ލަންކާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ސިފައިންގެ މީހަކު މިއަދު ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ
22 މާޗް 2022 - 23:29
ކޮލަމްބޯ (މާޗް 22) - ތެޔޮ ގަންނަން ލަންކާގައި ކޮންމެ ދުވަހަކު ވެސް ކިޔޫ ހަދާ އެތައް ހާސް ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގާ އެންމެ ފަހުން ކިޔޫގައި ހުރި މީހަކު މަރާލުމާ ގުޅިގެން ޕެޓްރޯލް ސްޓޭޝަންތަކުގައި ފޯރި މަރަން ސިފައިން ނެރެފި އެވެ.
ކޮލަމްބޯގައި ޕެޓްރޯލް ކިޔޫގައި ތިބި ބަޔަކު ރުޅިގަދަވެގެން އިއްޔެ ވަނީ މައި މަގެއް ބަންދުކޮށް އެތައް ގަޑިއިރެއް ވަންދެން ޓްރެފިކް ތާށިކޮށްލައިފަ އެވެ. ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަރާސީނު ގަންނަން ގޮސް ތިބި އަންހެނުންތަކެއް ހުއްޓުވާފައި ވަނީ ޓޫރިސްޓުން ތިބި ބަހެކެވެ.
ސަރުކާރުގެ ތަރުޖަނާން ރަމޭޝް ޕަތިރާނާ ވިދާޅުވީ ޕެޓްރޯލް ސްޓޭޝަންތަކުގައި ފޯރިމަރަން ސިފައިން ނެރުމުގައި ދެ ހާދިސާއެއް ދިމާވެފައިވާ ކަމަށެވެ. އެއް ހާދިސާއަކީ ކޮލަމްބޯ އިން ބޭރު ހިސާބެއްގައި ކިޔޫގައި ގިނައިރު ތިބި ދެ މީހެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވަޅިން ހަމަލާދީ މީހަކު މަރާލުމެވެ. ޑްރައިވަރަކާއި ސައިކަލް ދުއްވާ މީހަކާ ދެމެދު ހަމަނުޖެހުން ހިންގީ ކިޔޫގައި އެކަކު ހުރި ތަނަށް އަނެކަކު ވެރިވެގަތް ކަމަށް ބުނެ އެވެ. މަރާލާފައި ވަނީ ސައިކަލް ދުއްވާ މީހާ އެވެ. އަނެއް ސަބަބަކީ ޓޫރިސްޓް ބަހެއް ހުއްޓުވުމެވެ.
ގަދަ ހޫނުގައި ތެޔޮ ކިޔޫގައި ގިނައިރު ތިބެން ޖެހުމުން އުމުރުން ދުވަސްވީ ތިން ފިރިހެނަކު ވެސް ދާދި ފަހުން ވަނީ މަރުވެފަ އެވެ.
ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު މިނިވަންވީ ފަހުން، އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ވެސް އެ ގައުމަކު ނެތެވެ.
ތެލާއި ގޭހުގެ ޝިޕްމަންޓްތައް އެތެރެ ނުކުރެވި ގައުމު ހާލުގައި ޖެހުނީ ތެޔޮ އެތެރެކުރާނެ ބޭރު ފައިސާ ނެތުމުންނެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިވީ ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ.
ލަންކާގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދަރަނި އަދާކުރަން މި އަހަރު އެކަނިވެސް 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ފެބްރުއަރީ މަސް ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 2.3 ބިލިއަން ޑޮލަރެވެ.
