ލައިފްސްޓައިލް

އިތުރު 5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި

23 މާޗް 2022 - 05:42

10 comments

މި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި 5،000 އަށް ވުރެ ގިނަ އިތުރު ދުނިޔެތައް ނުވަތަ ޕްލެނެޓްތައް ވާކަމަށް ނާސާ އިން ޔަގީންކޮށްފި އެވެ.

ސައިންސްގެ ހޯދުންތަކުގެ އެ ބޮޑު ކާމިޔާބީ ހާސިލުވީ ނާސާގެ އެކްސޯޕްލެޓް [ސޯލާ ސިސްޓަމުން ބޭރުގެ ދުނިޔެތައް] އާކައިވް އަަށް އިއްޔެ އިތުރުކުރި ސޯލާ ސިސްޓަމުން ބޭރުގެ 65 އެކްސޯޕްލެނެޓާ އެކު އެވެ. އެ އާކައިވް އަކީ އެކްސޯޕްލެޓްތަކުގެ ހޯދުންތައް ޕިއާ ރިވިއުކޮށް، ކަށަވަރުކުރުމަށް ފަހު ޝައިއުކުރާ ތަނެވެ.

"އެއީ ހަމައެކަނި ނަންބަރެއް ނޫން،" އެ އާކައިވްގެ ސައިންސް ލީޑް ޖެސީ ކްރިސްޓީނާސެން ވިދާޅުވި އެވެ.

"އެއީ މުޅިން އާ ދުނިޔެތަކެއް. އަދި އެ ދުނިޔެތަކާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ނޭނގޭތީ އަހަރެން ވަރަށް ޝައުގުވެރިވޭ."

ސައިންސްވެރިން މިފަހުން ވަރަށް ގިނަ އެކްސޯޕްލެނެޓްތައް ހޯދާފައިވާއިރު، މިއީ އެ ހޯދުންތަކުގެ ރަންޒަމާނުގެ ގޮތުގައި ވަނީ ސިފަކޮށްފައިވެ އެވެ. ސޯލާ ސިސްޓަމުން ބޭރުން ފުރަތަމަ ފަހަރަށް ދުނިޔެއެއް ހޯދީ 1990 ގަ އެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި، އެއް ތަރިއަށް ވުރެ ގިނަ ތަރީގެ [އިރު] ވަށައިގެން އެނބުރޭ ޕްލެނެޓްތައް ވެސް ހުރެ އެވެ. އަދި މަރުވެފައިވާ ތަރިތަކުގެ ވަށައިގެން އެނބުރޭ ބައެއް ދުނިޔެތައް ހުރެ އެވެ.

މިހާތަނަށް މައުލޫމާތު ޔަގީންކޮށްފައިވާ ޕްލެނެޓްތަކުގެ ތެރެއިން 30 ޕަސެންޓް ދުނިޔެ އަކީ ގޭސް ޖަޔަންސްޓް، 31 ޕަސެންޓް ދުނިޔެ އަކީ ސުޕަ އާތުސް އަދި 35 ޕަސެންޓް ދުނިޔެތައް ނެޕްޓިއުންއާ އެއްގޮތް ކަމެއް ހުރެ އެވެ. އަދި ހަތަރު ޕަސެންޓް ދުނިޔެ އަކީ ހިކިފަސް، ހިލަ ހުންނަ އަދި ދުނިޔެ ނުވަތަ މާސްއާ އެއްގޮތް ކަންތައްތަކެއް ހުންނަ ޕްލެނެޓްތަކެކެވެ.

10 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 13%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

838އ9އޖް

24 March 2022

ކޮމެންޓޭމެން ކީކޭ ބުނަނީ؟؟ މަށަށް ނާސާއަށް ވުރެ ކޮމެންޓޭގެ ބަހަށް އިތުބާރު އެބައޮތް

The name is already taken The name is available. Register?

ހށނ

24 March 2022

5000 ޕްލެނެޓަކި ހަމައެކަނިމިލްކީވޭގެލެކްސީން ޔަގީންކަމާއެކު މިހާތަންށް ފާހަގަވި ޕްލެނެޓްތައް. ލަފާކުރެވެނީ މިގެލެކްސީގަވެސް ބިލިއަނުން ޕްލެނެޓް ވާނެކަމަށް. ޙަމަ އެހެންމެ ގެލެކްސީތައްވެސް ބިލިއަނުން ގުނާލެވޭއިރު މިލްކީވޭއަކީ މެދުމިނުގެ ގެލެކްސީއެއްކަމަށް ބެލެވޭ. މިލްކީވޭއަށްވުރެ އެތައްމިލިއަންގުނަ ބޮޑު ގެލެކްސީތައްވެސް ވާކަމަށް ބެލެވޭ ހިނދު، މި ލަފާތަކަކީ ހަމައެކަނި އިންސާނުންނަށް އޮބޒާވކުރެވޭ ދުރުމިނުގެ ހޯދުންތަކުން ލަފާކުރެވޭ އަދަދުތަކެއް.

The name is already taken The name is available. Register?

