ޚަބަރު / އެސްޓްރޮނޯޓުން

ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ: އޭނާ މި ހަފުތާގައި ރާއްޖެ އަންނާނެ -- ފޮޓޯ: ނާސާ

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ބުނެފި އެވެ.

އެމެރިކަން ސެންޓަރުން ކުރި ޓުވީޓެއްގައި ބުނީ އެ ދަތުރުގައި ޕައިޕާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ.

ގައުމީ ދާރުލްއާސާރުގައި އޮންނަ އެ އިވެންޓްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. ގޫގުލް ފޯމް މެދުވެރިކޮށް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނަން ނޯޓް ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެއީ އެމެރިކަން ސެންޓަރާއި ގައުމީ ކުތުބުހާނާ އަދި ގައުމީ ތަރިކައާ ބެހޭ މަރުކަޒު ގުޅިގެން ބާއްވާ އިވެންޓެކެވެ.

"އަޅުގަނޑުމެން ބޮޑަށް މި ފުރުސަތު ދޭން ބޭނުންވަނީ މި ދާއިރާ އަށް ޝައުގުވެރިކަން ހުރި ޒުވާނުންނާއި ކުޑަކުދިންނަށް،" ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕައިޕާ ރާއްޖެއަށް ކުރައްވާ ދަތުރުގައި ގައުމީ ޔުނިވާސިޓީގައި ހާއްސަ ލެކްޗާއެއް ދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

މިހާރު އުމުރުން 59 އަހަރު ޕައިޕާ ވަނީ އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެސްޓްރޮނޯޓެއްގެ ގޮތުގައި ޕައިޕާ ނާސާގައި މަސައްކަތްކުރީ 1996 އިން ފެށިގެންނެވެ. އޭނާގެ ކެރިއަރުގައި ވަނީ ދެ ސްޕޭސް މިޝަންއެއްގައި ބައިވެރިވެފަ އެވެ. އެއީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކުރި ދަތުރުތަކެވެ. އެ ދަތުރުތަކުގައި އޭނާ ފަސް ސްޕޭސްވޯކްސް ފުރިހަމަކޮށްފަ އެވެ.

ރިޓަޔާކޮށް، އޭނާ ނާސާއިން ވަކިވީ 2009 ވަނަ އަހަރު އެވެ.

19 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިސް!

03 October 2022

މަބޭނުމީ ޒާކިރ ނައިކް. އޭނައައް އެގޭނެ އަހެއްގަ ދަތުރު ކުރަން ނާސާ އުޅަނދު ތަކައްވުރެ ބާރައް!

The name is already taken The name is available. Register?

ހިޔާލީ އަލީ

02 October 2022

ޓިކްޓޮކް ލައިވްތަކުގަ ހަންޑި އަޑުން ވާހަކަދައްކަން ތިބޭ، އިލްމެއް ހިލްމެއްދެކެ ލޯބިނުވާ ބަޔަކަށް މި ކަމަށް ޝައުގުވެރިއެއްނުވާނެ. މިމީހުން ގަބޫލެއް ނުކުރޭ ޖައްވަށް ދެވޭނެ ކަމަށްވެސް

The name is already taken The name is available. Register?

ސުވާލުބޭ

02 October 2022

ކަނޑު އަޑިޔަށް ފީނާ މީހުނާއި ބޯޓު އެބައުޅޭ މިރާއްޖެ ދިރާސާކުރމުގައި އަވަދި ނެތި. ދެން މިއަންނަނީ ޖައްވަށްދާން ތައްޔާރުވާން. އެހެންވީމަ، މިރާއްޖެ މިހާރު މިއޮތީ އުޑަކު ބިމަކު ނުޖެހި.

The name is already taken The name is available. Register?

ކަރީމް2

02 October 2022

މަމެން ދިޔައިމުސް ޗައިނާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ ގެނައިނަމަ.

The name is already taken The name is available. Register?

ސީނަައު

02 October 2022

ލަވަ އަލީމެން ބޮލުގަ އަޅާ ކަހަލަ ހެލްމެޓެއް މި ކުއްޖާ އަށް ދެއްޗޭ.

The name is already taken The name is available. Register?

ޖހލ ކލގއަށް

02 October 2022

ހާދަ މޮޅޭ. ވާއު.

The name is already taken The name is available. Register?

ބައިސަން

02 October 2022

އަހަރުމެންގެ ޝޭހުންނަށް އެގޭ ވަރަކަށް ޖައްވެއް ތި ދައިތަ އަށް ނޭގޭނެ.

The name is already taken The name is available. Register?

