ކުޅިވަރު

ރަޝިއާ ބޭނުންވަނީ ޔޫއެފާ ދޫކޮށް އޭއެފްސީއާ ގުޅެން: ރިޕޯޓް

ރަޝިއާގެ ފުޓުބޯޅަ އިދާރާ. ފީފާ އާއި ޔޫއެފާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ރަޝިއާ އިން ޔޫއެފާ ދޫކޮށްލަން ވިސްނާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނޭ.-- ފޮޓޯ؛ ގެޓީ އިމޭޖަސް

ރަޝިއާ އިން ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށްލައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގުޅެން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން، ޔޫއެފާ އިން ވަނީ އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ރަޝިއާގެ ގައުމީ ޓީމާއި ފުޓުބޯޅަ ކުލަބްތައް ވެސް ސަސްޕެންޑް ކޮށްފަ އެވެ.

ޔޫއެފާއާ އެކު ފުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ވެސް ވަނީ ރަޝިއާ އަށް ފިޔަވަޅު އަޅައި، އެ ގައުމަށް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަނުކުރެވޭ ގޮތް ހަދައިފަ އެވެ. އެހެން ކަމުން ރަޝިއާ އިން އޭއެފްސީ އަށް ބަދަލުވުމުގައި ވެސް ޔޫއެފާ އާއި ފީފާގެ ރުހުން ވެސް ބޭނުންވާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.

އޭއެފްސީއާ ގުޅެން އެންމެ ފުރަތަމަ ޔޫއެފާ އިން ވަކިވާން ރަސްމީކޮށް ރަޝިޔާ އިން ހުށަހަޅަން ޖެހެ އެވެ. އަދި އޭއެފްސީގެ މެމްބަރަކަށް ވާން ހުށަހެޅޭނީ، ފީފާ އިން ހުއްދަ ދިނުމުންނެވެ.

ރަޝިއާ އަށް އޭއެފްސީއާ ގުޅެން ހުއްދަ ލިބުނަސް، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގައި ނުކުޅެވިދާނެ އެވެ. އެއީ ޔޫއެފާގެ ޕްރެޝަރާ އެކު ފީފާ އިން ވެސް ރަޝިއާ ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. ފީފާ އިން ހިންގާ މުބާރާތްތަކުގައި ރަޝިއާ އަށް ނުކުޅެވުނަސް އޭއެފްސީން ހިންގާ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރަޝިއާ އެންމެ ފަހުން އޭއެފްސީ މެމްބަރު ގައުމަކާ ދެކޮޅަށް ކުޅުނު މެޗެއް: އަމިއްލަ ފަސްގަނޑުގައި 2018 ގެ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗު ސައުދީ އަރަބިއްޔާއާ ވާދަކޮށް މޮޅުވީ 5-0 އިން.-- ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ ފެބްރުއަރީ މަހު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ އެކު ޔޫއެފާ އާއި ފީފާ އިން ވަނީ އެ ގައުމު ސަސްޕެންޑްކޮށް، ވޯލްޑް ކަޕް ކޮލިފައިން އިން ވެސް ބޭރު ކޮށްފަ އެވެ. ކޮލިފައިންގައި ރަޝިއާ ވާދަކުރަން އޮތީ ޔޫރަޕުގެ ޕްލޭއޮފްގައި ޕޮލެންޑާ ދެކޮޅަށެވެ. ރަޝިއާ އާއި ޕޮލެންޑް ހިމެނޭ ޕްލޭއޮފް ބްރެކެޓުގައި ދެން ހިމެނޭ ސްވިޑެން އާއި ޗެކް ރިޕަބްލިކް ވެސް ވަނީ ރަޝިއާއާ ދެކޮޅަށް ކުޅެން ބޭނުން ނުވާކަން ހާމަކޮށް ފީފާ އަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ޔޫއެފާ އިން ވަނީ ރަޝިއާގެ ކުލަބް ފުޓުބޯޅަ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އެ ގައުމުގެ ސްޕާޓަކް ކޮސްކޯ ޖާގަ ހޯދި ނަމަވެސް ޔޫއެފާ އިން ވަނީ އެ ޓީމު ވެސް މުބާރާތުން ސަސްޕެންޑް ކޮށްފަ އެވެ. މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ ރަޝިއާގަ އެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ޔޫއެފާ އިން ވަނީ ފްރާންސްގައި ފައިނަލް މެޗު ބާއްވަން ނިންމައިފަ އެވެ.

ރަޝިއާ އަށް ފީފާ އާއި ޔޫއެފާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލެވޭނެ އެއް ގޮތަކީ ޔޫއެފާ ދޫކޮށް އޭއެފްސީއާ ގުޅުން ކަމަށް އެ ޓީމުން ވަނީ މި މަހުގެ ކުރީކޮޅު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) ގައި ވެސް ބުނެފަ އެވެ.

ރަޝިއާ އިން އޭއެފްސީއާ ގުޅިއްޖެ ނަމަ، ޔޫރޯ މުބާރާތުގެ ބަދަލުގައި އެޓީމު ވާދަކުރާނީ އޭޝިއަން ކަޕަށެވެ. އަދި ކުލަބްތައް ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ބަދަލުގައި ކުޅޭނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕެވެ.

