
ކަމްލީނާ
16 March 2022
މާލޭގެ ގިނަ މަގުތަކުގައި ހިނގާނެ ޕޭވްމެންޓެއް ނޫނީ ދުވާރެއް ނެތް! މީގެ ތެރޭގައި ތުއްތު ކުދީން ގޮވައިގެން ސްކޫލް ތަކަށް ދުވަހުން ދުވަހަށް ދާންޖެހޭ މަގުތަށް! ގައުމުގެ އެކި ފެންވަރުގައި އެކި ގިންތިތަކުގައި ސެޓްފިކެޓް އޮތަސް ގަމާރުން ހިންގަން ރާވަން ތިބީމަ ގައުމު ކަންކަން ދަނީ ގޯހުން ގޯހަށް! ބަލާބަލަ ގ.ކެނެރީގެ ހުންނަ ގޯޅި، ނަޝީދުގެ ސެއުރީޓީ މުޅި ދުވަހު އަދި ރޭގަނޑު 8 ނޫނީ 9 ޖަހަންދެން މަގު ބަންދުކޮށްގެން 5 ނޫނީ 7 ސެކުރިޓީ މީހުން ތިބޭ! ވިސްނަބަލަ!
ޑޮކްޓާރ. ބަނާނާ
16 March 2022
ބަލާ ތިޔާ ޕެލެޓް ނެގީމާ ނިމުނީ ތޯ .. ތިޔާ އިން މަގަކުން ދުއްވާ އެއްޗެއް ދުއްވާ ނަމަ ގޮހޮރުވެސް ބޭރުވާވަރުވޭ... ރަގަޅުފެންވަރަކަށް ތިޔާ މަގުތައް ހެދޭތޯ ބެލިއްޔާ މާރަގަޅު.
ޕެލެޓްމާލެ
16 March 2022
މާލޭ މަގުމަތި ސާފުކޮށް ބެހެއްޓުމަށްޓަކައި ވެމްކޯ މުވައްޒަފުން ކޮންމެ ދުވަހަކު ކުނި ނަގާހެން ކޮންމެ ދުވަހަކު ތިޔަ ޕެލެޓްތައް ނެގުމަށްޓަކައި ޓީމެއް ބާއްވަން އެބަޖެހޭ. އެހެންނޫނީ ޕެލެޓްތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ. ވިޔަފާރިވެރިންދެކެ ގަންނާކުރައްވާބިރުން އެކަންވެސް ވާކަށްނެތް. 6 މަގަކުން 85 ޕެލެޓް ނެގުނުއިރު އޭގެމާނަކައީ އެވްރެޖްކޮށް ކޮންމެމަގެއްގައި 15 ޕެލެޓޭ. ގޭގެ އެއްކޮޅުން އަނެއްކޮޅަށްވެސް ޕެލެޓްތައް ބަހައްޓާފައިހުރޭ.
ބަޑަލް ލައިން
16 March 2022
އާނ، ޑަބަލް ލައިން ދެމީމަ ޕާރކެއް ނުކުރާނެ... ލޮލް
ގާސި.މް
16 March 2022
މާލޭ މަގުތައް ހެދުމަށް 462 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ލާރިޔައް ވީގޮތެއް ނޭނގި ރޯޝަނީމަގި ނިމުމާ އެކު މަގުހަދާ ތަކެއްޗާ އެކު އެޕޮރޮޖެކް އުޑައްއަރިގެން ގޮއްސި.