ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް---ފޮޓޯ: މިހާރު
29 މާޗް 2022 - 11:42
ސަރުކާރުން ހޮސްޕިޓަލްތަކުގެ ބޯޑު އުފައްދާފައި ވަނީ ހިންގުން ރަނގަޅުކުރަން ނޫން ކަމަށާއި ވަކި ބައެއްގެ ނުފޫޒު ބާއްވަން ކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަތަކާ ބެހޭ ގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ސަރުކާރުން ސިއްހީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުގެ ތެރެއިން ވަކި ބަޔަކު މުށުތެރޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ވަކި ބޯޑެއް ހަދައިގެން ވަކި މިނިސްޓަރަކު ބުނާ ގޮތަށް މިކަންތައްތައް ކުރުމުގެ ބޭނުމަކީ ކޮބައިތޯ. އެއީ އޭނާގެ ޖާހަތާއި ބާރު ދެއްކުން. އޭނަ ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުން މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އަފީފް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ވެސް ބޯޑެއް އޮންނަ ކަމަށާއި ނަމަވެސް އަދި މި ރިޔާސީ ދައުރުގެ ތެރޭގައި އެ ބޯޑު ބައްދަލު ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. އެ ބޯޑުގެ މަތިން ހުންނަނީ ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށާއި ހުރިހާ ތަނެއް ހިނގަން ޖެހެނީ އެ މިނިސްޓަރުގެ ބާރުން ކަމަށް އަފީފް ވިދާޅުވި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލާ ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މި ސަރުކާރުން އެ ހޮސްޕިޓަލަށް ގެނައި މައިގަނޑު ބަދަލަކީ "އެކީ އުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން" ކަމަށެވެ. އަދި ބޯޑެއް އެކުލަވާލުމަށް ފަހު ހޮސްޕިޓަލް ނުހިންގޭ ފަދަ ގާބިލް ނޫން ފަރާތްތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލި ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
"ހޮސްޕިޓަލް މިހާ ބޮޑަށް ހަލާކު ވެގެން ދިޔައީ އެއްވެސް ހިންގުންތެރި ކަމެއް ނެތް ފަރާތްތަކެއް ނަގައިގެން ބޯޑެއް އެކުލަވައިލުން،" ސިރާޖު ވިދާޅުވި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ސިޓީއެއް ފޮނުއްވި ކަމަށާއި ނަމަވެސް އެ މިިނިސްޓްރީގެ ޖަވާބަކީ "މިހާރު ހުންނާނީ ބޯޑަކާ ހަވާލު ކޮށްފައޭ" ކަމަށް ސައީދު ވެސް ވިދާޅުވި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހުނީ ސަރުކާރުން އަޅާނުލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ހޮސްޕިޓަލްތަކުގެ ހިންގުން ހެލްތު މިނިސްޓްރީ އިން ވަކިކޮށް ބޯޑެއްގެ ދަށަށް ބަދަލު ކުރުމަށެވެ. އެގޮތުން 2020 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލް ވެސް ބޯޑެއްގެ ދަށަށް ބަދަލުކުރި އެވެ. އެއަށް ފަހު ބޮޑެތި ރަށްރަށުގައި ހުންނަ ހޮސްޕިތަލްތަކަށް ވެސް މިހާރު ވަނީ ބޯޑެއް އެކުލަވާލާފައިވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
02 April 2022
މިކަލޭގެ ހޯމް މިނިސްޓަރަކަށް ހުރީ ކޯއްޗެއް ކިޔަވައިގެންތަ؟ މިކަލޭގެޔާއި ހެދި އެމްޑީޕީގެ ވެރިކަން ގެއްލުނީވެސް. ހޯމް މިނިސްޓަރަކީ ރައްޔިތުންނަށް އޯގާވެރި ވާންޖެހޭ މީހެއް. މިކަހަލަ ކިބުރުވެރި ބޮޑާމީހުން އޭރު އެތަނަށް ލީމާ އަތަށްގޮވީވެސް.
ބޮޑުމީހާ
29 March 2022
މިސަރުކާރުގެ ކޮރަޕްޝަނާއި ނުފޫޒު ޔާމިން ސަރުކާރަށްވުރެ ވަކިން ކުޑައެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
29 March 2022
އިއްޒަތްތެރި މެންބަރަށްވެސް އެގިވަޑައިގަންނަވަންވީ ތިޔަ ވިދާޅުވާގޮތަށް ކުންފުނިތައް ހަދާ ބޯޑް އުފެއްދުމުގެ ބަދަލުގައި މުސްކުޅިގޮތަށް ބޭއްވުމަކީ މިހާރުގެ ހާލަތަށް ބަލާއިރު "ބްލަޑް ބެންކް ޑްރެކިއުލާ އާއި ޙަވާލުކުރުން" ފަދަ ކަމަކަށް ވާނެކަން. # އޭގެ ބަދަލުގައި ރެގިއުލޭޓް ބޮޑީއަކަށް ހެލްތް އޮވެފައި ފިނޭންސް އަދި އޮޑިޓް އޮފީހާއި އޭސީސީއިން ފާރަވެރިވުމުގެއިތުރަށް މަޖިލީހުން ބަލާނަމަ މިނިސްޓްރީގެދަށުގައި އޮތުމަށްވުރެން ބޯޑެއްގެދަށުގައި އޮތުން މާރަނގަޅު.