ލޮއްލަތު

24 March 2022

މަރުހަބާ... 7 ވަނަ އުޑުގެ ތަންފުކެއް އަދި މިހޯދުނީ.. ދުނިޔެއަކީ ހާދަހާވާ ކުޑަ ކުޑަ ޗުއްޕަރު އެއްޗެކޭ ވާ!

The name is already taken The name is available. Register?

ޝަމްސު

24 March 2022

ޙުރިހާ ޢިލްމެއްގެ ވެރިއަކީ ﷲ އެވެ. ޢިލްމުގެ ތެރެއިން ކުޑަމިންވަރެއް އިންސާނާއަށް ދެއްވިއެވެ. އެއީ ކަނޑަށް ވައްޓާލާ ތިނޯހެއްގެ ފަނގައިގެ މިންވަރުކަމުގައި ބުނެވެއެވެ. ސައިންސްގެ ހޯދުންތަކަށް މަރްޙަބާ އެެވެ. ﷲ ގެ ހެއްދެވުމުގެ މަތިވެކަމާއެވެ. އިންސާނުންގެ ކުރު ޢުމުރުގެ ހޯދުންތަކަށްފަހު އެނބުރި ދާން އޮތީ، ﷲ ގެ ޙަޒްރަތަށެވެ އެއީ ސުވަރުގެއޭ ކިޔާ މަތިވެރި ދުނިޔެއެވެ.. ނުވަތަ ހިތާމަ އާއި ވޭންހުރި ނަރަކައިގެ ދުނިޔެ އަށެވެ.

The name is already taken The name is available. Register?

ށަވިޔަނި

23 March 2022

ތިކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތިފަދަ ކަންކަމުގައި ސައިންސްވެރިންނަށް ކުރެވެނީ ހީތަކެއް.

The name is already taken The name is available. Register?

ނޫނު

23 March 2022

ޢަދި އެނކަންތަށް ހޯދާ ބަލާކަށް އަމުރެށް ނުކުރަށްވާތަ؟

The name is already taken The name is available. Register?

މުކި

23 March 2022

ށަވިޔަ ނޭންގޭހާލުގަ ބަސްމަދުކުރުން ރަނގަޅު

The name is already taken The name is available. Register?

އަލިފުބާ

23 March 2022

ދަނގަޑު ގަނޑެއް އުދެހޭނީ ކިހިނެއްހޭ ބުނި ބަޔަކު ދުނިޔޭގައި އުޅުނު ޒަމާނެއްވެސް ދިޔަ. އެ ދަނގަނޑު ގަނޑު އުދުހިގޮސް ދުނިޔޭންބޭރުގެ ތަފާތު ހޯދުންތައް ހޯދީމާ ކުރެވޭނީ ހީއެކޭ ބުނާމީހުން އުޅޭ ޒަމާނަކަށް މި ޒަމާން މި ވަނީ. ބޮލުގައި ރިއްސާލީމާ ޕެނެޑޯލް ގުޅައެއް ކާލައިގެން އުޅޭ މީހުން މިއީ ހަމަ. އެކަމަކު ފަތްޕިލާވެލިން ބޭސްގުޅަ ހަދަން އުޅުނީމާ ތިޔައީ ހާދޮ މޮޔަ ކޮސް ވާހަކަދައްކާ ބައެކޭ ބުނި ބަޔަކުވެސް ދުނިޔޭގައި އުޅުނު ޒަމާނަކަށް ފަހު އައިބައެއް މިއީވެސް.

The name is already taken The name is available. Register?

ހުސެން

23 March 2022

@ އަލިފުބާ، ކީކޭތަތިކިޔަނީ؟ ސާފެއްނުވޭމަށަކަށް، ބުނަންތިޔައުޅޭ އެއްޗެއް ސާފުކޮށްބުނެބަލަ، ނާސާގެ ޔަގީންކަމަކީ އަހަރެން އިތުބާރުކުރާކަމެއްނޫން، އެމީހުން ގިނަފަހަރު އަނގަތަޅަނީ ވާނުވާނޭންގި، އެމީހުން ކިޔާއެއްޗެއްގެ ގަގީގަތް ފަސޭހައިންބެލޭނެގޮތެއްނެތް، ތިބެތިބެފަ އަނގައެއްތަޅާލަނީ

The name is already taken The name is available. Register?

ނޫނު!

29 March 2022

@ހުސެން. ނޭނގޭނެޔޭ ތިބޭފުޅާއަކައް. އެނގޭގޮތަކައް އެކަކައްވެސް އެއްޗެއް ނުބުނެދެވޭނެ ކަންވެސް ޔަގީން. ބަޔެއްމީހުން ވައިއެރިޒަމާނުގެ ތޯތޯ ވާހަކައިގަ ޖެހިފައި ނެއްޓެންނޭނގި އުޅޭއިރުވެސް އަމިއްލަ އައް ރޭކާނުލާ! އެއީ ގޯހެއް ނޫން. އެންމެންނެއް މުއްސަދި އެއް ނުވާނެ. އެއްބަޔަކު ވެރިން ހެދިގެން ތިބޭނީ އަނެއްބަޔަކު ގުބޯހެދިގެން ބައިތިއްބާފަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454