ލަންކާގައި ތަކެތީގެ އަގު މިދިޔަ މަހު ވަނީ 15.1 ޕަސެންޓް ބޮޑުވެފަ އެވެ. އަދި ކާބޯތަކެތީގެ އަގު ވަނީ 25.7 ޕަސެންޓް ބޮޑުވެފައި ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ. އެކްސްޗޭންޖް ރޭޓަށް ސެންޓްރަލް ބޭންކުން ގެނައި ބަދަލާ ގުޅިގެން ޑޮލަރެއް ގަންނަން މިހާރު ލިބެނީ 275 ރުޕީސްގެ ރޭޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްބޭ
23 March 2022
ލަންކާއަށް ބޮނޑިލިބުނީ ސަރުކާރުގެ ދޯހަޅިކަމުން. ކޮވިޑްގެ ފުރަތަމަ ރާޅަށްފަހު ހުޅުވާލިއިރު މިލިޔަނަރަކަށް ނޫނީ ލަންކާއަށް އެތެރެ ނުވެވޭވަރުގެ ޝަރުތަކަކާއެކު ހުޅުވާލީ. ނަތީޖާޔަކީ ދާނެ ޓޫރިސްޓަކު ނުލިބުން. މީގެ އިތުރުން ނުބައްދަލު ހަރުކަށި ފިޔަވަޅުތައްވެސް ބަލިމަޑުކަމުގައއި އެޅި.
ހިލަބެ
23 March 2022
ދަލޭ އަދިވެސްއައްނާކަށްނުވޭތަ މާލެތޮއްޖެހިފައި ދިރިއުޅެންނދަގޫވިއަސް މިހާރު ލަންކާގެ ހާލަތަށްބަލާފަ ރަނގަޅުވާނރކަމަށްބެލެވެނީމިކޮޅު
ރަދީފްއޮފިޝަލް
23 March 2022
އަދިވެސް ބަލަންވީ ގައުމުގެ ސްކޫލްތަކުގަ ހުރި ވަކި ފިކުރެއްގެ ޓެކްސްޓް ފޮތްތަކާއި ، ބުރުގާ އަދި ތާކިހާ ފަހަތުން ދުވެ ކޮންމެ ވެސް ހައިޖާނެއް އުފެއްދޭތޯ.ހެހެހެހެ.ވ.ވެދުން
އައްޓަމަސް
23 March 2022
ރަނގަޅެއްނު ތިބޭ ލަންކާގައި އަދިވެސް
ށަވިޔަނި
23 March 2022
ކިޔޫގައި ހުރިމީހަކު މެރުމުން ލިބުނީ ކޯޗެއް؟ އުމުރުދުވަހުގެ ޖަލު ހުކުމެއް. ނުވަތަ މަރު. އެހެންވީމަ މިވަރުގެ މޮޔައަކު ހުންނާނެތަ؟ ކޮންމެ މީހަކުވެސް ކަމެއްކުރުމުގެ ކުރިން އެކަމުން ނިކުންނާނެ ނަތީޖާއާމެދު ވިސްނާލުން ވަރަށް ރަނގަޅު.
ވަހީދު
23 March 2022
" ހެލްޕްސިލޯން " ޖައްސަންވީ ވަގުތު މީ
ކުޑަކަތީބު
23 March 2022
ނުޖެހޭ ޖައްސާކަށް، ދިވެހިން އެންމެ ގިނައިން ބޭކާރު ގޮތުގައި ލާރި އޮއްސާ ގައުމު، ތި ތަނުގެ ކިޔެވުމެއް ސިއްހީ ހިދުމަތެއް ރަނގަޅެއްނޫން، އެހެން ވިޔަސް މައުލޫމާތު ނެތް ދިވެހިން މެލޭޝިޔާ، އިންޑިޔާ ފަދަ ގައުމުތަކަށް ހަރަދު ކުރުމުގެ ބަދަލުގައި ލަންކާގައި ބޭކާރު ލާރި ތަޅާބުރުވަނީ، އަނެއްކޮޅުން ލަންކާ މީހުން މި ރާއްޖޭގަ އެންމެ ބޮޑެތި މުސާރައިގަ އުޅޭ އަދި ވިޔަފާރިވެސް ކުރޭ، ލަންކާއިން ރާއްޖެއަށް އެއްވެސް އެހީއެއްވާ ބައެއްނޫން