ާއުނިމާ
29 March 2022
އައިޖީއެމްއެޗުން ނަންބަރު ނުލިބިގެން އެތައް މަހެއްވީމާ މިވަނީ ކިހިނެއްތޯ، މިއަށްވުރެ އަވަހަށް ޑޮކްޓަރުގެ ނަމްބަރެއް ލިބިދާނެތޯ މިބޮޑު މައްސަލަޔަށްް ހައްލެއްލިބޭނީ ކޮންދުވަހަކުންތޯ ބަލަން ހެލްތު މިނިސްޓްރީއަށް ގުޅީމާ ބުނީ އައިޖީއެމްއެޗް ހިންގަނީ ބޯޑަކުންނޯ ތިމަންނާ މެންނާ ބެހޭކަމެއްނޫނޯ، ދެން ބޯޑަކަށް ކަނޑާލައިގެން ހުންނަންވީ، މިއަށްވުރެ ހިންގުން ހަރުދަނާވާން އެބަޖެހޭ! އައިޖީއެމްއެޗް ހިންގެންޖެހޭނީ ހެލްތު މިނިސްޓްރީގެ ދައުރެއް އޮވެގެން
އޮނަރަބްލް ބޮޑު މުހަންމަދު
29 March 2022
ސަރުކާރުން އެކި ކުންފުނިތަކުގެ އިސް މަގާމުތަކަށާ މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންނަށް ބަލާލުމުން ތިބޯޑުތަކުގެ ކަންތައް ހުންނާނެގޮތް ވިސްނާލަން ފަސޭހަ. މުޒާހަރާތަަކުގައި އަޑުގަދަކުރި މީހުންނާއި ކޮންމެވެސް މަޖިލިސް މެންބަރެއްގެ ގާތްމީހުންނަށް ވަޒީފާ ދޭން އިސްކަންދީގެން ގައުމެއް ނުހިންގޭނެ. ހޮސްޕިޓަލް ހިންގުމަކީ ރައީސް އޮފީހުން ކުރަންޖެހޭ ކަމެއްނޫން. އެކަމަކު އަފީފަކީ މިވާހަކަ ދައްކަން އެންމެ ރަގަޅު މީހާއެއް ނޫން
އެމްސް
29 March 2022
ރަގަނޅު ގޮތަކީ ބިދޭސީންނަށް ވަޒީފާ ދޭން! ކުނިކެހުން ނޫން ވަޒީފާއެއް ދިވެހީންނަކަށް ނެތް، މުޅި ޤައުމުގަ ބިދޭސީން! ބޯހިޔާވަހިކަމަށްވެސް އެންމެ އަވަސް ޙައްލަކީ، ޤައުމަށް ގިނަވެފަ ތިބި ބިދޭސީން މަދުކުރުން!
ރަދީފްއޮފިޝަލް
29 March 2022
އަފީފް ތިބުނި ގޮތަށް އަހަރުމެން ބުނީމަ އެމްޑީޕީ ކުދިން ކުރިން ގަބޫލެއް ނުކުރި.މިއަދު އެމްޑީޕީގެ ސީނީއާ ބޭފުޅުން އަހަރުމެން ބޭނުންކުރި އިބާރާތްތައް ބޭނުންކުރަންޖެހޭ ލެވެލްއަށް ކަންކަން ދިޔައީމަ ބުނެދެނީ މައްސަލަ ވަަރަށް ގޯސްކަން..ވ.ވެދުން
ސިދުރާ
29 March 2022
އަފީފުބޭމެން ގެ އެންމެބޮޑު މައްސަލަޔަކީ ކޮވިޑްނެތިދިއުން ،ދެން ޕީސީ އާރު ޕްރޮމޯޝަން އަޅުވަބަލަ
އަހުމަދުބޭ
29 March 2022
އެބަރަނގަޅުވޭ، ދެންތިހެން ގޮސް ގުއިކޭވާހަކަވެސް ދައްކާތި މިހާރު މަޑުމަޑުން ތިޔަ ފަޅައިގެންދަނީ ތިޔަބުނާ ބޯޑުތަށްވެސް ހެދީ ހަމަ އަފީފުމެން އަތްޖަހަން ތިބެގެން
ގުދުގުދާބެއްޔާ
29 March 2022
ތިޔަ ވިދާޅުވީ ރަގަޅަށް މެޑިޓެކް އަށް ސަރުކާރުތެރެއިން ހޮސްޕިޓަލްއަށް ތަކެތި ސަޕްލައި ކުރަން ނުލިބޭތީ ދައްކާ ވާހަކައެއް ތިޔައީ! ކަލޭމެން ޕާޑުފާޑުގެ ކޮންޕެނީ ހުޅުވައިގެން ތިބެ ރައްޔިތުންނަށް ނޭގޭނެ ކަމަށް ދޯ ތިޔައުޅެނީ! ބަލަ އަފީފޫ ކަލޭމެން ކުރާ ހުރިހާކަމެއް އަހަރުމެންނަށް އެބައިގެޔޭ!