ސޯޅަ

02 October 2022

ދިވެހިން އެސްޓރޮނޯޓުންނަށް ވާކަށް ނުޖެހޭ. އުދުހޭ އަސް ތަކުގަ ސުޕޭސް އަށް ދާން ގޮވަނީ.

The name is already taken The name is available. Register?

ތޭރަ

03 October 2022

އެސްޓްރޮނޯޓުންނަށް އަހެއް އުދުހިދާނެ ކަމަށް ގަބޫލުނުކުރެވޭނަމަ އެމީހުން އެކަމުގެ ހަގީގަތް ބަލާ ހޯދާކަށް ނުއުޅޭނެ. އަހެއް އުދުހިދާނެކަމަށް ގަބޫލުކުރެވޭހާ އެމީހުންގެ ވިސްނުން ތަނަވަހެއް ނޫން. އެކަމު އަހެއް އުދުހުނު ވާހަކަ ގަބޫލުކުރާ މީހުންނަކަށް ބޭނުމެއްނުވޭ ސައިންސުން އެކަން ޕްރޫވްވާކަށް. އެއީ އުދުހޭ އަހާ އެއްވަރުގެ ކަންކަން އެމީހުންގެ ހިތަށް ފެންނާތީ. އެއީކީ ސައިންސުން ހޯދައިގެން ދެއްކޭނެ އެއްޗެއް ނޫން. ގަބޫލުނުކުރާތީ ނުފެންނާނެ ތަކެތި ހުންނާނެ.

The name is already taken The name is available. Register?

އިސްޓްރޯންގ

02 October 2022

ވެނީލާ އެއާޕޯޓުން އިންޓަނޭޝަނަލް ޖައްވީ ސްޓޭޝަނަށް ދަތުރެއްވެސް ރާވާލަން ވާނެއެއްނު؟

The name is already taken The name is available. Register?

ހަސަދު

02 October 2022

ދުނިޔޭގެ އިލްމަށް ލޯބިނުކުރާ، އަދި ވިސްނުން ކޮށި މީހުން މިކަހަލަ ކަންކަމަކަށް ޝައުގު ވެރި އެއް ނުވާނެ.

The name is already taken The name is available. Register?

މޮޔަމީހާގެދަރި

02 October 2022

މީނާ ފެނިގެން ލިބޭނެ އިލްމެއް އޮތިއްޔާ ބުނެދީބަލަ. ރާއްޖޭގައި އިލްމުވެރިން އުފެއްދުމަށް އެމެރިކާއިން އަހަރަކު ކިތައް ސްކޮލަރޝިޕް ރާއްޖެއަށް ދޭތަ. ރާއްޖޭގެ ތަޢުލީމަށް އެމެރިކާއިން ކޮށްދިން ކަންތައް ކިޔައިދީބަލަ. މީނާ މިހެން ފެނުމެކޭ އެމެރިކާގައި އުޅޭ ލަވަކިޔުންތެރިއަކު ފެނުމެކޭ ހުރި ތަފާތެއް ކިޔައިދީބަލަ.

The name is already taken The name is available. Register?

ހަސަދާ

03 October 2022

އެކަމަށް ކިތަންމެ ޝައުގުވެރިވިއަސް އެކަމުގެ އެއްބައި އޮންނަނީ އެކަމުގެ އެންމެ ބޮޑަށް ތިބޭ މީހުން ސިއްރުކޮށްފަ އެވާހަކަ ނުދައްކަން އަންގާފަ. ޖައްވުގައި ފެންނަ ގޮތް ނޭނގޭ ތަކެތި ފެންނަކަމަށްވެސް އެއްބަސްވާކަށް އެމީހުންނަކަށް ނުކެރޭ އަބުރަށް ހުތުރުއަރާފާނެތީ. އެމީހުންނަށް ކިޔައިދޭން ނޭނގޭ އެއްޗެހި އުޅޭ ކަމުގެ ވާހަކަ ދައްކަން ނުކެރޭ ނުވަތަ އެކަން ފޮރުވަން އުޅޭ ބައެއްގެ ވިސްނުން އަދި މާ ނުބައިވެފަ ހަންޏެއްނު.

The name is already taken The name is available. Register?

hasan

02 October 2022

ވަޑައިގަންނަވާ ! ވަޑައިގެން މިތާއުޅޭ ސްޕޭސް އަށް ޝައުގު ވެރި ކުދިީންނަށް ނިކަން ކިޔައިދީބަލަ . އަވަހަށް ވަޑައިގަަންނަވާ ، މަރުހަބާ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454