26 މާޗް 2022 - 15:42
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ބޭރުގެ ވަޒީރަކު ރަސްމީ ދަތުރެއްގައި މާލެ ނޫން އެހެން ރަށަކަށް ސީދާ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ
ފޮރިން މިނިސްޓްރީން މިއަދު ބުނީ ދެ ދުވަހުގެ ދަތުރުގައި ޖައިޝަންކަރު މިރޭ އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީން ރަސްމީ މަޝްވަރާތައް ކުރުމަށް ފަހު، ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދުގެ ހަވީރު އައްޑު އަށް ވަޑައިގަންނަވާނެ އެވެ. އިންޑިއާ ފޮރިން މިނިސްޓަރާ ރައީސް ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެނބުރި ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޔާން
27 March 2022
އިންޑިއާގެ ފޮރިން މިނިސްޓަރު ސީދާ އައްޑު އަށްދާނެއެއްނު؟ އެ މިހާރު އިންޑިއާގެ އައްޑުޕްރަދޭޝް ވިއްޔަ.
ބުރިޓޭނިއާ
27 March 2022
ކީއްތޯކުރާނީ ރައީސް ނާސިރު މިގައުމު އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްކޮއްދެއްވީ އިނގިރޭސި ރާނީ 1972 ގައި ރާއްޖެއައް ވަޑައިގަތީ އަނބުރާ އައްޑޫ ގަން ހޯދަން ކީކޭތޯ ނާސިރުވިދާޅުވީ އައްޑުއަކީ ނާސިރުގެ މައިންބަފައިންގެ ތަރިކަމުދަލެއްނޫނޭ އެއީ ދިރާއްޖޭގެ ރައްޔިތުންގެ ތަނެކޭ ތިމަން މަނިކުފާނައް އެނގިވަޑައިގަންނަވައޭ އިނގިރޭސީންގެ ބާރު އެހެންނަމަވެސް އައްޑޫ ގަމެއް ތިމަން މަނިކުފާނަކައް ނުދެވޭ އެއޮއް ތަރައްގީނުވާޒަމާނުގައި އެވީދާޅު ގައުމީ ވަންތަވާހަކަ
ހަސަނޭ.
27 March 2022
ހުސް ފޭކް ވާހަކަ. އިޣިރޭސިން ތިބެން ބޭނުން ދުވަހަކު އައްޑޫގައި އައްޑޫ މީހުންގެ ލޯބިލިބިގެން ތިބެފައި ދާން ބޭނުންވީމަ ދިޔައީ. ނާސިރު ކައިރިން ރުހުން ހޯދައިގެނެއްނޫން އިތުރަށް ތިބެން ބޭނުން ނަމަވެސް ތިބޭނީ. އައްޑޫ މީހުނަށް މާލޭ ސަރުކާރަށްވުރެން އޭރުވެސް މުހިންމީ އިގިރޭސި ސަރުކާރު. ޙަޤީގަތަކީ މިއީ.
ހަމް78
27 March 2022
ކަނޑައެޅިގެން ދޮގެއް. އިނގިރޭސިވިލާތުން ކުޑަކޮއްވެސް މިތަން ބޭނުންވިނަމަ އެމީހުން މިތަނުން ނުފޭބީސް. ފާލްކްލޭން އައިލެންޑުން އެމީހުން ބޭނުންވީމަ އަދިއަދައް ދާންދެއްވެސް އެތިބީ
އޮނަރަބްލް އަފީފު ދީދީ
26 March 2022
ބޯދާ ކަޓުވިސްނުންގެންގުޅޭ ކ.އަތޮޅު މާލޭމީހުން ޤަބޫލުކުރާގޮތުން "ރާއްޖެއަށް" ބޭރުގެ އިިއްޒަތްތެރިއަކު ވަޑައިގަންނަވާނަމަ އެބޭފުޅަކު ފުރަތަމަވަޑައިގަންނަވާންޖެހޭނީ އެމީހުންގެރަށަށް. # އަދި ގްލޮބަލައިޒޭޝަން އާއި ޑިސެންޓްރްލައިޒް ސިޔާސަތާއި ފިކުރަށްބީރައްޓެހި އެކުވެރިދައުލަތްތަކާއިއެކު "ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުންނެތް" މިދެންނެވިމީހުންދެކެނީ މިފަދަ ކޮންމެކަމަކީ އެމީހުންގެ ބާރު ގެއްލިދާފަދަ ނުބައި އަމަލެއްކަމަށް. އެހެންވެ މިކަަށް ފާޑު ކިޔަނީ.