ކޮންޓިނެންޓަލް ކޮންފެޑެރޭޝަން ބަދަލުކުރުމަކީ ފުޓްބޯޅައިގެ ދުނިޔޭގައި އާ ކަމެއް ނޫނެވެ. އޭއެފްސީގެ މެމްބަރެއް ގޮތުގައި އިޒްރޭލުން ކުޅެން ފެށި ނަމަވެސް އަރަބި މެމްބަރު ގައުމުތަކުން އިޒްރޭލް ބޮއިކޮޓްކުރުމާ ގުޅިގެން އެ ގައުމު އޭއެފްސީން ބޭރު ކުރީ އެވެ. އޭގެ ފަހުން އޯޝޭނިއާ ކޮންފެޑެރޭޝަނާ ވެސް ގުޅުމަށް ފަހު މިހާރު އެއީ ޔޫއެފާގެ މެމްބަރު ގައުމެކެވެ.

މީގެ އިތުރުން އޯޝޭނިއާ މެމްބަރު ގައުމެއް ގޮތުގައި އޮތް އޮސްޓްރޭލިއާ އިން ވެސް ވަނީ 2005 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ މެމްބަރުކަން ހޯދައިފަ އެވެ. އޭގެ ކުރިން އޭއެފްސީ މެމްބަރު ގައުމެއް ކަމަށްވާ ކަޒަކިސްތާން ވެސް ވަނީ 2002 ވަނަ އަހަރު ޔޫއެފާ އަށް ބަދަލުވެފަ އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަޝިއާގެ އަންދްރޭ ކަންޗެލްސްކީސް، 53، ބުނީ، ޔޫއެފާ އިން ރަޝިއާ ގައުމީ ޓީމާއި ކުލަބުތަކަށް މިވަރުގެ ހަރުކަށި ފިޔަވަޅެއް އަޅައިފާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ހާލަތު ކޮންމެ ގޮތަކަށް އޮތަސް ގައުމުގެ ފުޓުބޯޅަ ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

"ރަޝިއާ އަށް އޮތް އޮޕްޝަނަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގުޅުން ކަމަށްވާނަމަ އެކަން ވެސް ކުރަންވީ. އަހަރެން އޭޝިއާގައި ވެސް ކުޅުނިން، މިފަދަ މެޗުތައް ބެލުމަކީ ވަރަށް ޝައުގުވެރިވާނެ ކަމެއް،" ރަޝިއާ ގައުމީ ޓީމަށް ކުޅުނު ފޯވާޑް ބުންޏެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަދައްޙުލް

31 March 2022

ވަކްތުން ވަކްތަށް މިކަން އޮޕަރޭޓް ވާންވީ. އޭރުން ޔޫރަޕާ ސައުތު އެމެރިކާ ޙާއްސަކޮށް ޔޫރަޕް މީހުން އަމިއްލަކޮށްގެން އުޅޭ ފުޓްބޯޅަވެސް މިނިވަންވީ

The name is already taken The name is available. Register?

ރޫސީޔާ

31 March 2022

އަވަސްކުރޭ. އަހަރުން ބޭނުން ޒަމާނުއްސުރެ ފުޓުބޯޅައިގެ މޮނިޕޮލީ އޮތް ޔޫރަޕާ ސައުތު އެމެރިކާގެ މޮނޮޕޮލީ މިކޮޅަށް ބަފަލުކުރަން.

The name is already taken The name is available. Register?

ޝީ ޖިން ޕިނގް ފުޓިން އެންޑް ޔާންޓޭ ކޯލިޝަން

31 March 2022

ވަރަށް ސަޅި ކަމެއް. ދެން ރަޝިއާއާ ޗައިނާއިން ލާރި އޮއްސާލީމަ މަޝްހޫރު ހުރިހާ ކުޅުންތެރިންނަށް މަޖުބޫރުވާނެ އޭޝިއާއަށް ކުޅެން އަންނަން. ދެން އިނގިރޭސީ ބޮޑުބޯޅަ މުންޑު ލީގު ރަޝިއާއާ ޗައިނާގެ ވާގިވެރިކަމާއެކު އޭޝިއާ ބައްރުގެ މެޖޯރިޓީއަށް ޓެލިކާސްޓް ކުރުން ހުއްޓާލަންވީ. އޭރުން ބަކިނަހްމަ ޕެލެސްގަ އިނގިރޭސީ ބޭކެނބިދައިތައް ކުރާ ކައްކަން ޖެހޭނީ.

The name is already taken The name is available. Register?

ޔެސް ޔެސް ޔެސް

31 March 2022

އޭރުން އޭޝިއާގެ ފުޓުބޯޅަ އަށް ވެސް އިންގިލާބީ ބަދަލެއް ގެންނަން އޭއެފްސީ އަށް މަޖުބޫރު ވާނެ. ވެއްޖިއްޔާ ރަނގަޅު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

31 March 2022

ޔުއެފާ އަދި ފީފާ އެއީ ކޮރަޕްޓް ބައިގަނޑެއް.އެތާ ތިބީ ރިޝްވަތުކައިގެން ތިބި ވަގުން.ވ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454