ބޯގޯސް އަފީފް ދީދީ
26 March 2022
އޮނަރަބަލް ތިރިތަނަކުން ވެއްޓުނު އަފީފް ކުރަފި ދީދީ ވަރަށް އުފާވާނެތާ!
ހަލީމަތު.
26 March 2022
އަފީފު ދީދީ އެކަންޏެއްނޫން. އަހަރުމެން އައްޑޫ ހުރިހާ ރައްޔިތުންވެސް މިތިބީ ހަމަ އުފަލުން. ކަލޭމެންގެ ފަރާތުން އަހަރުމެނަށް ލިބުނީ ވަކި ކޯންޗެއް ؟ އިންޑިޔާ އިން ކޮންމެވެސް ވަރެއް އެބަކޮށްދެއެއްނު.
އޮނަރަބްލް އަފީފު ދީދީ
26 March 2022
"ކަރުދާހު ވައުދުތަކުގެ ބަދަލުގައި" އައްޑޫސިޓީގެ ރައްޔިތުން އެދޭ ތަރައްޤީ ހޯދުމަށްޓަކާ މޭޔަރާއި ކައުންސިލުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ކިބައިން އެދެންވީ އިންޑިޔާގެ ލޯކޮސްޓް އެއަރލައިން އިންޑިޔާގެ 3 މަންޒިލަކުން އައްޑުއަށް އޮޕަރޭޓް ކުރުމުގެ އިތުރުން ގޭން އޮސްޓްރޭލިއާ އަދި ގޭން ސައުތުއެފްރިކާއަށް ހަފުތާއަކު ޝެޑިއުލް 1 ދަތުރު ނަމަވެސް ހަމަޖައްސަވާދެއްވުމަށް. އައްޑޫ ތަރައްޤީކުރެވޭނީ ގޭންއެއަރޕޯޓް އޮޕަރޭޓްކޮށްގެން އިގޭތޯ.
ސީޒަން ޖެކުހަން
26 March 2022
ސަޕްރައިޒްކޮށްލާ ޝާހިދު ވައްޓާނުލާނެބާ؟
ހުސެންް
26 March 2022
ލިބޭތާ ލިބިގަންނަން ވާނެ އިންޑިޔާ އެއް ޗައިނާ އެއް ބަލާނެ ކަމެއްނެތް....
އާދެއާދެ
26 March 2022
އަޅުވެތިކަމަކީވެސް ހޯދަން އުޅެގެން މިހާރު ލިބިފަ އޮތް އެއްޗެއް. އަދި ރަސްމީކޮށް އެކަން އިއުލާން ނުކުރަނީ.
އަލިހޮއްކޮ.
26 March 2022
ހުސެން ތިބުނީ ހަމަ ރަނގަޅަށް. އަހަރުމެނަށް ކ.އަތޮޅު މާލެ އެކޭ ދިއްލީ އެކޭ މާކަބޮޑު ތަފާތެއްނެތް. އިންޑިޔާ އިން ޑޮކްޓަރުން ފޮނުވިޔަސް އެއީ ވަރަށް ބޮޑުވަރު.
48343
26 March 2022
ތިކަމާ އެންމެއުފާވާނީ އަފީފު. އަނެއްކާ އައްޑޫއަށް މިނިވަންކަންދޭ އެއްބަސްވުމެއްގާބާ ސޮއިކުރަންމިއުޅެނީ؟
ޖާއޯޖާއޯ
26 March 2022
މިހާރު އަމިއްލަ އަތޮޅެއްނު އެއީ. އަވަހަށް ދާންވީ. އެތަނުގައި ތިބޭނެ ހެލިކޮޕްޓަރުގެ ބުރަފައްޗެއް މަދުވޭތޯ ބަލަން ބައިތިއްބާފަ ތިބޭ އިންޑިއާ ސިފައިންކޮޅެއްވެސް. އެމީހުންނާވެސް ބައްދަލުކުރަންވާނެތާ.
ތޫޖާއޯ
27 March 2022
ކަލޭ ގޮސް ހުންނަންވީނު އެދުއްވަންށާއި ބުރަފަތި މަދުވޭތޯ.
ހަނައަނބަރާ އަފީފު ދީދީ
26 March 2022
ބޭރު ގައުމުތަކުގެ ވެރިން 2011 ގައި ސާކްސަމިޓަށް ވެސް އައްޑުއަށް އައި ފޮރިންމިނިސްޓާރުންވެސް އައި